އޭދަފުށީ އިންޖީނުގެ މުވައްޒަފުން ގައްޒާ ފަންޑަށް އެހީވަނީ

ޢާމިރު | 07

އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހެމުން އަންނަ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ހުޅުވާފައިވާ ފަންޑަށް ފެނަކަ އޭދަފުށީ އިންޖީނުގޭގެ ހުރިހާ މުވައްޒަފުންގެ ވެސް އެއް ދުވަހުގެ މުސާރަ ހަދިޔާކުރަން ނިންމައިފި އެވެ.

ފެނަކަ އޭދަފުށީ އިންޖީނުގެއިން ބުނީ މިގޮތަށް ނިންމާފައިވަނީ ފެނަކަ ކޯޕަރޭޝަންގެ އެދުމުގެ މަތިން އިންޖީނުގޭގެ ހުރިހާ މުވައްޒަފުންގެވެސް ރުހުމާއެކު ކަމަށެވެ.

އިންޖީނުގެއިން ބުނިގޮތުގައި މި ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މީޑިއާތައް ގުޅިގެން އަންނަ ހުކުރު ދުވަހު ފަށާ 33 ގަޑިއިރުގެ ޓެލެތޯންގައި ފެނަކަ ކޯޕަރޭޝަން މުވައްޒަފުންގެ ނަމުގަ އެވެ.

އޭދަފުށީގައި ހުރި ސަރުކާރުގެ ބައެއް މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިންވެސް ގިނަބަޔަކު މިފަންޑަށް އެއް ދުވަހުގެ މުސާރަ ޖަމާކުރުމާމެދު މަޝްވަރާ ކުރަމުންދާކަން އެނގިފައިވެ އެވެ. އަދި ގާޒާ ފަންޑަށް އެހީދޭން ބޭނުންވާ އާންމު ފަރާތްތަކަށް ފަންޑުފޮއްޓެއް ބެހެއްޓުމަށް އޭދަފުށީ ކައުންސިލުގައިވެސް މިއަދު މަސްވަރާކުރާނެ ކަމަށްވެސް އެނގިފައިވެ އެވެ.

ރާއްޖޭގެ މީޑިއާތައް ގުޅިގެން ގާޒާ ފަންޑަށް އެހީވާން އަންނަ ހުކުރުދުވަހު ޓެލެތޯނެއް ބޭއްވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.


ގާޒާ ފަންޑަށް މިހާތަނަށް ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ. / އީޓީ


ކިޔުންތެރިންގެ ޚިޔާލު...


ނަން :