ސޭޓުގެ ވިޔަފާރީ..

ލިޔުނީ: ޢަބްދުލް ޙަމީދު ޢަބްދުއްﷲ / ސޫރަޖު ބ. ހިތާދޫ | 26 ޖަނަވަރީ 2014





ނޫމާނަކީ ރަށުގެ ވިޔަފާރި ވެރިންގެ ތެރެއިން ގުނާލެވޭ މަޝްހޫރު ވިޔަފާރިވެރިއެކެވެ. ރަށުފެންވަރުގައި އެންމެ ފުޅާކޮށް ވިޔަފާރި ކުރާ މީހަކީ އޭނާއެވެ. މުރާލިކަމާއި ހީވާގި ކަމުގައި ދެވަނައެއްނެތް ނަމޫނާ ބޭފުޅެކެވެ. ހިތްހެޔޮކަމުގެ ލާމަސީލު ނަމޫނާއެކެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު ހެނދުނާ ކަހަލަ ގޮތަަށް ނޫމާނު ފިހާރަ ހުޅުވާނެއެވެ.

މިގޮތުން އާދައިގެމަތިން ނުއުމާން ފިހާރަ ހުޅުވާލައިގެން ހުރި ދުވަހެކެވެ. ނުއުމާނު މިހެން ހުންނަތާ އިރުކޮޅެއް ވީތަނާ ކައުންޓަރުގައި ބާއްވާފަ އޮތް ނޫމާނުގެ މޯބައިލް ފޯން ރިންގު ވާން ފަށައިފިއެވެ.
"އައްސަލާމް ޢަލައިކުމް ނޫމާން ވާހަކަ ދައްކަނީ " ފޯނު ނަގައި ކަންފަތުގައި ޖަހާލަމުން ނޫމާނު ވާހަކަ ދެއްކިއެވެ. ގާތް ގަނޑަކަށް ވިއްސަކަށް މިނެޓް ފޯން ގައި ހުރުމަށްފަހު ނޫމާން އޭނާ ގެންގުޅޭ ބަންގާޅީއަށް ގޮވާލިއެވެ. އިސާހިތަކު ބައްގާޅީ ކުއްޖާ އައިސް ނޫމާނުގެ ކައިރީގައި މަޑުކޮއްލިއެވެެ. އަހަންނާއެކު ހިނގާށޭ ކިޔާފައި ނޫމާން ފިހާރަ ލައްޕާލުމަށްފަހު މިސްރާބު ޖެހޭ ގުދަނާ ދިމާއަށެވެ. އަތުގައި ކުޑަވަރެއްގެ ގަނޑުކޮޅެއްވެސް އޮތެވެ.

ގުދަނުން ތާފަތު ވައްތަރު ވައްތަރުގެ ކޭސްތައް ނަގައިގެން ގާޑިޔާގަށް އަޅަން ފެށިއެވެ. ބަންގާޅީ ކުއްޖާގެ އެހީތެރިކަމާއެކުއެވެ. "ބޭބޭ ކޮންވައްތަރު ތިބެނީ" ހޭ ބަންގާޅީ ކުއްޖާ އެހި ނަމަވެސް އެއްޗެކޭ ނުބުނެ އަވަސްކުރާށޭ ނޫމާން ބުނުމުން ބައްގާޅީ ކުއްޖާވެސް އަތްމަތި ހަލުވި ކޮށްލާ ސާހިބުމީހާ ދެއްކި ހުރިހާއެއްޗެއް ގާޑިޔަލަށް އެރުވިއެވެ. އަދި ނޫމާން ބުނުމުން އެހުރިހާ އެއްޗެއް ހިފައިގެން ބަނދަރާ ދިމާއަށް މިސްރާބު ޖެހިއެވެ.

