އެންމެ އަލިގަދަ ތަރީގެ އޭދަފުށީ އޮޑިޝަނުން ހޮވުނު ހިންދު މޫސާ – ފޮޓޯ / އެމްބީސީ

އޭދަފުށީ އޮޑިޝަނުން " އަލިގަދަ ތަރި" އަށް ބައިވެރިއަކު ހޮވިއްޖެ

ޢާމިރު ޢަބްދުއްލަތީފު | 07 ޖޫން 2014





މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން އިންތިޒާމް ކޮށްގެން މި އަހަރުގެ ރަމަޟާން މަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ގުރުއާން މުބާރާތް “ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރީގެ” ބ. އޭދަފުށީ އޮޑިޝަނުން ބައިވެރިޔަކު ހޮވައިފި އެވެ.

އޭދަފުށީ އޮޑިޝަނުން މުބާރާތުގައި ބައިވެރިވުމަށް ހޮވުނީ ބ. އޭދަފުށީ، ވައިމަތީގޭ ހިންދު މޫސާ އެވެ.

މިފަހަރު ރާއްޖޭގެ ފަސް ހިސާބެއްގައި އޮޑިޝަން ކުރިއަށް ގެންދަން ނިންމާފައިވާއިރު ހަތަރު ސަރަހައްދެއްގެ އޮޑިޝަން މިހާރުވަނީ ބާއްވައިފަ އެވެ.

100،000ރ. ހުށަހަޅާފައިވާ މި އަހަރުގެ މުބާރާތުގައި ވެސް ބައިވެރިކުރާނީ 12 މީހެކެވެ. އެގޮތުން މި އަހަރުގެ މުބާރާތަށް ހޮވާ 12 މީހުންގެ ތެރެއިން ހަތަރު މީހެއް ހޮވާނީ މާލެއިންނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :