އައިލެންޑް ކަޕް 2014 ގެ ޗެމްޕިއަންކަން އޭދަފުށި ޓީމް ހޯދައިފި

ޢޭދަފުށި | 31





އައިލެންޑް ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އޭދަފުށި ހޯދައިފި އެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ރައިޒިން ސްޓާ ފޯ ވިލުފުށި ރިކްރިއޭޝަންއިން ބޭއްވި މުބާރާތް އޭދަފުށި ޓީމު ކާމިޔާބުކުރީ ފައިނަލުގައި އިއްޔެ ހަވީރު ހދ. ނާވައިދޫ ޓީމާ ވާދަކޮށް 6-3 އިން ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި އޭދަފުށީ ޓީމުގެ އިޝާން އިބްރާހިމް އާއި އަލީ ޒުބައިރުވަނީ ހިމެނިފަ އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ 20 ލަނޑު ޖެހި އަލީ ޒުބައިރު އެވެ.

ދިރާގާއި އެސްޓީއޯގެ އެހީތެރިކަމާއެކު މާފަންނު މިނީ ފުޓްސަލް ދަނޑުގައި ބޭއްވި މުބާރާތުގެ ފައިނަލް މެޗަށް ފަހު އިނާމް ދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމު އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000ރ. ދިން އިރު ރަނަރަޕް ޓީމަށް 10000ރ. ދީފައިވެ އެވެ.

އޭދަފުށީ ޓީމު ޗެމްޕިއަން ޓްރޮފީއާއެކު މާދަމާ ރަށަށް އަންނާނެ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :