އަށްޝައިޚް އިބްރާހިމް އަބޫބަކުރު ދީނީ ނަސޭހަތް ދެއްވަނީ ފޮޓޯ - ހިތާދޫ އޮންލައިން

ހިތާދޫ ކައުންސިލުން ދީނީ ނަސޭހަތް ދިނީ ފިތުނަ އުފައްދަން

ާާޢާމިރު ޢަބްުދުއްލަތީފު | 28 ޖޫން 2014





ހިތާދޫ ކައުންސިލުން އިންތިޒާމު ކޮށްގެން އިއްޔެ އަޞުރު ނަމާދަށްފަހު ހިތާދޫ އަލްމަސްޖިދުލް މޫސާ ޢަލީގައި ދީނީ ނަސޭހަތް ދިނީ ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދާ ރައްޔިތުން ބައިބައި ކުރުމަށް ކަމަށް ބައެއް ރައްޔިތުން ބުނެފިއެވެ.

މިކަމާމެދު ހިތްހަމަ ނުޖެހުނު ބެލެނިވެރިންނާއި ޓީޗަރުން އަދި ބައެއް އާއްމު ރައްޔިތުން ބުނީ މިއީ ކައުންސިލުން ފިތުނަ އުފެއްދުމުގެ ގޮތުން ރޭވި ކަމެއްކަމަށެވެ. އެމީހުން ބުނީ ސްކޫލު ކުދިންގެ އިންޓަރ ހައުސް ނެޓުބޯޅަ މުބާރާތާޢި ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު އޮއްވާ އެގަޑީގައި މިސްކިތުގައި ދީނީ ނަސޭހަތް ދިނީމާ މިއަށް ފިތުނަ އުފެއްދުން ނޫން ކަމެއް ނުކިޔޭނެ ކަމަށެވެ.

" ކައުންސިލަށް އެނގޭނެ މި މުބާރާތް ރޭވިގެން ކުރިއަށްދާ ކަން ކީއްކުރަން މިއަދު ފައިނަލް މެޗު އޮއްވާ އެގަޑީގައި ދީނީ ނަސޭހަތް ދޭންވީ އެނގޭނެ ކުދިންނާ ބެލެނިވެރިންނާ ޓީޗަރުންނަށް މަޑެއް ނުކުރެވޭނެކަން އެނެއްކޮޅުން ޒުވާނުންވެސް ދާނީ ދަނޑަށް " ހިތްހަމަ ނުޖެހިފައި ތިބި ނަންހާމަ ކުރަން ނޭދޭ ބަޔަކު ބުންޏެވެ.

ހިތާދޫ ކައުންސިލުގެ މެންބަރ ޢަބްދުލް ޢަޒީޒު ވިދާޅުވީ ރަމަޟާން މަހުގެ ކުރިން ދީނީ ޢިލްމު ވެރިއަކު ގެނައުމަށް މަސައްކަތް ކަރަމުން ގޮސްފައިވާ ކަމަށާއި ނަމަވެސް މީހަކު ނުލިބުނީމާ އިއްޔެ ދަރުސް ބޭއްވީ ޝައިޚު ލައްވާ ކަމަށެވެ. ދަގަޑި ދިމާވީމާ ލަސްނުކުރީ ކީއްވެ ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށާއި ކައުންސިލުން ވަކި ގަޑިއެއްގައި ދަރުސް ދޭން ނިންމާފަނުވާނެ ކަމަށްވެސް މެންބަރު ޢަބްދުލް ޢަޒީޒު ވިދާޅުވިއެވެ.

" އަހަންނަށްވެސް ސްކޫލުން ދަޢްވަތު ލިބުނީ ވަރަށް ލަސްވިފަހުން ދެން ނޭނގެ ކީއްވެކަމެއް އަހަރެންވެސް ވަރަށް ކަންބޮޑުވި މި ދެކަންތައް އެއްފަހަރާ އޮތީމާ" ހިތާދޫ ކައުންސިލު މެންބަރ ޢަބްދުލް ޢަޒީޒު ވިދާޅުވިއެވެ.

އިއްޔެ ދީނީ ނަސޭހައް ދެއްވީ ހިތާދޫ ސީނާ އަލް ޙާފިޟު އަށްޝައިޚް އިބްރާހިމް އަބޫބަކުރެވެ. ޝޭއިޚުގެ ވާހަކަ ކޮޅުގައި އަލި އަޅުއްވާ ލެއްވީ ރަމަޟާން މަހުގެ މާތްކަމާއި ހެޔޮދަރުމަައިގެ މައްޗަށެވެ.

ހިތާދޫން ކައުންސިލުން ފަހަކަށް އައިސް ރާވާ ހިންގާ ކަންތައްތަކުގައި މިފަދަ ފުށުއެރުންތައް ދިމާވާކަން ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން މި މަހު 11 ވަނަ ދުވަހު ހިތާދޫ ޔޫތުވިންގ އިން ބޭއްވި ފުޓުބޯޅަ މެޗެއް ކުޅުނު ގަޑީގައި ރައްޔިތުންނަށް ގޮވައިގެން ކުނިގޮނޑު ސާފުކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


މި ސައިޑުގައި ކޮމެންޓް ލިޔަންވީ ގޮތް ކިޔާދީބަލަ!

Mary

ހިތާދޫ ކައުންސިލުގެ ރައީސްާ ނާޢިބުރައީސަށް ސަލާމް ދަންނަވަމެވެ. ތިޔަބޭފުޅުންގެ ފިކުރާ ޚިޔާލު ނޫން އެހެން މީހުންގެ ފިކުރާ ޚިޔާލަކީ އެއްޗަކަށް ނުހެދުމުގެ ނަތީޖާ މިހިރަ ފެންނަމަުން ދަނީއެވެ. ތިޔަބޭފުޅުން ކަމެއް ނިންމަވާއިރު އެހެންމިޙުންގެ ހަރަކާތެއް އޮތްނަމަ ތިބޭފުޅުންގެ ހަރަކާތް ބަދަލު ކޮށްލުމަކީ ދެރަ އަދި ލަދު ކަމެއް ނޫނެނެވެ. މިހާރުވެސް ތިޔަ ދެ ޅައެތި އެޅުއްވީއެވެ. ކުރިއަށް ވިސްނާނެކަމަށް ހީކުރަމެވެ. ޝުކުރިއްޔާ!

Anas Abdul

ތަންދޮރު ދަންނަ މީހުން ހޮވީމަ ފެނޭތަ ވާގޮތް،،،،،،،، މާއެގޭ ރައީސުލް ކައުންސިލަޅި އަލް2ފައިފޭ ހިޔާނާތު ރަޝީދު ކަލޭ ކޮބާ........