ބިރު

މާޝިތޯ ޝަރީފު | 22 މެއި 2014

ވިލާރޮއްޖެއް ނެތް އުޑުމަަތީގައި އުޑުމަތީގައި ސާދަވިލޭރޭގެ ހަނދު ރަސްކަން ކުރަނީ އޭގެ އެންމެ ފުރިހަމައަށެވެ. ހަނދުގެ ވަށައިގެން ބަރިބަރިއަށް އަތުރާފައިވާ ނިވިދިއްލޭ ބޮކިތަކެއް ހެން އުޑުމަތީގައި ދުރު ދުރުގައި ތަރިތައް ވިދާބަބުޅަމުންދެއެވެ. ހީވަނީ ރިހިން ޖަރީކޮށްފައިވާ ސާލެއް އުޑުމަތީގައި ފަތުރާލާފައި ވާހެންނެވެ. ޖެހޭ މަޑުމަޑު ވައިރޯޅިން ހީވަނީ ހިތްތަށް ފުރިދާނެހެންނެވެ. ޖައްވުގައި ވަނީ އެންމެ ހިތްގައިމު ރަކަށް ފިނިކަން ފެތުރިފައެވެ.

އަހަރެން ސިއްސައިގެން ދިޔައީ ފުރަގަހުން ވަރަށް ބާރު އަޑެއް ގޮވުމުންނެވެ. އަހަރެން ވަރަށްބާރަށް ހަޅޭލަވައި ގަތީމެވެ. ފަހަތުން މީހަކު ހޭއަޑު އިވުނެެވެ. އަހަރެން ފަހަތްބަލާލީމެވެ. ވަރަށް މަޑުމެޑުންނެވެ. އޭރު އަލީން ހުރީ އަހަރެން އަތްޖެހޭ ނުޖެހޭ ހިސާބުގައެވެ. އަހަރެން ތެދުވެ އަލީންގެ ފަހަަތުން ދުއްވައި ގަތީމެވެ. އަތިރިމަތީ ދުވެދުވެ ވަރުބަލި ވީއިރުވެސް އަލީން އަތުނުޖެހުމުން އިށީނީމެވެ. އަލީން ހެމުން ހެމުން އައިސް އަހަރެންގެ ކައިރީގައި އިށީނުމުން އޭނާގެ ކޮނޑުމަތީގައި އަހަރެން ބޯއަޅާލީމެވެ.

މީގެ ބާރަ އަހަރު ކުރިން އަހަރެމެން ދެމީހުންނަކީ ގާތް ދެ އެކުވެރިންނެވެ. ނަމަވެސް މާގިނަދުވަހެއް ނުވެ ލޯބިވެރިންގެ ޞަފުހާގައި އަހަރެންނާޢި އަލީންގެ ނަން ލިޔެވުނެެވެ. އެދުވަހުން ފެށިގެން މިއަދާ ހަަމައަށްވެސް އަހަރެމެންގެ ލޯތްބަށް ބަދަލެއް ނާދެއެވެ. އަހަރެންގެ ހިތައް އަރައެވެ. އަލީންގެ ލޯތްބާ އަޅާޅުން އަބަދުވެސް ލިބޭނެބާވައެވެ. އޭނާދެކެވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.

އަލީން އާއި އަހަރެންގެ ކައިވަނި ކުރެވުނެވެ. އަހަރެން ދެކެމުން އައި ހުވަފެން ޙަޤީޤަތަކަށްވީއެވެ. އަހަރެން މިދުވަހަކަށް އިންތިޒާރު ކުރާތާ ހަތަރު އަހަރު ވެއްޖެވެ. ދެން އަހަރެން ނިންމީ ދިރިއުޅުން ރަނގަޅު ގޮތަކަށް ބައްޓަން ކުރެވޭތޯއެވެ. އެކަންވެސް ވީއެވެ. އެކަމަކު ބަދަލުނުވާ އެއްކަމެއް ވެއެވެ. އެއީ މިހާރަކަށް އައިސް އަހަރެންގެ ހިތުގައިވާ ބިރެވެ. ކަންކަމުގައި މާއަަވަހަށް ބިރުގަނެ ސިއްސައިިގެންދާ ގޮތް ވާން ފެށިއެވެ. ނަމަވެސް އެކަންކަމާ މާބޮޑު އަހައްމިއްޔަތެއް ނުދެމެވެ. އަދި އަލީން ކައިރިއަކުވެސް ނުބުނަމެވެ. އެއީ އޭނާ ހިތްހަމަ ނުޖެހިދާނެތީއެވެ. ކޮންމެއަކަސް މިގޮތުގައި ދުވަސްތައް ހޭދަވަމުން ދެއެވެ.

