ބ. އަތޮޅު ކައުންސިލުން ހިތާދުއަށް ގެނައި ޖަނަރޭޓަރ އިންޖީނުގެއަށް ގެންދަނީ ފޮޓޯ- ހިތާދޫ އޮންލައިން

ހިތާދުއަށް ގެނައި އިންޖީނު ވަރަށް އަވަހަށް އިންސްޓޯލް ކުރެވޭނެ

ޢާމިރު | 02

ބ. ހިތާދޫ އިންޖީނުގޭގެ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން 150 ކިލޯވޮޓު ޖަނަރޭޓަރެއް ބ. އަތޮޅު ކައުންސިލުން ގެނެސްދީފައިވާ ޖަނަރޭޓަރ ވަރަށް އިންސްޓޯލުކޮށް އޭގެ ޚިދުމަތް ދެވޭނެކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ ބ. ރީޖަނަލް އޮފީހުން ބުނީ ހިތާދުއަށް ގެނެވުނު ޖަނަރޭޓަރު ވަރަށް އަވަހަށް އިންސްޓޯލްކޮށް ހިދްމަތްދޭން ފަށާނެކަމަށެވެ. އަދި މީގެ އިތުރުން ބ. އަތޮޅުގައި ފެނަކައިން ހިންގާ އިންޖީނުގެ ތަކުގެތެރެއިން ކުޑަރިކިލު، ކަމަދޫ، އަދި ފުޅަދުއާ ފެހެންދޫގައި މިއަހަރު އެކުންފުނިން އާއިންޖީނުތަކެއް ބަހައްޓާފައި ވީއިރު އޭދަފުއްޓަށް ރަށުކައުންސިލުން މިދިޔަ ޖުލައިމަހު 400 ކިލޯވޮޓްގެ ސެކަންޑްހޭންޑް ޖަނަރޭޓަރެއް ހަދިޔާކޮށްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ ބ. ރީޖަނަލް އޮފީހުން ބުނެއެވެ.

ޔުނި އިންޖިނިއަރިންއާ ހަވާލުކޮށްގެން ގެނައި މިޖަނަރޭޓަރު މިދިޔަ ހަފްތާތެރޭގައި ހިތާދުއަށް ގެންގޮސް ފެނަކަ ކޯޕަރޭޝަން ހިތާދޫ ބުރާޗާއި ވަނީ ހަވާލު ކޮށްފައެވެ. .

2000 ވަނައަހަރު ރައްޔިތުންގެ ނަމުގައި ހިންގަންފެށި ހިތާދޫ އިންޖީނުގެ 2009ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނަށް ބަދަލުވިނަމަވެސް އެރަށުގެ ކަރަންޓްގެ ހާލަތު މިވަގުތު އޮތީ ވަރަށް ދަށުގައެވެ. މިހާރު ބޭނުންކުރާ 100 ކިލޯވޮޓްގެ 2 ޖަނަރޭޓަރަށް ބޮޑެތި މައްސަލަތައް ދިމާވެ، ރަށުން ކަރަންޓް ކެނޑުމުގެ މައްސަލަ އަންނަނީ ދިމާވަމުންނެވެ..
ބ. އަތޮޅު ކައުންސިލުން މިގެންނަ އިންޖީނަކީ 2008 ވަނަ އަހަރު ބ. ހިތާދޫ އިންޖީނުގެ ތަރައްޤީ ކުރުމަށް އެހީތެރިވުމުގެ ގޮތުްން އޭރުގެ ސަރުކާރުން ދެއްވި ބައި މިލިއަން ރުފިޔާއަށް ގެންނަ އިންޖީނެކެވެ. މިފައިސާ ވަނީ އަތޮޅު އޮފީހުގެ އެކައުންޓަށް ޖަމާ ކުރުމުން ހިތާދޫ ރައްޔިތުންނާ ހަވާނުކޮށެވެ. މިފައިސާ ޖަމާކޮށްފައި ވާކަން އެނގުނީ ކައުންސިލުތައް އުފެދުނު ފަހުން 2013 ވަނަ އަހަރު ހިތާދޫ ކައުންސިލަށް ލިބުނު މަޢްލޫމާތަކާއި ގުޅިގެން ބެލިބެލުމުންނެވެ.

ފުޅަދުއާ ފެހެންދޫގައި މިއަހަރު އެކުންފުނިން އާއިންޖީނުތަކެއް ބަހައްޓާފައި ވީއިރު އޭދަފުއްޓަށް ރަށުކައުންސިލުން މިދިޔަ ޖުލައިމަހު 400 ކިލޯވޮޓްގެ ސެކަންޑްހޭންޑް ޖަނަރޭޓަރެއް ހަދިޔާކޮށްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ ބ. ރީޖަނަލް އޮފީހުން ބުނެއެވެ.

ޔުނި އިންޖިނިއަރިންއާ ހަވާލުކޮށްގެން ގެނައި މިޖަނަރޭޓަރު މިދިޔަ ހަފްތާތެރޭގައި ހިތާދުއަށް ގެންގޮސް ފެނަކަ ކޯޕަރޭޝަން ހިތާދޫ ބުރާޗާއި ވަނީ ހަވާލު ކޮށްފައެވެ. .

2000 ވަނައަހަރު ރައްޔިތުންގެ ނަމުގައި ހިންގަންފެށި ހިތާދޫ އިންޖީނުގެ 2009ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނަށް ބަދަލުވިނަމަވެސް އެރަށުގެ ކަރަންޓްގެ ހާލަތު މިވަގުތު އޮތީ ވަރަށް ދަށުގައެވެ. މިހާރު ބޭނުންކުރާ 100 ކިލޯވޮޓްގެ 2 ޖަނަރޭޓަރަށް ބޮޑެތި މައްސަލަތައް ދިމާވެ، ރަށުން ކަރަންޓް ކެނޑުމުގެ މައްސަލަ އަންނަނީ ދިމާވަމުންނެވެ.

ބ. އަތޮޅު ކައުންސިލުން ގެނައި މި އިންޖީނަކީ 2008 ވަނަ އަހަރު ބ. ހިތާދޫ އިންޖީނުގެ ތަރައްޤީ ކުރުމަށް އެހީތެރިވުމުގެ ގޮތުްން އޭރުގެ ސަރުކާރުން ދެއްވި ބައި މިލިއަން ރުފިޔާއަށް ގެންނަ އިންޖީނެކެވެ. މިފައިސާ ވަނީ އަތޮޅު އޮފީހުގެ އެކައުންޓަށް ޖަމާ ކުރުމުން ހިތާދޫ ރައްޔިތުންނާ ހަވާނުކޮށެވެ. މިފައިސާ ޖަމާކޮށްފައި ވާކަން އެނގުނީ ކައުންސިލުތައް އުފެދުނު ފަހުން 2013 ވަނަ އަހަރު ހިތާދޫ ކައުންސިލަށް ލިބުނު މަޢްލޫމާތަކާއި ގުޅިގެން ބެލިބެލުމުންނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


abu bakuru kaleyfanu

ހިތާދޫއަށް މިވަގުތުބޭނުމީ އިންޖީނުތޯ؟ ކޭބަލްތޯ؟؟؟؟؟