ޣައިރު މުސްލިމުންނާއެކު ރޯދަ ވިއްލުން ހުއްދަވާނެތަ؟

އާޒިމް ޚާލިދު | 21 ޖުލައި 2014

ޣައިރު މުސްލިމުންނާއެކު އެއްސުފުރާއެއް މަތިން ރޯދަ ވިއްލުން ހުއްދަވާނެތަ؟
ޝައްކެއްނެތް އަޅުނގަޑުމެންގެ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްކަމުގައިވީ ނަމަވެސް، މި ރާއްޖެއަކީ ފަތުރުވެރިކަމަށް ހުޅުވާލެވިފައިވާ ރާއްޖެއެކެވެ. ވަޒީފާ އަދާ ކުރުމަށާއި އަދިވެސް އެހެނިހެން ބޭނުންތަކަށް އެހެންދީންތަކުގެ އަހުލުވެރިން މިރާއްޖެއަށް އައިސްގޮސްވެއެވެ. އެހެންކަމުން އެފަދަ މީހުންނާއިއެކު އޮންނަ ގުޅުންތަކަކީ ޝަރުޢީ މިންގަނޑުތަކުގެ ތެރޭގައި އޮންނަ ގުޅުންތަކަށް ވާންވާނެއެވެ.

ޣައިރުމުސްލިމުންނާ އެއްސުފުރާއެއް މަތިން ރޯދަ ވީއްލުމުގެ މައްސަލައަށް ބަލައިލާނަމަ ބުނެވޭނީ، އެކަމަކީ އެއީ ޝަރުޢީ ގޮތުން ހުއްދަ ސަބަބެއް އެކަމުގައި އޮތް ކަމުގައިވާނަމަ ހުއްދަ ކަމެއްކަމުގައެވެ. މިޘާލަކަށް މާތްވެގެންވާ އިސްލާމް ދީނަށް އެފަދަ މީސްމީހުންނަށް ގޮވައިލުން ނުވަތަ އިސްލާމްދީނާއި މެދު އެފަދަ މީހުންގެ ހިތުގައިވާ ގޯސްތަސައްވުރު ދުރުކޮށް މާތްވެގެންވާ މީދީނުގެ ރަނގަޅު ތަސައްވުރެއް އެފަދަ މީހުންނަށް ދައްކުވައިދިނުން ފަދަ ކަންކަމުގައި އެފަދަ މީހުންނާ އެއްސުފުރާއެއް މަތިން ރޯދަ ވީއްލުން އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް އެކަން (މާނައަކީ: ޣައިރު މުސްލިމުންނާއެކު އެއްސުފުރާއެއް މަތިން ރޯދަވީއްލުން) އެކުރަނީ އެމީހުންނާ އޮންނަ އެކުވެރި ކަމެއްގެ ސަބަބުން ނުވަތަ އެމީހުންގެ މެހުމާންދާރީއިން އުފާ ލިބިގަންނަން ކަމުގައިވާނަމަ އެކަމަކީ ނުރައްކާތެރި ކަމެކެވެ. އެހެނީ الْوَلَاء وَالْبَرَاء (ﷲ އަށްޓަކައި އެކުވެއުޅުމާއި ﷲ އަށްޓަަކައި ބަރީއަވުން) ގެ މަތިވެރި އުޞޫލާއި އެކަންކަން ފުށުއަރާތީއެވެ. އަދި މި އުޞޫލަށް ދަލީލުކޮށްދޭ އެތަކެއް ދަލީލުތަކެއް ﷲ ގެ ފޮތާއި މާތްނަބިއްޔާގެ ސުންނަތުގައި އައިސްފައިވެއެވެ.