ބަންގާޅީ ސޮރު ނައްޓާލުމުން ގެޔަށް ވަދެލާފައި ނޫމާނު ވެސް ބަނދަރާ ދިމާއަށް ހިނގައިގަތް ތަނާ އަނެއްކާވެސް ނޫމާނަށް ފޯނެއް އަތުވެއްޖެވެ. ހަމަ ކުރިންވެސް ގުޅި ނަންބަރުންނެވެ. ހިނިތުންވެ ހުރެ ނޫމާާން ފޯން ނަގައި "ހަލޯ"އޭ ގޮވާލިއެވެ. އެކޮޅުން ކޮންމެވެސް އެޗެއް ބުނުމުން ޖަވާބުގައި ތީ އެއްވެސް ކަމެއް ނޫނެއްނޫންހޭ ކިޔާ ފިހާރައަށް ވަނެވެ.
ފިހާރައަށްވަދެ އެކުރާކަމެއް ކޮށްލުމަށްފަހު ނުކުމެގެން ބަނދަރަށް މިސްރާބުޖެހިއެވެ. ހަލުވި ހިނގުމެއްގައެވެ. މާކަގިނަ އިރެއް ނުވެ ނޫމާން ހުރީ ބަދަރުގައެވެ. އޭރު ނޫމާން ބުނިގޮތައް ބަންގާޅީ ސޮރު އެހުރިހާ މުދާ ނޫމާން ގެންގުޅޭ ކުޑަ ދޯނިގަނޑަށް އަރުވާ ނިންމާލަނީއެވެ. އެހެންކަމުން ނޫމާން ދޯންޏަށް އަރައި ސްޓާޓް ކޮށްލިއެވެ. ބަންގާޅި ދޯންޏައް އަރައިފިއެވެ.

އިސާހިތަކު ދެންފެނިގެން ދިޔައީ ދޯނި ކަނޑިންމައިން ނުކުމެ ރަށްބޭރުގައި މަޑުކޮށްލިތަނެވެ. މިހެން ދޯނި ރަށްބޭރުގައި އޮންނަތާ ގާތްގަނޑަކަށް ބައިގަޑި ހާއިރުވުމުން ނޫމާން ފޯނުނަގައި އޭނާއަށް ގުޅި ނަންބަރަށް ގުޅާލިއެވެ. އެކަމަކު ޚަބަރެއް ނުވިއެވެ. ބުނަނީ ފޯން އޮންނަނީ ނިވާލާފައި ކަމަށެވެ. މިގޮތައް އެތައްފަހަރަކު ގުޅަން ކުރި މަސައްކަތް ވެސް ވީ ބޭކާރެވެ. ވަގުތުތައް ހޭދަވަމުން ދިޔަވަރަކަށް ނޫމާންގެ މޫނުމަތިން މާޔޫސީކަމާއި ހިތާމައިގެ އަސަރުތައް ފާޅުވަމުން ދިޔައެެވެ. އެންމެ ފަހުން ނޫމާން އެބުރި ރަށަށް އަތުވެއްޖެއެވެ. ގެންދިޔަ ހުރިހާ މުދާ އަލުން އަނބުރާ ގުދަނައްވެއްދުމަށްފަހު ގޭގެ ފެންޑާގައި ހުރި ބޮޑުއަށިމަތީގައި ދެފައި ވައްކޮށްލައިގެން އިށީދެގެން އެބައިނެވެ. ހިތާމައިގެ ސާލެއް ފަތުރާލާފައި އިންފަދައެވެ.

ނޫމާންގެ އަންހެނުން ހައްވަ ސްކޫލް ދޮށައްގޮސްފަ ، ގެއަށް އައިސް ވަނީ އެވަގުތުއެވެ. ނޫމާން އިން ހިތާމަވެރި ގޮތް ފެނުމުން ހައްވަ ދިޔައީ ސިއްސައިގެންނެވެ. އެހެންޏާ ދުވަހަކުވެސް ހައްވައަށް ނޫމާން މިހެން ހުއްޓަކާ ފެނިފައެއް ނެތް ވީއްޔާއެވެ.
"ނޫމާން ..ކިހިނެއްވެފާ ..." ހައްވަ އައިސް ނޫމާންގެ ކައިރީގައި އިށީނެވެ.
" ހައްވާ .. މިއަދު ވަރަށް ޅައިއްޗެއް އެޅިއްޖެ ... މިހެން މިވީ އަހަންނަށްވެސް ވިސްނަން ވީވަރަށް ނުވިސްނާ ލެވުމުގެ ސަބަބުން " ނޫމާން ބޮލުގައި ދެއަތުން ފިރުމާލަމުން ބުންޏެވެ.
" އަދިވެސް ވެގެން ތިއުޅޭ ގޮތެއް ނުބުނެވެއެއްނު " ހައްވަ ހުރީ ވެގެން އުޅޭ ގޮތް އޮޅުން ފިލުވުމަށް ކެތްެްމަދުވެފައެވެ.
" ވެގެން އުޅޭ ގޮތް ދޯ ..." މިހެން ބުނެފައި ނޫމާން ކިޔައިދޭން ފެށިއެވެ.
" އަހަރެން ފިހާރައި ގަ އިންދާ ފޯނެއް އައީ ... ނޭންގެ ކާކުކަމެެއްވެސް ..އެކަމަކު ބުނެފި ތީ ވިޔަފާރި ވެރިއެއް ދޯއޭ .. ދެން ތިމަންނަ ބުނެފިން އާނއެކޭ ..ކިހިނެއް ވީހޭ ... މިހެން ބުނީމަ ބުނެފި ތިރަށް ކައިރިއަށް ދާންވެގެންނޭ މިއުޅެނީ ...... ފިހާރައިން މިވެނި ބާވަތްތަކެއްގެ އެއްޗެހި ލިބިދާނެހޭ ...... އެހެންކިޔާފަ ބޮޑު ލިސްޓެއްކީ ...ދެން އަހަރެން ބުނެފިން އާއެކޭ ތިކީ އެއްޗެހި ލިބޭނެއޭ ..މިހެން ބުނީ މަ ބުނީ ތިމަންނެމެން މީ ސަފާރީއެއްގަ އުޅޭ ބަޔެކޭ ތިރަށު ބަދަރަކަށް ކައިރިއެއް ނުކުރެވޭނޭ..ރަށްބޭރަށް ކުޑަދޯންޏެއްގާ ނަމަވެސް މިއެއްޗެހި ނެރެލަދިނީއްޔާ ރަގަނޅޭ އިތުރަށް ފައިސާވެސް ދޭނަމޭ ކިޔާންފެށީމަ މަވެސް އެއްބަސްވީ ........ ދެން އެއްޗެހި ހިފައިގެން މިދިޔައީ ..އެކަމަކު ހަރާމް ..އެއްކަލަ މީހުންނެއް ނުވެސް އައި ... ޚަބަރެއް ނުވެ ގިނައިރުވާން ފެށުމުން ގުޅާލިއިރު ފޯން އޮންނަނީ ނިވާލާފައޯ ބުނަނީ ... ރަށަށް އައިސްފަވެސް މިހާރު ކިތައްފަހަރު ކަންވެސް ނޭންގެ ގުޅުނީ ... " ނޫމާން ކިޔާދިނެވެ.
" ނޫމާނުވެސް ރަގަނޅު ........ " ހައްވަ ބުންޏެވެ.
" ހައްވައަށް އެނގޭތަ އެމީހާ ބުނެގެން އަހަރެން އެއްހާސް ރުފިޔާވެސް އޭނަގެ ފޯނަށް އަޅައި ދިނީމޭ ...... ކިހާދެރަދޯ" ނޫމާން ފެންކަޅިވިއެވެ.
" އަސްލުވެސް ....އެކަމަކު ނޫމާން ... ރަގަނޅު ... " ހައްވަ ދެފަރާތައް ބޯހޫރާލިއެވެ.
"ނޭންގޭނެތާ ...... މަދަކަ ބައިވަރެއް ނޫން ވީއްޔަ އެއްދުވަހާ މިވިކެނީވެސް ...... އެވެސް ބިލްގައި ޖަހައިގެން މިދިޔައީ އެކަމަކު ބަޚަބަރު ....... އަހަންނަށް ކެހި މިލިބުނީ ........ ދެން ކީއްކުރާނީ ،،މިފަހަރު ވީގޮތް " ކިތަންމެ ހިތާމައެއް ކުރިއަސް ދެން ހެދޭނެ އެއްގޮތެއްވެސް ނޯންނާނެ ކަން ނޫމާނަށް ވިސްނެއެވެ. ހައްވަވެސް އެކަން ގަބޫލުކުރިއެވެ. އަދި ނޫމާނަށް ހިތްވަރު ދިނެވެ.
= ނިމުނީ =


ކިޔުންތެރިންގެ ޚިޔާލު...


ނަން :