އެވެރިންގެ ރިޕޯޓު: މަޖުބޫރު ސިޔާސަތު

ހިތާދޫ އޮންލަައިން | 24 ޖޫން 2014





މިސަރުކާރު ވެރިކަމަށް އައީ އެތައްވައުދެއް ވެގެންނެވެ. އެތައްކަމެއް ރައްޔިތުންނަށް ކޮއްދެއްވާނެ ކަމުގައި ބުނުމުން ރައްޔިތުން އުފަލާއެކު ސަރުކާރު ހަވާލުކުރިއެވެ. އެ ވައުދުތަށް ފުއްދަން ސަރުކާރަށް ދަނީ މަސައްކަތްކުރަމުންނެވެ. ހުރިހާ ވަޢުދުތަށް ، ތަންފީޒުކުރަމުން ދާދިޔުމުގާ އެކަންކަމަކީ ރައްޔިތުންނަށް ކިހާމަންފާއެއްކުރާނެ ކަމެއްތޯ އެއީ އުފެދޭ ސުވާލެކެވެ. މާބޮޑު މަންފާއެއް ނުކުރާނަމަ ، ވައުދެއްވެފައި ވީނަމަވެސް އެވައުދެއް ތަންފީޒްކުރުމަށްވުރެ ނުކުރުން ރަގަނޅެވެ. އެހެންނޫނީ ރައްޔިތުން ބަލައިގަންނަ ގޮތަކަށް އެކަންކަން ބައްޓަންކުރުން ރަގަނޅުނޫންހެއްޔެވެ. އެހެނަސް ދެރަކަމަކީ ގިނަބަޔަކު ސަރުކާރުގެ ބައެއް ސިޔާސަތު ތައް ބަލައި ނުގަންނަކަމެވެ. އެއީ ކެމްޕޭން ދުވަސްވަރު ވައުދުވީގޮތާ ، އެވައުދުތައް ތަންފީޒްކުރަ އުޅުނު ގޮތާ ތަފާތުވީމަ ވީގޮތެއްކަމަށް ވުން ވަރަށްގާތެވެ.

ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ރައްޔިތުން ބަލައި ނުގަތް މައިގަނޑު ދެ ސިޔާސަތެއް ފާހަގަ ކޮށްލާނަމެވެ. އެއްކަމަކީ "ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް " މި ސިޔާސަތެވެ. ދެން އޮތީ "ބެޔަސް ނުބެޔަސް" 10000 ރުފިޔާ މަސްވެރިންނަށް ދިނުމަށް އެސްކީމްގައި މަސްވެރިން ބައިވެރިކުރުމަށް ސަރުކާރުން ހުޅުވާލިހުޅުވާލުމެވެ.

ފާހަގަ ކޮށްލެވުނު ކަމަކީ މިރަށުގައިވެސް އާއިލީ ޑޮކްޓަރުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް މީގެ ކުރިން އިއުލާނު ކޮށްލުމުން ތަރުހީބު ލިބިފައި ނުވާކަމެވެ. އަދި ޚަބަރުތަކުން އެނގޭ ކަމަކީ މުޅިރާއްޖޭގައިވެސް މިޕްރޮގްރާމަށް ރައްޔިތުން ދީފައިވަނީ ފިނިތަރުހީބެއް ކަމެވެ. ހަޤީޤަތުގައި މި ޕްްރޮގްރާމުގައި ބައިވެރިވުމަން ރައްޔިތުންނަށް ލިބޭނެ ފައިދާއާއި މީގެ ބޭނުންތެރިކަން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެވިފައެއް ނުވެއެވެ. ބޮޑަށް ހީވަނީ ސަރުކާރުން އެވައުދު ވެވުނީތީ އެފުއްދަން ޖެހިގެން ކޮންމެވެސް ކަމެއް ކޮށްލާހެންނެވެ. އެއިގެން ރައްޔިތަކަށް ލިބޭނެ މާބޮޑު ފައިދާއެއް ނުފެނުއެވެ. ނުބުނެދެވެއެވެ.

ބެޔަސް ނުބެޔަސް ސްކީމަކީ ހަގީގަތުގައި ސީދާ މަސްވެރިޔާއަށް އެސްކީމްގައި ބައިވެރިވެވޭގޮތަށް އޮތް ސިޔާސަތެއް ކަމުގައި ނުވާކަމީ ފާހަގަކޮށްލެވޭ ކަމެކެވެ. އެސްކީމުގައި ބައިވެރި މިވެވެނީ އޮޑިވެރިޔާ ވަކިކަންކަމެއް ކުރުމުންނެވެ. އޮޑިވެރިން ބުނާގޮތުގައި މިއައި ބަދަލަކީ އެމީހުންނަށް އޮތް ބޮޑު ތަކުލީފެކެވެ. އެހެންކަމުން ގިނަ އޮޑިވެރިން އެކަންކަން ކުރަން ބޭނުން ނުވާނަމަ ނިކަމެތި މަސްވެރިޔާއަށް "ބެޔަސް ނުބެޔަސް" ގެ ރާހަތެއް ނެތެވެ. އުފަލެއް ނެތެވެ.

މިދެސިޔާސަތައްވެސް ރައްޔިތުންގެ ފަރާތުން ފެނުނީ ވަޅޯ ތާފަނާ ތަރުހީބެކެވެ. އެހެންކަމަށް ވުމާއެކު، ސަރުކާރަށް މިކަމަކީ ބަލައިގަނެވޭ ކަމަކަށް ނުވިއެވެ. އެމީހުންނަށް މިކަން ތަހައްމަލެއް ނުކުރެވުނެވެ. ދެން އައީ ހުދުމުޚުތާރު ކަންބޮޑު ކޮންމެހެންވެސް ސަރުކާރުގެ ސިޔާސަތު ރައްޔިތުން ބަލައިގަންނަން ޖެހޭނެ ކަމުގެ އިންޒާރުގެ މެސެޖެވެ. އެއަކުން ރައްޔިތަކަށް މަންފާކުރިއަސް ނުކުރިއަސް ސަރުކާރުން ކަނޑައަޅާ ސިޔާސަތެއް ތަންފީޒް ވާންޖެހޭނެ ކަމުގެ ސިގުނަލްތަކެވެ.

މިހާރު މިވަނީ މަންޒަރު ފެންނަން ފަށާފައެވެ. ސަރުކާރުގެ ސިޔާސަތުތަކަށް މަޖުބޫރުން ، ރައްޔިތުންގެ ތަރުހީބު ހޯދުމަށް ސްޓަންޑުތައް ޖައްސަންފަށާފައެވެ. މިގޮތުން އެންމެފަހުން މި ވަނީ "ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް" މިޕްރޮގްރާމްގައި ކޮންމެ ރައްޔިތަކުވެސް ބައިވެރިވާން މަޖުބޫރުކަމުގެ އެންގުން އަންގާފައެވެ. އެހެންނޫނީ ކުރިމަގުގައި ހެލްތް އިންސުއަރެންސް ސްކީމް "އާސަންދަ" އިން ރައްޔިތުން މަހުރޫމް ވެދާނެކަމުގެ ބިރުވެރި ރަގަބީލް މިހާރު ދަނީ ރައްޔިތުންގެ ކަންފަތް ބުޑުގައި ގުގުމަމުންނެވެ. މިކަހަލަ މަޖުބޫރުކަމެއް އޯގާތެރި ސަރުކާރެއްގެ ފަރާތުން އައުމަކީ އިންތިހާއަށް ހައިރާންކަން ގެނުވާ ކަމެކެވެ. މިހެން ވުމާއެކު ދެން އުފެދޭ ސުވާލަކީ ބެޔަސް ނުބެޔަސް ސްކީމުގައި ބައިވެރިނުވާނަމަ ، މަސްވެރިންނަށް މަސް ކިރުވުމުގައި ކުރިމަތި ކުރުވަފާނެ ދަތިތަކެވެ. ސަރުކާރުގެ ސިޔާސަތު ތަންފީޒްކުރުމުގައި ރައްޔިތު މީހާއަށް މަޖުބޫރު ކުރުވާކަމީ މިގައުމުގެ ކުރިމަކު ބަނަވެފައި ވާކަމުގެ މިސާލެކެވެ. ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލަމުންދާކަމުގެ ސިގުނަލެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


mohamed shareef

Thi liyumun ehves ehcheh dheyha eh nuve alhugadah hama ekani dheyhavany meehunnah olhuvaala thimaa meehaage amihla edhungadeh oihkan