ބަންދުކުރެވިފައިވާ ދޮރުތަކެއްގެ ފަހަތުގައި ނިމުމެއްނެތް ޙަޔާތެއް...

ޢާޒިމް ޚާލިދު | 25 ޖުލައި 2014





ނަރަކައިގެ އަހުލުވެރިން ނަރަކައަށް ވެއްދޭ އިރަށް އެތަނުގެ ދޮރުތައް ބަންދުކުރެވޭނެވެ. އެތަނުން އެމީހުންނަށް ބަޔަކަށް ފެންނާނެ އެންމެ ބިރުވެރި މަންޒަރުތައް ފެންނާނެއެވެ. އެއާ ހިސާބުން އެމީހުން ދާއިމަށް ތިބޭނޭ ތަން ކަމުގައިވާ ނަރަކައަށް ހުށަހެޅޭނޭކަން އެމީހުންނަށް އެނގޭނެއެެވެ. ބަންދުކުރެވޭ ދޮރުތަކުން އަންގައިދެނީ މިތަނުން ދެން މިންޖުވުމެއް ނެތް ކަމެވެ. އެމީހުންގެ މި ހާލަތު ﷲ ސުބުޙާނަހޫ ވަތަޢާލާ ސިފަކުރައްވާފައިވަނީ މިފަދައިންނެވެ.

[وَالَّذِينَ كَفَرُوا بِآيَاتِنَا هُمْ أَصْحَابُ الْمَشْأَمَةِ] [عَلَيْهِمْ نَارٌ مُّؤْصَدَةٌ] سورة البلد 19-20
މާނައީ: "އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް ކާފިރު ވި މީހުންނީ، އެއީ ވާތްފަރާތުގެ މީހުންނެވެ. އެއުރެންނަށް ހުރީ، ބަންދުކުރައްވާފައިވާ ނަރަކަޔެވެ."
މި ޢަޛާބު ސިފަކުރައްވާ ﷲ ސުބުޙާނަހޫ ވަތަޢާލާ ވާޙީކުރައްވާފައިވެއެވެ.

[وَلَا يَحْزُنكَ الَّذِينَ يُسَارِعُونَ فِي الْكُفْرِ ۚ إِنَّهُمْ لَن يَضُرُّوا اللَّـهَ شَيْئًا ۗيُرِيدُ اللَّـهُ أَلَّا يَجْعَلَ لَهُمْ حَظًّا فِي الْآخِرَةِ ۖ وَلَهُمْ عَذَابٌ عَظِيمٌ]
މާނައީ: ކާފިރު ވުމުގައި، އަވަސްވެގަންނަ މީހުން ކަލޭގެފާނު ހިތާމަވެރި ކުރުވިޔަ ނުދެއްވާށެވެ! ހަމަކަށަވަރުން، އެއްވެސްކަމަކުން އެއުރެންނަކަށް اللَّه އަށް ގެއްލުމެއް ނުދެވޭނެތެވެ. اللَّه އިރާދަކުރައްވަނީ، އެއުރެންނަށް އާޚިރަތުގައި އެއްވެސް ނަޞީބެއެއް ނުލެއްވުމަށެވެ. އަދި، އެއުރެންނަށް ބޮޑުވެގެންވާ ޢަޛާބު ހުށްޓެވެ.

ނަރަކައިގެ ޢަޛާބަކީ ކިތަންމެވަރަކަށް ސިފަކޮށްދިން ކަމުގައިވީނަމަވެސް އިންސާނުންގެ ސިކުނޑިއަށް އެންމެ ފުރިހަމައަށް ވިސްނައިގަނެވޭނެ ޢަޛާބެއްނޫނެވެ. އެއަށްވުރެ އެނަރަކައިގެ ޢަޛާބު ގަދަފަދަ ވެގެންވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެން ނަރަކައިގެ ވޭންދެނިވި ޢަދާބުން ސަލާމަތްކުރައްވާށިއެވެ!
! آمين رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ


ކިޔުންތެރިންގެ ޚިޔާލު...


ނަން :