މިއަދަކީ ހުރަވީ ދުވަސް ..

ޢާމިރު ޢަބްދުއްލަތީފު | 03 އޭޕްރީލް 2014





މިއަދަކީ ހުރަވީ ދުވަހެވެ. ހުރަވީ ދުވަހަކީ ހޮޅީން ނުވަތަ މަލާބާރިންގެކިބައިން ދިވެހި ގައުމު ސަލާމަތް ކޮށްދިން ހާދިސާގެ ޒިކުރާ އާކުރެވުމުގެ ގޮތުން ފާހަގަ ކުރާ ދުވަހެކެވެ.

މި ދުވަހަށް ހުރަވީ ދުވަހުގެ ނަމުން ފާހަގަ ކުރެވެނީ މަލާބާރީންގެއަޅުވެތިކަމުން ދިވެހި ގައުމު ސަލާމަތް ކުރެއްވުމުގައި އިސްވެ ޖިހާދު ކުރެއްވި ގައުމީ ބަތަލަކީ ހުރަވީޚާންދާނުގެ ބޭފުޅަކަށް ވާތީ އެވެ.

ހުރަވީދުވަސް ނިސްބަތްވެގެން ވަނީ ދޮންބަންޑާރައިން ނުވަތަ އައްސުލްތާން ޣާޒީ ހަސަން އިއްޒުއްދީނުލް ހުރަވީއަށެވެ.
ހިޖުރީގޮތުން 1166 ގެ ސަފަރު މަހުގެ 13 ގައި ހޮޅިން ރާއްޖެ އަރައި ތަޚްތުގައި އިންނެވި ރަދުން ހައްޔަރުކޮށް އެމީހުންގެ ބާރުގެދަށަށް ގެންދިޔަ ގެންދިޔުން ވެގެންދިޔައީ، ދިވެހިންނަށް އެތަށް ގެއްލުމެއް މެދުވެރިވިކަމެއްގެ ގޮތުގައެވެ.

ހޮޅިން މާލޭގެ ބައެއް މިސްކިތްތަކުގައާއި ބައެއް ގެތަކުގައި ރޯކޮށްހެދިއެވެ. އާންމުންގެ މުދާތައްފޭރިގަތެވެ. އެތަށް ބަޔެއްގެ ލޭއޮހޮރުވިއެވެ.

މިފަދަ އަނިޔާވެރިކަމަކަށް ރާއްޖެ ވެއްޓުނީ ދިވެހިންގެ ތެރެއިން ބަޔަކު ވެރިކަމުގެ ދަހިވެތިކަމުގައި ބޭރުގެ ބަޔަކާގުޅުމުގެ ސަބަބުންނެވެ. ވެރިކަމުގެ ދަހިވެތިކަމުގަ ދިވެހިންގެ ބަޔަކު ހޮޅިން ރާއްޖެ ގެނައިނަމަވެސް އޮޅިން ބޭނުންވީ އެމީހުންގެ އަމިއްލަ ވެރިކަމެވެ. އެމީހުންގެ އަމިއްލަ ބާރެވެ.

ވެރިކަމުގެ ދަހިވެތިކަމުގަ މުހައްމަދު ޝަމްސުއްދީނާއި މުހްޔިއްދީނާ ދެމީހުން ހޮޅިން ގެނައިނަމަވެސް ކަންތައް ވެގެންދިޔައީ އެދެމީހުން ހީކުރިގޮތަކަށް ނޫނެވެ. އެދެމީހުންނަށް ވެރިކަން ނުލިބުނުތާގައި ހޮޅިން އެ ދެމީހުން ވެސް މަރައިލީއެވެ.
ހޮޅިންގެ އަނިޔާވެރިކަމުގައި ގާތްގަޑަކަށް ހަތަރުވަރަކަށް މަސް ވަންދެން އޮތުމަށްފަހު ދޮންބަންޑަރައިން ގައުމުގެ ދިފާއުގައި ނުކުންނެވިއެވެ. ދިވެހިގައުމާ ދިވެހިރައްޔިތުންނަށްޓަކާ ހަނގުރާމަކޮށް ހޮޅިން ބަލިކޮށް ރާއްޖެއަށް މިނިވަންކަން ހޯދަ ދެއްވިއެވެ.
މިހާރުގެ މިމުޖުތައުންވެސް އަޅުގަނޑުމެންނަށ ފެންނަމުން މިދަނީ ވެރިކަމާ ތަޅާ ފޮޅާތަނެވެ. ވެރިކަމާހެދި ލޭ އޮހޮރުވާކަމުގެ ތުހުމަތްތަކުގެ އިގިލި ސިޔާސީ އެކިއެކިފަރާތްތަކާދިމާލަށް ދިއްކުރެވޭ ތަނެވެ. ބޭރުގެ އެކިއެކި ފަރާތްތަކާ ގުޅިގެންވެސް ރާއްޖޭގެ ވެރިކަން ހޯދުމަށް ސިޔާސީ ފަރާތްތަކުން މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތުވެސް ސިޔާސީ ފަރާތްތަކުންދަނީ، އެއްބަޔަކު އަނެއްބަޔެއްގެ ބޮލުގައި އަޅުވަމުންނެވެ.

މިފަދަ ދުވަސްތައް ފާހަގަ ކުރުމުގެ ބޭނުމަކީ ދޮންބަންޑާރައިން ކުރެއްވެވި އަގުހުރި މަސައްކަތް ފާހަގޮށް އެގޮތްތައް އާލާކުރުމެވެ. މިއަދު މިގައުމުގެ ދުލުން ގޮވަނީ އެފަދަ ފަރާތަކަށް ނޫންތޯ؟ ރާޢްޖެގައި ހުރަވީދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ޖުމާދިލް އާޚިރާ މަހުގެ ތިންވަނަ ދުވަހެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :