“ހެލްޕް ގާޒާ”ފަންޑް ފޮއްޓެއް އޭދަފުށީގައި ބަހައްޓަނީ

ހިތާދޫ | 08

ދިވެހި މީޑިއާ އިން އިސްނަގައިގެން ގާޒާ އަށް އެހީވުމަށް ކުރިއަށްގެންދާ “މަވެސް އެހީވާނަން” ޓެލެތޯނަށް ފައިސާ ހޯދުމަށް، ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ފަންޑް ފޮއްޓެއް ބަހައްޓަން ނިންމައިފި އެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ ފަލަސްތީނު ރައްޔިތުންނަށް ލިބެމުންދާ ކުށެއް ނެތް އަނިޔާތަކާ ގުޅިގެން އެހީތެރިވެދިނުމަށް ހުޅުވާފައިވާ ފަންޑަށް އެއްބާރުލުން ދިނުމުގެ ގޮތުން ރާއްޖޭގެ މީޑިއާތަކުން އިސްނަގައިގެން ބާއްވާ ހާއްސަ ޓެލެތޯން އިންވެންޓުގައި އެ ސްކޫލުންވެސް ބައިވެރިވުމުގެ ގޮތުން ފަންޑް ފޮއްޓެއް ބަހައްޓަން ނިންމާފައިވާ ކަމަށެވެ.

އެ ސްކޫލުން ބުނީ ފަންޑް ފޮށި ބެހެއްޓިފައި ހުންނާނީ މާދަމާ މެންދުރުފަހު 2:00 ން ހަވީރު 6:00 އަށް ކަމަށާއި މި ފަންޑް ފޮއްޓަށް މުވައްޒަފުންނާއި ދަރިވަރުންނާއި އަދި ބެލެނިވެރިންގެ އިތުރުން އާއްމުންވެސް ފައިސާގެ އެހީތެރިކަމެއް ވެދެއްވުމަކީ އެ ސްކޫލުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

ގާޒާ ފަންޑަށް އެހީތެރިވުމުގެ ގޮތުން މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދަނީ ފަންޑް ފޮށިތައް ބަހައްޓައި ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ސަރުކާރާއި އަމިއްލަ ގިނަ ކުންފުނިތަކެއްގެ މުވައްޒަފުންގެ އެއްދުވަހުގެ މުސާރަވެސް ގާޒާ ފަންޑަށް ހަދިޔާކުރުމަށްވަނީ ނިންމާފައެވެ.

ގާޒާ ފަންޑަށް އެހީވުމަށް އޭދަފުށީ ކައުންސިލުންވެސް ފަންޑު ފޮއްޓެއް ބަހެއްޓުމުގެ މަޝްވަރާތައް ކުރަމުންދާކަމަށް ވާކަހަތައް ދެކެވެ އެވެ. ނަމަވެސް މިހާތަނަށް އަދި ފަންޑް ފޮށި ބެހެއްޓުމާމެދު ކައުންސިލުން އަދި ވަކިގޮތެއް ނިންމާފައި ނުވާކަން އެނގިފައިވެ އެވެ.

އިޒްރޭލުގެ ލާއިންސާނީ ހަމަލާތަކުގައި އަނިޔާ ލިބެމުންދާ ރައްޔިތުންނަށް އެހީ ހޯދުމަށް ދިވެހި މީޑީއާތަކުން ކުރިއަށް ގެންދާ ޓެލެތޯން މާދަމާ މެންދުރު ފަހު 2:30 ގައި ފަށާނެ އެވެ. އެ ޓެލެތޯން ކުރިއަށްދާއިރު، ފައިސާ ހޯދަން އިތުރު އެހެން ހަރަކާތްތައް ވެސް ކުރިއަށް ގެންދަން ވަނީ ރާވައިފަ އެވެ. / އީޓީ


ކިޔުންތެރިންގެ ޚިޔާލު...


ނަން :