ވުޟޫނެތްމީހާ ޤުރުއާން ކިޔެވުމާއި އެފޮތުގައި ބީހުން

މަރިޔަމް ރިޒާނާ | 07 އޯގަސްޓު 2014





الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ކުޑަ ޙަދަޘްވެރިވެފައިވާމީހާ ޤުރުއާން ކިޔެވުމުގައި މައްސަލައެއް ނެތެވެ. އަދި އެއީ ހުއްދަ ކަމެއްކަމަށް އިޖުމާޢުވެފައިވާކަމަށް ބައެއް ޢިލްމުވެރިން ނަޤުލު ކުރައްވާފައިވެއެވެ. ޙަދަޘްވެރިވުމުގެ މައްސަލައަށް ބަލާއިރު ބަޔާންވެގެންވަނީ ކުޑަ ޙަދަޘްވެފައިވާ ޙާލު، ޤުރުއާން ކިޔަވަން ބޭނުން މީހެއްގެ މައްޗަށް ވުޟޫކުރުން ވާޖިބުވެގެން ނުވުމެވެ. އަދި ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވަނީ، އެހާލަތުގައިވާމީހާ މުޞްޙަފުގައި ބީހުމާއި، ޖުނުބުވެރިވެފައިވާމީހާ ކިޔެވުމާ މެދުގައެވެ. ޖުމުހޫރު ޢިލްމުވެރިން އެދެކަން މަނާކުރައްވައެވެ.

عن عَبْدَ اللَّهِ بْنٍ عَبَّاسٍ أَنَّهُ بَاتَ لَيْلَةً عِنْدَ مَيْمُونَةَ زَوْجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ – وَهِيَ خَالَتُهُ – قال : فَاضْطَجَعْتُ فِي عَرْضِ الْوِسَادَةِ وَاضْطَجَعَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَأَهْلُهُ فِي طُولِهَا فَنَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَتَّى إِذَا انْتَصَفَ اللَّيْلُ أَوْ قَبْلَهُ بِقَلِيلٍ أَوْ بَعْدَهُ بِقَلِيلٍ اسْتَيْقَظَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَجَلَسَ يَمْسَحُ النَّوْمَ عَنْ وَجْهِهِ بِيَدِهِ ثُمَّ قَرَأَ الْعَشْرَ الْآيَاتِ الْخَوَاتِمَ مِنْ سُورَةِ آلِ عِمْرَانَ ثُمَّ قَامَ إِلَى شَنٍّ مُعَلَّقَةٍ فَتَوَضَّأَ مِنْهَا فَأَحْسَنَ وُضُوءَهُ ثُمَّ قَامَ يُصَلِّي .[رواه البخاري ( 4295 ) ومسلم (763) ]

އަބްދުﷲ ބުން އައްބާސް ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަނބިކަނބަލުން މައިމޫނާގެ އަރިހުގައި އެއްރޭ މަޑުކުރެއްވިއެވެ. -އެއީ އެކަލޭގެފާނު ބޮޑުދައިތައެވެ – “އަހަރެން ބާލީހުގެ ހުރަހަށް އޮތްއިރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނުގެ އަނބިކަބަލުން ބާލީހުގެ ދިގަށްވާގޮތަށް އޮންނެވިއެވެ. ރޭގަނޑުގެ ދެބައިވަންދެން ނުވަތަ އޭގެ ކުޑައިރުކޮޅެއް ކުރިން ނުވަތަ ކުޑަވަގުތުކޮޅެއްގެ ފަހާ ޖެެހެންދެން ނިދިކުރެއްވިއެވެ. އެއަށްފަހު ރަސޫލުﷲޞައްލަﷲ ޢަލައިހިވަސައްލަމަނިދިން ތެދުވެވަޑައިގެން، އިށީނދެވަޑައިގަތުމަށްފަހު ނިދިފިލުވާލުމަށްޓަކައި މޫނު ފޮހެލެއްވެވިއެވެ. ދެން އެއަށްފަހުގައި އާލް-ޢިމްރާން ސޫރަތުގެ ފަހު ދިހަ އާޔަތް ކިޔަވާ ވިދާޅުވިއެވެ…. ދެން ތެދުވެވަޑައިގެން (ވުޟޫކުރެއްވުމަށްޓަކައި) ފެންއަޅާފައި އެލުވާފައިވާ ކަންވާރުުގެ ކަރިއަށް ވަޑައިގަތެވެ. ދެން އެއަށްފަހު ފުރިހަމަ ވުޟޫއެއް ކުރެއްވުމަށްފަހު ނަމާދަށް ތެދުވެވަޑައިގަތެވެ.”

އަދި އިމާމު ބުޚާރީ މިހަދީޘް ހިމަނާފައިވާ ބާބު ބެންނެވުމުގެ ގޮތުން ވިދާޅުވެފައި ވެއެވެ. “ޙަދަޘްވެރިވުމަށްފަހު ނުވަތަ އޭގެ އެހެންކަމެއް މެދުވެރިމުވަށްފަހު ޤުރުއާން ކިޔެވުން ނަންގަތް ބާބު” މިފަދައިންނެވެ.
އިބްނު އަބްދުލް ބައްރު ވިދާޅުވިއެވެ. “މި ހަދީޘުން ދަލީލުކޮށްދެނީ ވުޟޫއަކާ ނުލައި ޤުރުއާން ކިޔެވިދާނެކަމެވެ. އެހެނީ ޝައްކެއްނެތްގޮތުގައި ނިދީގައި ދިގުމުއްދަތެއްގައި އޮންނެވުމަށްފަހު، ތެދުވެވަޑައިގަތްއިރު ވުޟޫއެއް ނުހުންނާނެެެއެވެ. ނިދިން ތެދުވެވަޑައިގެން ވުޟޫ ކުރެއްވުމުގެ ކުރިން އެކަލޭގެފާނު ޤުރުއާން ކިޔަވާވިދާޅުވިއެވެ. އެއަށްފަހު ވުޟޫކުރެއްވުމަށްފަހު ނަމާދު ކުރެއްވިއެވެ.”

އިމާމް ނަވަވީ ރަޙުމަހު ﷲ ވިދާޅުވެފައިވެއެވެ. “ކުޑަ ޙަދޘްވެރިވެފައިވާ މީހައަށް ޤުރުއާން ކިޔެވޭނެކަމަށް މިޙަދީޘުން ދަލީލުކޮށްދެއެވެ. އަދި އެކަމަށް މުސްލިމުން އިޖުމާޢުވެފައިވެއެވެ.”
انتهى من شرح مسلم 6 / 46
والله أعلم


ކިޔުންތެރިންގެ ޚިޔާލު...


ނަން :


dondon

އެކިއެކި ތަންތަނުން ކޮޕީ ކޮއްފައިވާ ލިޔުންތަށް މިނޫހުން ވަރަށް ގިނައިން ފެނޭ..