ރާޢްޖެ އިސްލާމް ވިދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިތާދޫ ޕްރީސްކޫލުގެ ދަރިވަރުން މެންދުރު ނަމާދަށް ފަހު ޤްރުއާން ކިޔަަވަނީ ފޮޓޯ- ހިތާދޫ ޕްރީސްކޫލު

ހިތާދޫ ޕްރީސްކޫލުން ރާޢްޖެ އިސްލާމް ވިދުވަސް ފާހަގަ ކޮށްފި

ޚަބަރު: ޢާމިރު ޢަބްދުއް ލަތީފު | 03 ފެބުރުއަރީ 2014





ހިތާދޫ ޕްރީސްކޫލުން ރާއްޖެ އިސްލާމް ވި ދުވަސް ފާހަގަ ކޮށްފިއެވެ.

ރާޢްޖެ އިސްލާމް ވި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިތާދޫ ޕްރީސްކޫލުގެ އެލްކޭޖީ އަދި ޔޫކޭޖީގެ ފިރިހެން ދަރިވަރުންނާއި ބެލެނިވެރިން އަދި ސްކޫލުގެ އިސްވެރިން އެކުގައި އިއްޔެގެ މެންދުރު ނަމާދު ޖަމާޢަތުގައި ވަނީ ކޮށްފައެވެ. އަދި ނަަމާދަށް ފަހު ދަރިވަރުން ސްކޫލުގައި ކީރިތި ޤްރުއާން ކިޔަވާފައިވެއެވެ.

ހިތާދޫ ޕްރީސްކޫލުން ބުނީ މިއީ ތުއްތު އިރުއްސުރެ އިސްލާމް ދީނަށް ދަރިވަރުންގެ ހިތުގައި ލޯބި ޖެއްސުމާ ދީނީ ކަންކަމަށް ސަމާލުކަން ދިނުމުގެ ގޮތުންނާއި ޒަމާނުއްސުރެ ހިތާދޫގައި ކޮންމެ ނަމާދަކަށްފަހު ކީރިތި ޤްރުައާން ކިޔެވުމުގެ އާދަ ކުދިންގެ ތަފަތުގެ ތަރުބިއްޔުގެ ދުވަސްވަރުން ފެށިގެން އެކުދިންގެ ކިބައިގާ ހަރުލެއްވުމަުގެ ގޮތުން ކުރިކަމެއް ކަަމަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :