އެވެރިންގެ ރިޕޯޓު: 07 ފެބުރުއަރީގެ ބައެއް ސިއްތުތައް

ހިތާދޫ އޮންލައިން | 20 ޖޫން 2014





މަޖުބޫރުކުރުވި ރައީސް އިސްތިޢުފާގެ ފޮރުވިފައިވާ ސިއްރުތަކުގެ ތެރެއިން މިހާރު ފޮޓޯތަކުން ފެންނަ ހުރި ބައެއް ފޮޓޯތަކުގެ ޚުލާޞާ އަޅުގަޑު މިތަނުގައި ލިޔެލާނަމެވެ.

އެވެރިންގެ ރިޕޯޓްގެ ޒަރިއްޔާއިން މިފަހަރު އަޅުގަނޑު ހުށަހެޅުން ހުށަހަޅާނީ ޕޮއިންޓްތަކެއްގެ ގޮތުގައެވެ.

(1) ރައީސް ނަޝީދުގެ އަނބިކަބަލުން ލައިލާ ޢަލީގެ މޭމަތިން ހެދުމުގެތެރެއަށް ސިފައިންގެ ބާޣީއަކު އަތްވައްދާލަނިކޮށް ނަގާފައިވާ ވީޑިއޯއަކާއި ފޮޓޯއެއް އިންކުއަރީ ކޮމިޝަނަށްވަނީ ލިބިފައިވާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
(2) ރައީސް ނަޝީދަކީ ކުދިންދެކެ ނުހަނު ލޯބިވާ މީހަކަށްވާތީ ، ބާޣީ ނާޒިމްގެ އިރުޝާދުގެ ދަށުން ، ކުދިން ހައިޖެކްކޮށް އެކުދިންގެ ފުރާނައަށް ގެއްލުންދޭން މަސައްކަތްފަށާފައިވާ ކަމުގެ މަޢުލޫމާތު އެކޮމިޝަނަށް ވަނީ ލިބިފައެވެ.
(3) ރައީސް ނަޝީދުގެ ހަގު ދަރިކަލުން ބޮލުގެ އިސްތަށިގަޑުގައި ސިފައިންގެ ބާޣީއަކު ހިފާ ހިއްލާލައިފައިވާ މަންޒަރާއި ވީޑިއޯ ދައްކާދޭ ފޮޓޯއެއްވެސް ކޯނީއަށް ވަނީ ލިބިފައެވެ.

(4) ރައީސް ނަޝީދުގެ ދޮށީ ދަރިކަލުން ފޯނުން ގުޅުއްވާފަ، ބުނުއްވީ ބާއްޕާއޭ ސިފައިން މަންމަ ގަޔަށާއި އަދި އަހަރަމެންގެ ގަޔަށް ވެސް އަރާ އަނިޔާކުރަނީއެވެ. އަހަރަމެން ސަލާމަތްކޮށްދެއްވުމަށް ވަޑައިގަންވާށޭ ދެންނެވިއެވެ.
(5) މި ފޯންކޯލްގެ ސަބަބުން ރައީސް ނަޝީދު އިސްތިޢުފާދޭން މަޖުބޫރުވީއެވެ.

(6) މި މަޖުބޫރުކުރުވުމުގެ ސަބަބުން ރައީސް ނަޝީދު އިސްތިޢުފާ ދިނުމަށް އެއްބަސްވުމުން ، ރައީސް ނަޝީދުގެ ޢާއިލާ ދޫކޮށް ސިފައިން ދިޔަވަގުތު ، އެމީހުން ސަލާމަތުން ގެއަށް ގެންދިއުމަށް ވަފާތެރި 2 ސިފައިންގެ މީހުން ވަލުދޮރޯށިން ނެރުއްވައިގެން ސަލާމަތްކުރެއްވިއެވެ. މިކަމުގެ ހެކިތައްވަނީވެސް ކޯނީއަށް ލިބިފައެވެ.
(7) ބާޣީ ނާޒިމްމެންގޭގައި ފުލުހުންގެ އިސްވެރިންނާއި އެކު ބޭއްވި ބައްދަލުވުންތަކުގެ ޢޮޑިއޯ އަދި ވީޑިއޯ ތައްވަނީ ކޯނީއަށް ހުށަހެޅިއެވެ.
(8) ބުރުމާ ޤާސިމްމެންގޭގައި ޢަބުދުﷲ ރިޔާޒުއާއި ޤާސިމް ބޭއްވި ބައްދަލުވުންތަކުގެ އޯޑިއޯ އަދި ވީޑިއޯ ތައްވަނީ ކޯނީއަށް ހުށައަޅާފައެވެ. (މީގައި ޢަބުދުﷲ ރިޔާޒު ބުނަނީ ވީޓީވީން ދެއްކި މަންޒަރުތަކުގެ ސަބަބުންނޭ މައްސަލަގޯސްވީ،! ޤާސިމްބުނަނީ އެހެންނަކުންނޫނޭ ! އަހަރެން ދިންފައިސާ އެންމެންނަށް ނުބެހީމައޭ ގޯސްވީ! ފައިސާ ނުލިބޭ ފުލުހުންނާއި ސިފައިން އެވާހަކަ ކޯނީއަށް ގޮސް ކިޔައިދެނީ އެހެންވެގެންނޭ!)

(9) ކުރީގެ ޑިފެންސް މިނިސްޓަރ ޠޮލްޙަތާއި ޗަންޕާ މުޙައްމަދު މޫސާއާއި ދެމެދުގައި ހިންގާފައިވާ ފައިސާގެ (8 މިލިއަންރުފިޔާގެ) މުޢާމަލާތް ތަކުގެ ހެކިތަކާއި، ބުރުމާ ޤާސިމް ދީފައިވާ 18 މިލިއަން ރުފިޔާގެ ހެކިތައްވެސް ކޯނިއަށް ލިބިފައި ވެއެވެ. (މި ޠޮލްޙަތަކީ 30 އަށްވުރެ ގިނަ މިލިއަން ރުފިޔާގެ ދަރަނި އެކިއެކި މީހުންނަށް ދޭންޖެހިފައިވާ ބޮޑު ދަރަނި ވެރިއެކެވެ.)
(10) ތޮލްޙަތު 3 ފަހަރެއްގެ މަތީން މިލިޓަރީ އިންޤިލާބެއް ގެންނަށް މަސައްކަތްކުރި! އެކަން ނުވީ ޤައުމަށް ވަފާތެރި ދިވެހިންދެކެ ލޯބިވާ 3 ނޮވެމްބަރ ގެ ޙާދިޘާއިންވެސް ޤައުމު ސަލާމަތްކުރެއްވި އެއް ބަޠަލް އިބްރާހީމް ދީދީގެ ސަބަބުން. މިކަންވެސް މިހާރު ސާފުވެ، ހެކިތައް ލިބިއްޖެ.

(11) ކޯސްޓްގާޑުގެ ވެރިއެއް ކަމުގައިވާ މުޙާއްމަދު އިބްރާހީމް (ކުރެންދޫ އެމް.އައި) ގެ ރޭވުމުގެ ދަށުން 7 ފެބުރުއަރީގައި ކޯސްޓްގާޑުން ހަތިޔާރު ބޭލިކަމުގެ ހެކިތައްވަނީ ކޯނީއަށް ހުށައަޅާފައި! މި ބަޣާވާތުގައި މި ކުރެންދޫ ޢާއިލާގެ ޙުސައިން އިބްރާހީމް ވެސް ފުރިހަމައަށް ބައިވެރިވެފައިކަމުގެ ހެކިތައް އެއްކޮށް ކޯނިއަށް ހުށަހެޅިއެވެ. މި ދެބެންނަކީ ސިފައިންގޭގައި ތޮލްޙަތުގެ ދަށުން މި ބާޣާވާތް ކުރިއަށް ގެންދިޔަ މޭސްތިރިން.(މި ކުރެންދޫ ޢާއިލާއަކީ ސަމަރޭ ނާސިރު ދައުރު އެރަށަށް އަރުވާ ލުމުން ބެލެހެއްޓި މީހުންގެ ދަރިން. އެކުދީންގެ މަންމަ މަރުވުމުން ނަސްރީނާ އެކުދިން ގެނެސްގެން އެންދެރިމާގޭގައި ބަލާބޮޑުކޮށް ވިލިގިލިން ގޯތި ގެދޮރުދީފައިވާ ބައެއް)

(12) ބާޣީ ނާޒިމްގެ ބައްޕަ ޙިއްސާއޮންނަ ކުންފުނި ރަޝީދު ކާޕެންޓްރީ އޮފީހުގައި ހުންނަ ނާޒިމްގެ މޭޒުމަތީގައި ފޫޓެއްގެ އުސްމިނަށް 500 ގެ ނޫޓް އެތައްސަތޭކަ ބަންޑެލި ހުރިކަމުގެ ފޮޓޯ ވަނީ އެމް.ޑީ.ޕީ ގެ ބައެއް ފަރާތަކަށް ލިބިފައެވެ.


ފެބުރުއަރީ 7 ގައި ހިނގާފައިވާ ބައެއްކަންކަން.

(1) ރައީސް ނަޝީދު އިސްތިޢުފާ ދެއްވުމަށްފަހު، މުޅިއާގެއަށް ވަޑައިގަތުމުން ، ރައީސް ނަޝީދުއަށް އަނިޔާކޮށް ދުވަސް ދުއްވާލުމުގެ ނިޔަތުގައި ޢަބުދުﷲ ރިޔާޒު މުލީއާގެތެރޭގައި ރައީސް ނަޝީދު އުޅުއްވަނިކޮށް އަތްދަމާފަ ރައީސް ނަޝީދުގެ ކަންކަށިމަތީގައި ޖެހުމުން ރައީސްނަޝީދު ވެއްޓިވަޑައިގެންނެވި ވީޑިއޯއާއި، ފޮޓޯވަނީ އެންކުއަރީ ކޮމިޝަނަށް ހުށައޅާފައި!
(2) ޕެރަޑައިސް އައިލެންޑް ރިސޯޓުން 2 ފޮށީގެ ރާފުޅިތައް ގެނެސް މުލީއާގެއަށް ވެއްދިކަމުގެ ހެކިތަކާއި، ކުރިބަޔަކާއި، ޕެރަޑައިސުން އެތަކެތި ދޫކުރި މީހުންގެ ބަޔާންތައްވަނީ ކޯނީއަށް ލިބިފައިވެއވެ. މިތަކެތި ލޯންޗަށް އެރުވިކަން އެނގުނު މީހާ ޕެރަޑައިސުން އަމިއްލައަށް ވަޒީފާއިން ވަކިވެފައި ވަނީ ގަންނާކުރެއްވި ބިރުންކަންވެސް އެގުނެވެ.

(3) މި ރާފުޅިތައް މުލީއާގެއަށް ވައްދާފަ ބާޣީން ބޭނުންވީ އެރޭ ރައީސް ނަޝީދު ދަންޖައްސާ މަރާލާ އަދި ކަރަށް ރާއަޅާފަ ޢާއްމުންނަށް ދައްކަން.. އެކަން ނުކުރެވުނީ އެތަނުގައި ތިބި އިންސާފަށް ލޯބިކުރި މަދު ސިފައިންގެ ސަބަބުން. މިކަމުގެ ހެކިތައްވެސް ވަނީ ކޯނީއަށް ހުށައަޅާފައެވެ.

(4) މުލީއާގެއަށް މި ރާފުޅިތައް ވައްދާފަ މިތަކެތި ރައީސް ނަޝީދުގެ ކުރިމަތީގައި އޭނާ ބަދުނާމުވާގޮތަށް ރާފުޅިތައް ދައްކަމުން ސުވާލުތައް ކުރުވަމުން ވީޑިއޯކޮށް ، މި ވީޑިއޯތައް ރިޔާސީ އިންތިޚާބާއި ދިމާކޮށް މީޑިއާގައި ދައްކާގޮތަށް ބާޣީން ރާވާފައިވާ ކަން ރައީސް ނަޝީދަށް ފުލުހުންގެ ތެރޭގައިތިބި ޤައުމީ ފުލުހުން އަންގާފައިވައިވެއެވެ.
(5) ރައީސް ނަޝީދު ދަންޖައްސަން ޢުމަރު ނަސީރު ވާގަޑެއް ހިފައިގެން 2 ފަހަރެއްގެ މަތީން މަސައްކަތް ކޮށްފައިވާ ކަމުގެ ހެކިލިބިފައިވެއެވެ. (މިކަން އެނގިފައިވަނީ ފުލުސް އޮފީހުގެ ތެރެއިންނެވެ)

މިފަދަ އެތައް ކަމެއް ދިމާވެގެންނާއި، ދަރީންނާއި އަނބިކަބަލުންނާއި ރައްޔިތުންގެ ޙައްޤުގައި ރާއްޖޭގެ ރައީސްކަމުން އިސްތިޢުފާ ދެއްވިކަން ހެކިތަކުން ވަރަށް ރަގަލަށް ސާފުވާނެއެވެ. އަދި ދަންނަވަމެވެ. ޢާއިލާގެ ބޭފުޅުންނަށް އަނިޔާދިނުން ހުއްޓާލީ ޔާމީންގެ ސަބަބުންކަން އެނގެއެވެ. އަދި އެހާބޮޑަށް އަނިޔާކުރަން ނުކެރުނީ އަނބިކަބަލުންނަކީ ޔޫ.އެން ގެ ޖަމްޢިއްޔާއެއް ކަމުގައިވާ ޑަބްލިޔޫ އެޗް އޯ ގެ މުއައްޒަފަކަށް ވުމުން، އެތަނުގެ ޙިމާޔަތް ލިބުމުން ކުޑަ ދުވަސްކޮޅަކަށް އަނބިކަބަލުންނާއި 2 ކުދީން ސްރީލަންކާއަށް ދުރުވީއެވެ.

(6) ފެބުރުއަރީގައި ދީނީ ޢިލްމުވެރިންނާއި އަދި ފައިސާވެރިން ކޮށްފައިވާ ޢަމަލުތަކަކީ 21 ވަނަ ޤަރުނުގައި ތަހުޒީބުވެފައިވާ ބަޔަކު އަދި އިސްލާމްދީން ކުރިއަރުވަން މަސައްކަތްކުރާބަޔަކު ކުރާނެ ކަމެއް ނޫނެވެ. މިއީ މި ޤަރުނުގައި ނުވަތަ ރެހެންދި ޚަދީޖާގެ ފަހުން މި ޤައުމުގައި ހިނގި އެންމެ ނާތަހުޒާބު ޢަމަލެވެ. ސިފައިންނާއި ފުލުހުންނަކީ ޤައުމުގެ ކޮންމެ ރައްޔިތަކު ކުށެއްކުރިއަސް އެކަން މަނާކުރަންޖެހޭ ޤައުމީ ބަޔެކެވެ. ޤާނޫނު އަސާސީ އެންމެ ފަހުވަގުތާއި ޖެހެންދެން ރައްކާތެރިކުރަން މަޖުބޫރުވެފައިވާ މީހުންނަކީ ސިފައިންނާއި ފުލުހުންނެވެ. މިކަމަކީ ކޮންމެ ބަޔަކު ހަމައިން ނެއްޓުނަސް ހަމަޔަކަށް އަޅުވަންތިބި ބަޔަކު ކޮށްފައިވާ ވަރަށް ހަޑިމުޑުދާރު ޢަމަލެކެވެ. މިކަމުގެ ފިތުނަ މި ޤައުމުން ފުހެލެވޭނީ އެކަން ހިންގިބަޔަކަށް ޙައްޤު އަދަބު ލިބިގެންނެވެ. މި ފިތުނައިގެ އެންމެ ބޮޑު ނުރައްކަލަކީ މިއަދު އެންމެ އާދައިގެ ފުލަހަކު ގޯސްކަމެއް ކުރިއަސް އެކަމަށް އަދަބު ދޭނެ އަދި އެއްޗެކޭ ބުނާނެ ވެރިޔަކު ނެތްކަމެވެ. މިހާރު މިފެންނަމުން މިދަނީ އެކަންތަކެވެ. އެމީހުން ބޭނުންކޮންމެ ކަމެއް ކުރިއަސް ވެރިންނަށް އެއްޗެކޭ ނުބުނެވޭނެ ދަށުދަރަޖައަށް މި ޤައުމު މިއޮތީ ވެއްޓިފައެވެ. ހިތާމައަކީ ކަން މިހެން ހުރުމާއެކުވެސް ކޯނިއަށް ފެނުނުގޮތުން ވެރިކަން ވެއްޓިގެން ދިޔައީ ރަގަޅަށް ކަމަށް ވުމެވެ. މިކަމުގެ ސަބަބުން ދެން ދުވަހަކުވެސް މިޤައުމުގައި ބަޣާ ވާތެއް ކުރެވޭނެތޯ އެބަ ސުވާލުކުރަން ޖެހެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


ކަޅުކައްޅި

ދުނިޔޭގައި ޢަދްލު ބޭނުންނުވާ 5 ވެރީންވެއެވެ. އެއީތޯއެވެ؟ އެއީ
1- ފިރުއައުނު
2- ހާމާނު
3- ހާމާނު
4- މައުމޫނު
5- ޔާމީނު މިއެވެ.
މި ވެރީންނަކީ އެއްވެސް ޒަމާނެއްގައި ޢަދްލު އިންސާފު ބޭނުންވާ ބައެއް ނޫނެވެ. އެހެންނަމަ މިސްރުގައިވެސް ބަޣާވާތަކުން ވެރިކަން ފޭރިނުގަތީހެވެ. މައުމޫނު ކިޔެވީ މިސްރުންނެވެ. ދަސްކުރީ އެމީހާ ބޭކުންކަމެއް ބޭނުންގޮތަކަށް ކުރިއަސް އެއްވެސް މައްސަލައެއް ނުހިންގޭނެ ގޮތްތަކެވެ. އޭނާ ކިޔަވައިދިނީ ޔާމީނަށެވެ.
ދެންވާނެގޮތްތައް ރާއްޖެއިން އެހަރަ ފެންނަނީއެވެ. ބަޣާވާތްކުރިމީހުންނަކީ ޣާޒީންނަށްވެއްޖެއެވެ. ކަސްބީއަންހެނުންނާއެކު ސެކްސްފިލްމު ކުޅޭ މީހުން ޤާޒީންނަށް ވީއެވެ.

Mdp

ާމުޙައްމަދު ޝަރީފުވެސް ޙަޤީޤަތް ގަބޫލު ކުރަންޖެހޭނެ. އެދުވަހު ކަަންތައްތަށް ހިނގީ ހުރިހާ މީޑިއާތަކެއް ކުރިިމަތީ ލައިވް ކުރަނިކޮށް . ޝަރީފު ބުނެބަލަ މަޖުބޫރު ނުކޮށް ހަމަ އިސްތިއުފާ ދިން ނަމަ ހިސާނު އަތުގައި އޮތް ސިޓީއެއް ނާޒިމް އަތުން ގޮސް ޝާހިދާ ހަމައަށް ދިޔައީ ނާޒިމަކީ އޭރުގެ ސަރުކާރުގެ މީހެއްވެސް ނޫން އަދި ހިސާނެކީ ޤަނޫނީގޮތުން ރައީސްގެ ސިޓީ ފޮނުވުމުގެ ޒިންމާ ހަވާލު ވެފައިވާ

mohamed shareef

Amihla ah verikan dhookohlaafa thi hurihaa bahanaa dhahkaane kameh neh