ފުރުޞަތު ( އޮޕަރޗުނިޓީ ) ...

| 25 ޑިސެންބަރ 2012





އޮފީހުން ނުކުތްތަނުން މަދްރަސީދައުރުގެ ރަހުމަތްތެރިއަކާ ދިމާވިއެވެ.ހާލުއަހުވާލު އޮޅުންފިލުވާލުމަށްފަހު، މިހިސާބަށް އައިސްގެން ތިޔައުޅެނީ ކޮންކަމަކުތޯ ސުވާލުކޮށްލީމެވެ. އޭނާ އެދެއްކި ވާހަކަތަކުން އަޅުގަނޑުދިޔައީ ފިތްކަނޑައިގެންނެވެ.


އަހަރެމެން ދެމީހުންވެސް ތައުލީމު ހާސިލުކުރީ އެއްތަނަކުން އެއްރޮނގަކުން، އެއްދުވަސްވަރެއްގައެވެ. ދެމީހުންގެ ވިސްނުންވެސް ދާދި އެއްކަހަލައޭ އަޅުގަނޑު ހީކުރީމެވެ. ކިޔަވައި ނިމިގެން ރާއްޖެއަށް އައިސް ދެމީހުންވަޒީފާއަށް ފަށައިގަތީވެސް އެއްއޮފީހަކުންނެވެ. ނަމަވެސް އޮފީހުގައި ދޮޅުއަހަރު މަސައްކަތްކުރުމަށްފަހު ރަހުމަތްތެރިޔާ އޭނާގެ ރަށަށް ބަދަލުވެއްޖެވެ.މާލޭގައި ދިރިއުޅުމުގެ ޚަރަދުބޮޑުކަމުން ދެކޮޅުނުޖެހިގެންނެވެ. އޭގެފަހުން ރަހުމަޔްތެރިޔާގެ ޚަބަރެއް އެއްގޮތަކަށްވެެސް ނުވެއެވެ.އޮފީހުގެ އެއްމަޤާމުން އަނެއްމަޤާމަށް ބަދަލުވަމުންގޮސް އެގާރަ އަހަރުތެރޭ އޮފީހުގެ އެންމެ ސީނިއަރ ވެރިންގެ ލެވެލްއަށް އަހަރެންނަށް ދެވިއްޖެއެވެ.


ރަހުމަތްތެރިޔާއާގެ ވާހަކަ އަހާލުމުން އިނގުނުގޮތުގައި އޭނާ މި މުއްދަތުގައި އެތަށްވަޒީފާއެއް އަދާކުރިއެވެ. އެންމެ ފުރަތަމަ ރަށުއޮފީހުގައެވެ. އެތާއުޅެމުން ރަށުގައި އަމިއްލަ ވިޔަފާރިއެއްވެސް ފެށިއެވެ. އޭގެފަހުން ކައިރި ރިސޯޓެއްގައެވެ. ވަޒީފާ ބަދަލު ކުރަންޖެހުނީ، އޭނާގެ ބަހުންނަމަ، "އޮޕޮރޗުނިޓީސް" ތައްގިނަވީމައެވެ.އަހަރެންނަށް ހީވީ، އެ ބުނީ ކުރިއަށް ދިއުމުގެ ފުރުސަތުތަށް ގިނަވެފައި، މުސާރަވެސް ބޮޑުވާހަކަ ކަމަށެވެ.ކޮންމެއަކަސް ރިސޯޓުގައި ވެސް މާކަ ގިނަދުވަހެއް ނުވިއެވެ. ދެންބަދަލުވީ އެއަތޮޅުގައި ހުޅުވި ސަރަހައްދީ އޮފީހަށެވެ. އެތަން ވެސް މުޅިއަކުން ކަމަކު ނުދިޔައެވެ. ނަމަވެސް އެތާއުޅެމުން ކުރިންފެށި ވިޔަފާރި ތަންކޮޅެއްފުޅާ ކޮށްލިއެވެ. އޭގެފަހުން އެ އަތޮޅުގައި ހިންގި ޔޫ.އެން ގެ ޕްރޮޖެކްޓެއްގައިވެސް މަސައްކަތްކުރިއެވެ. އަމިއްލަ ވިޔަފާރި އެންމެ ފުޅާކޮށް ހިންގައިގަނެވުނީ އެދުވަސްވަރުއެވެ.


ދެންމިހާރު އެއުޅެނީ ބޭންކުން ވަޒީފާއެއް ލިބޭތޯއެވެ. ސީދާ ބޭންކުން ވަޒީފާ ލިބޭތޯ ތިޔަ މަސައްކަތް ކުރަނީ ކީއްވެތޯ އަހާލީމެވެ. ހަމަ ކުރީގެވެސް ޖަވާބެވެ. "އޮޕޮރޗުނިޓީސް" ތައް މާގިނައީއެވެ.މިހާހިސާބުން އެއީ ކޮންކަހަލަ އޮޕޮރޗުނިޓީސްއެއްތޯ އަހާލާހިތްވެއްޖެއެވެ. ވާނީ އެހެންނޫން ތޯއެވެ.އެ ބުނާ އޮޕޮރޗުނިޓީސް ގިނަ، ފުރުސަތުތައްބޮޑު ނަތަކަށް ބަދަލުވާން އަހަރެން ވެސް ބޭނުމެވެ. ދިރިއުޅުން އާރާސްތުކޮށް ފުރިހަމަކޮށް ދިރިއުޅުމުގެ މައިދާނުގައި ކުރިއެރުން ހޯދުމުގެ ބޭނުމުގައެވެ.


ރަނގަޅަށް ކޮނެލުމުން، އެނގުނު ގޮތުގައިބޭންކުން ވަޒީފާއެއް ހޯދުމުގެ ޝައުގުވެރިގަން އާލާވެގެން މިއުޅެނީ ކޮންމެހެން ބޭންކުގައި ތެދުވެރިކަމާއެކު ވަޒީފާގައި ދެމިހުރުމުގެ ނިޔަތަކު ނޫނެވެ.އަމިއްލަ ވިޔަފާރި ފުޅާކޮށްލަން ލޯނެއް ހޯދުމުގެގޮތުންނެވެ. އަދިވެސް އޭނާ އިތުރު ކޮށްލިއެވެ. މިދުވަސްވަރު އެހެން ގޮތަކަށްވެސް ކަޓެއްނެގިދާނެއެވެ. ބޭންކަށް ވަންނަ ޑޮލަރު ބޮޑުއަގުގައި ވިއްކައި ބޭންކަށް ދޭންވާބައި ދީފައިވެސް ކޮންމެވެސް ވަރެއްގެ ފައިދާއެއް ޖީބަށް ލެވިދާނެއެވެ. އަނެއްކާ ލޯނުހޯދަން އަންނަ މީހުންނަށް "ފަސޭހަ" ކޮށްލައިދީގެން އެމީހުންގެ އަތުންވެސް ސައެއް އަތުލެވިދާނެއެވެ. އަދިވެސް މިކަހަލަ ކިތަންމެ ކަމެއްހުންނާނެއެވެ. އަހަރެން ހިތަށްއެރިއެވެ. މީނާއަށް ބޭންކުތަކުގައި ކަންތައްތައް އޮންނަގޮތް އިނގޭބާވައެވެ.


އޭނާގެބަހުންނަމަ އެއްއޮފީހެއްގައި އަހަރެން ހުރިހެން ހަރުލާ ހުރެއްޖެނަމަ މިކަހަލަ އޮޕަރޗުނިޓީސްތަކަށް މީހާގެލޯ އަވަރުވާނެއެވެ.އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔަވަރަކަށް ކަންތައްތައް އޮޅުންފިލަމުން ދިޔައެވެ. ވިޔަފާރި ފަށައިގެން މިއުޅެނީވެސް ކުރިންބުނި ކަހަލަ އޮޕަރޗުނިޓީއެއްގެ ތެރެއިންނެވެ. ވިޔަފާރި ފުޅާކުރީވެސް ހަމަ އެގޮތަށެވެ. ކޮންމެތަނަކަށް ވެސް ބަދަލުވަނީ އެބުނާ އެއްޗެއް އެތަނަކުން ފެނިގެން ނުވަތަ އެއެއްޗެއް އެތާއޮވެގެންނެވެ.ނަމަވެސް ހީކުރާގޮތަށް އެކަން ނުވުމުން ކޮންމެތަނަކުންވެސް ކެނޑެނީއެވެ.


ހޯހޯއެވެ. އަހަރެން ވާ ސަލާމެވެ. ތިޔަކަހަލަ އޮޕަރޗުނިޓީސްތައް ހޯދައިގެން އެއްވެސް ކަމެއް ކުރާކަށް އަހަރެން ނެތީމެވެ. އަހަރެން ހިތުން ރަހުމަތްތެރިޔާ މިހުރީ އަހަރެމެން ކިޔެވި އެއްމާއްދާ އެއްކޮށް ހަނދާން ނައްތާލައިގެންނެވެ. އެއީ އެންމެ ކުޑައިރުއްސުރެ ކިޔަވާ މާއްދާއެކެވެ. އޭގެ ގިނަބައިތައް ދީނީ ތަރުބިއްޔަތު ފޮތްތަކުން ކިޔެވީމެވެ. ބައެއްބައިތައް އިޖްތިމާއީ އިލްމުފޮތުންނެވެ. ތަންކޮޅެއް މައްޗަށް ދިއުމުން، "ޕްރޮފެޝަނަލް އެތިކްސް" ގެ ލެކްޗަރތަކުންނެވެ. އަދި އަބަދުވެސް ކީރިތި ޤުރުއާނުންނެވެ. މިފަހުން، ހުކުރު ޚުތުބާ ތަކުންނާއި ދީނީ ދަރުސް ތަކުން ވެސް އެ ފިލާވަޅުތަށް ހަނދާން އާކޮށްދެއެވެ.
އަހަރެމެންގެ ތެރެއިން ގިނަމީހުންގެ ހުރީ ރަހުމަތްތެރިޔާގެ ފިކުރުނަމަ މުޖްތައު ފަސާދަވެ ހަލާކުވެއްޖެއެވެ. ނުވަތަ ވާން ކ


ކިޔުންތެރިންގެ ޚިޔާލު...


ނަން :