[لَّا تَجِدُ قَوْمًا يُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ اللَّـهَ وَرَسُولَهُ وَلَوْ كَانُوا آبَاءَهُمْ أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ ۚأُولَـٰئِكَ كَتَبَ فِي قُلُوبِهِمُ الْإِيمَانَ وَأَيَّدَهُم بِرُوحٍ مِّنْهُ ۖ وَيُدْخِلُهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ رَضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ ۚ أُولَـٰئِكَ حِزْبُ اللَّـهِ ۚ أَلَا إِنَّ حِزْبَ اللَّـهِ هُمُ الْمُفْلِحُونَ] المجادلة /22
މާނައީ: "اللَّه އަށާއި، آخرة ދުވަހަށް إيمان ވާ މީހުންނީ، اللَّه އާއި، އެކަލާނގެ رسول އާއަށް ދެކޮޅުވެރިވާ މީހުންނަށް ލޯބިކުރާ ބަޔަކުކަމުގައިވާތީ ތިބާ ނުދެކޭނޫއެވެ. އެއުރެންނީ، އެއުރެންގެ މައިންބަފައިން ކަމުގައިވިޔަސް، ނުވަތަ ދަރިން ކަމުގައި، ނުވަތަ أخ ން ކަމުގައި، ނުވަތަ ގާތްތިމާގެ މީހުންކަމުގައި ވިޔަސްމެއެވެ. އެއުރެންނީ، އެއުރެންގެ ހިތްތަކުގައި އެކަލާނގެ إيمان ކަން ލިޔުއްވި މީހުންނެވެ. އަދި އެކަލާނގެ حضرة ން ލިބިފައިވާ روح އަކުން، އެއުރެންނަށް ގަދަކަންދެއްވި މީހުންނެވެ. އަދި އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަކަށް އެކަލާނގެ އެއުރެން ވައްދަވާނެތެވެ. އެތާނގައި އެއުރެން ދެމިތިބެނިވި ގޮތުގައެވެ. اللَّه އެއުރެންނަށް ރުއްސެވިއެވެ. އަދި އެއުރެން އެކަލާނގެއާމެދު ރުހިގެންވެއެވެ. އެއުރެންނީ اللَّه ގެ جماعة އެވެެ. ދަންނާށެވެ! ހަމަކަށަވަރުން، اللَّه ގެ جماعة ގެ މީހުންނީ ހަމަ، ދިންނަވާނޭ މީހުންނެވެެ."
[يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْكَافِرِينَ أَوْلِيَاءَ مِن دُونِ الْمُؤْمِنِينَ ۚ أَتُرِيدُونَ أَن تَجْعَلُوا لِلَّـهِ عَلَيْكُمْ سُلْطَانًا مُّبِينًا] النساء 144

"އޭإيمان ވެއްޖެ މީސްތަކުންނޭވެ! مؤمن ން ފިޔަވައި، كافر ން އެއީ އެހީތެރިން ކަމުގައި ތިޔަބައިމީހުން ނުހިފާށެވެ! (ފަހެ) بيان ވެގެންވާ حجّة އެއް ތިޔަބައިމީހުންނާ ދެކޮޅަށް، ތިޔަބައިމީހުން اللَّه ގެ حضرة އަށް ހުށަހެޅުމަށް އެދެނީހެއްޔެވެ؟"
]يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘبَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّـهَ لَا يَهْدِي الْقَوْمَ الظَّالِمِينَ[
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން يهودى ންނާއި، نصارى އިން (އެއީ) އެކުވެރިން ކަމުގައި ނުބަލާށެވެ! އެއުރެންގެ ތެރެއިން އެއްބަޔަކީ އަނެއްބަޔެއްގެ އެކުވެރިންނެވެ. ތިޔަބައިމީހުންގެ ތެރެއިން އެއުރެން އެކުވެރިން ކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއީ، އެއުރެންގެ ތެރެއިންވާ މީހެކެވެ. ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ.

މަތީގައި މިބަޔާންކުރެވިފައިވާ ކަންތައްތަކަށް ރިޢާޔަތްކޮށް ބުނެވޭނީ، މިކަމުގައި ވަކި ޙުކުމެއް ކަނޑައަޅައިދޭ އެއްޗަކީ، ރޯދަވީއްލުމަށްޓަކައި ޖަމަޢަވެތިބޭބައެއްގެ ނިޔަތްކަމުގައެވެ. والله أعلم

المصدر: http://islamqa.info/ar/38125


ކިޔުންތެރިންގެ ޚިޔާލު...


ނަން :


azimkhalid@outlook.com

މީގަ އެއްވެސް ޙާލެއްގަނެތް މުސްލިމް ނޫން މީހުން ރޯދަ ހިފާ ވާހަކައެއް، އެހެނެއްކަމަކުބަޔާންވެެގެން އެވަނީ އެފަދަ މީހުންނާއެކު ރޯދަ ވީއްލުމުގެ ހުކުމަށް

azimkhalid@outlook.com

މިލިޔުން ރަނގަޅަށް ނުކިޔާ ކޮމެންޓް ކުރީމަ ތި ނޭނގުނީ ވާނުވާ

hnmm

މުސްލިމް ނޫންމީހުން ރޯދަހިފާތަ.....ރޯދަ ނުހިފާ ބަޔަކު ރޯދަވިއްލަން ޖެހޭނެތަ

muthamin

މާޝާއަﷲ! ވަރަށް ޢިލްމީ ލިޔުމެއް. މިފަދަ ލިޔުންތައް ގިނަގިނައިން ލިޔުމަކީ ކިޔުންތެރިންގެ ދީނީ ހޭލުންތެރިކަން އިތުރުވެގެންދާނޭ ކަމެއް. ޢާޒިމް ގެ މަސައްކަތުގައި ﷲ ބަރަކާތް ލައްވާށި! އާމީން.