ހަނދުވަރުގެ ރިހި އަލިއެޅިފައިވާ ރީތި ދޮންވެލި ތުނޑި ހީވަނީ ކައިވެނި ޕާޓީއަިކަށް ތައްޔާރު ކޮއްފައި އޮތްހެންނެވެ. އެހާވެސް ޗާލެވެ. އެ ރީތި ތުނޑީގައި އަހަރެެން ހުރީ އަލީންގެ އިންތިޒާރުގައެވެ. އެއްގަޑިއިރު ވީއިރުވެސް އަލީނެއް ނާދެއެވެ. އަހަަރެން ހާސްވިއެވެ. އެހާ ގިނައިރު ތުނޑީގައި އެކަނި ހުރެވުނު ކަން އިޙްސާސް ކުރެވުނެވެ. އިންތިހާއަށް ބިރުވެސް ގަތެވެ. ނަމަވެސް ބިރު ފިލައިގެން ދިޔައީ ރާޅުފައްކައިރީގައި ހުރި އަލީން ފެނުުމުންނެވެ.

އަހަރެން ވަރަށް ބާރަށް ދުއްވައިގަތީމެވެ. އަޅީނާ ދިމާލަޢެވެ. އަލީންގެ ފުރަގަހުން ގޮސް ބައްދާލީމެވެ. މަޑުފަސްގަނޑުގެ މަތިން ދުވަފައި އައުމުން އަހަރެން ހުރީ މައިނޭވާ ލެވިފައެެވެ. އަހަރެންނަށް ރޮވެން ފެށުނެވެ. ޝަކުވާވެސް ކުރެވެން ފެށުނެވެ. " އަލީން .. އަލީން ކީއްވެތަ ތިގޮތަށް މަރީ ބިރުގަންނަވަނީ؟ ކިތައްދުވަހުތަ ބުނަންވީ މަރީ ބިރުގަނެއޭ؟ އަލީން އަށް ހަމަ ނޭގަނީތަ؟ އަލީން ބިރުގަންނަވާ ކޮންމެ ފަހަރަކުވެސް މަރީއަށް ހީވޭ މަރީ ހިތް ހުއްޓިދާނޭ.. ދެން.. ނޭނގޭ// " ރޮމުންނަމަވެސް މަޑުމަޑުން އަހަރެން ޝަކުވާ ކުރީމެވެ.

އަލީންގެ ގައިގާ ބައްދައިގެން ހުރެވުނީ ކިހާއިރެއް ވަންދެން ކަންވެސް އަހަރެންނަކަށް ނޭގެއެވެ. އަހަރެން މަޑުމަޑުން ދުރަށް ޖެހިލީމެވެ. އަލީންގެ ފަރާތުން އެއްވެސް ކަހަލަ ޖެވާބެއް ނުލިބެއެވެ. އަހަރެން އަލީންގެ ކޮނޑުގައި އަތްޖަހާލީމެވެ. އަލީން އަހަރެންނާ ދިމާލަށް އެނބުރެން ފެށިއެވެ. އަހަރެން އިސްދަށަށް ޖަހާލީމެވެ. އެއީ ދުވަހަކުވެސް އޭނާގެ ކައިރީ ޝަކުވާނުކޮށް މިރޭ ޝަކުވާ ކުރެވުނީތީއެވެ. އަހަރެންނަށް އެއީ ކުށެއްކަމަށް ދެކެވުނެވެ. މިގޮތަށް ކަންތައްތަށް ކުރެވުމުން އަލީން އަހަންނަށް ދޭ އަދަބަކީ ދޮނެއްދިނުމެވެ. ނޫނީ ހެއްވާލުމެވެ. ނަމަވެސް މިރޭ އެކަހަލަ އެއްވެސް ކަމެއް ނުފެނުނެވެ. އަހަންނާދިމާލަށް ބަލައިގެން ހުރިގޮތަށް ހުރީއެވެ. އަހަރެންވެސް އިސްދަށަށް ޖަހާލައިގެން ހުރީއެވެ. މިގޮތުގައި ދިވަހަވަރަކަށް މިނިޓު ހޭދަވެއްޖެވެ.

އަހަރެންނަށް މަޑަކުން ނުހުރެވުނެވެ. އަހަރެން އިސްއުފުލާ އަލީންގެ މޫނަށް ބަލައިލީމެވެ. އަހަރެންގެ ދެލޯ ބޮޑުވިއެވެ. ގައިން ހީބިނަގައިގެން ދިޔައެވެ. އަަހަރެންނަށް ހުރެވުނުތަންވެސް ނޭގުނެވެ. ދެފައި ގަނޑުވިކަލައެވެ. ދުއްވައިގަންނަންވެސް ނެނގިފައި އަހަރެންނަށް ހުރެވުނެވެ. މިއޮއް ހުރިހާ އިރެއް ވަންދެން އަލީން ކަމަށް ހިކޮށް ޝަކުވާ ކުރި މީހަކީ ޖިންނިއެއް ކަމެއް ނޭގުނެވެ. މޫނުމަތި ހުތުރު ސިފައެއްގައި ހުރި މީހައްގެ ދެއަތް އަހަރެންނާ ދިމާލަށް އަންނަން ފެށިއެވެ. ތޫނު ވަކިތަކެއް ފަދަ ނިޔަފަތި ތަކެކެވެ. ގޮތްހުސްވެފައިވާ މީހެއްހެން އަހަރެން ނަށް ހުރެވުނެވެ. ކުއްލިއަކަށް އެމީހާ އަހަރެންގެ ކަރުގައި ހިފިއެވެ. އެ ތޫނު ނިޔަފަތިތައް އަހަރެންގެ ކަރުގެ އެކި ހިސާބައް ވައްދާލިއެވެ. ފެން އާރެއްހެން އަހަރެންގެ ކަރުން ލޭތައް އޮހެން ފެށިއެވެ. އަހަރެންނަށް ވީތަދުންނާއި ގަތްބިރުން ވަރަށް ބާރަށް ހަޅާލަވައިގަތީމެވެ.

ކައިރީގައި އޮތް އަލީނަށް ސިއްސައިގެން ގޮސް ހޭލެވިއްޖެވެ. އޭރުވެސް އަހަރެން ތެޅިފޮޅެނީއެވެ. އަލީން އަހަރެންގެ ގައިގައި ހިފާ ތަޅުވާލިއެވެ. އެއާއި އެކު އަލީންގެ ތަނަވެސް މެއާޢިލާ އަހަރެން ބޮނޑިކޮށްލިއެވެ. މަޑުމަޑުން ބުރަކަށީގައި ފިރުމަން ފެށިއެވެ. އަހަރެން ދެލޯ ހުޅުވާލީމެވެ. އޭރު އަލީން ހާސްވެފައި އަހަރެންގެ މޫނަށް ބަލަން ހުއްޓެވެ. އެއީ ހުވަފެެނެއްކަން އެނގުމުން އަހަރެން އިހުނަށްވުރެ ބާރަޢް އަލީންގެ ގައިގާ ބައްދާލީމެވެ. އަހަރެންނަށް އޭރުވެސް ރޮވެނީއެވެ. ބިރުން ތެޅިފޮޅެވެނީއެވެ.

އަލީން އަހަރެންގެ ކައިރީ ސުވާލު ކުރަން ފެށިއެވެ. ގަނެފައިވާ ބިރުގެ ބޮޑުކަމުން އަހަރެންނަށް އެއްވެސް އެއްޗެއް ނުބުނެވުނެއެވެ. އަހަރެން އަލީންއާއި ދުރަށް ޖެހިލީމެވެ. ހަމަޖެހި ލުމަށް ފަހު އަލީނާއި ވަހަކަ ދައްކަން މަސައްކަތް ކުރީމެވެ. ނަމަވެސް އަހަރެންގެ ދޫ ހަރަކާތެއް ނުކުރިއެވެ. އެތައް ފަހަރަަކު މަސައްކަތް ކުރީމެވެ. އަހަރެންގެ އަޑެއް ނުނުކުތެވެ. އެހަރެން އަޑު އަހަރެންނާ މުޅިން ވަކިވީއެވެ. އަހަރެން އަލީން އާއި ދިމާލަށް ބަލާލީމެވެ. އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަ އަންނަތަން އަހަރެންނަށް ފެނުނެވެ. އަހަރެން ވަރަށް ދެރަވިއެވެ. އޭނާ އަހަރެން ގެންގޮސް އޭނާގެ މޭގައި ބޮނޑިކޮށްލިއެވެ. އަހަރެންނަށްވެސް ރޮވެން ފެށިއެވެ. އަހަރެންގެ އަޑު އަހަރެންނާ ވަކިވީއެވެ. އަހަރެންގެ ހިތުގައި އޮތް ބިރުގެ ބޮޑު ކަމުންނެވެ. ދެން އަހަރެންނަށް އަލީނު ގާތު ބިރު ގަނެއޭވެސް ނުބުނެވޭއެވެ.
=ނިމުނީ=


ކިޔުންތެރިންގެ ޚިޔާލު...


ނަން :


Mary

ވަރަށް ސަަޅި އިނގޭ ކީޕް އިޓް އަޕް ވެލްޑަން