ކެހިވެރިޔާ

ލިޔުނީ: ޢަބްދުލް ޙަމީދު ޢަބްދުއްﷲ / ސޫރަޖު ބ. ހިތާދޫ | 21 ޖަނަވަރީ 2014

އަހުދު ތަކާއި ވަޢުދުތައް ވާނެއެވެ. އުޑުން ތަރި ބާލަދޭނެއެވެ. ތަޢުރީފުން ހިތްތައް ޣާފިލްކޮށްލާނެއެވެ. މަކަރާއި ހީލަތުން އައިބުތައް ފޮރުވާލާނެތެވެ. ހިއްސުތަކާއި ކުޅެލާ ބޭނުންވާ އެދުން ހާސިލްކޮށް ނިންމާވެސް ލާނެއެވެ. ކެޔޮގަނޑު ކަނޑާލުމުން ގަހުގެ ބޭނުން ދިޔައީއޭ ބުނާ ފަދައިން ކަންނިމި ހިނގައިދާނެއެވެ

އަހަންނަށް މިވީ ހަމަ މިކަހަލަ ގޮތެކެވެ. ވަފާތެރިއެއްކަމަށް ހިތާ މިފަހަރު މިއިނދެވުނީ ބޭވަފާތެރިޔަކާއެވެ. އޭނަގެފަށުވި ޢިބާރާތްތަކުގައި ޖެހި މަގުއޮޅިގެން ދިޔައީ ކީއްވެބާއޭ މިއަދު އަހަރެންގެ ހިތައްއަރައެވެ. ދެން ވާނީވެސް އެކަހަލަ ގޮތެކެވެ އަހަރެންގެ އާއިލާ އެންމެން ހެންވެސް މިކަމާ ވަރައް ރުހޭ ވީއްޔާއެވެ. އަހަންނަށް ކުޑަކޮށް އޭނައާ ދޭތެރޭ ޝައްކު ވީނަމަވެސް އަހަރެންގެ އާއިލާ މީހުންގެ ބޮލަށް އަހަރެން މިހާރު އިނދެގެން މިއުޅޭ ފިރިސޮރު ސަވާރުވެފައި ހުރީ ވަރައްވެސް ހިޔަޅުގޮތަކަށެވެ. އެހެންކަމުން ކަންތައް ވެދާނެ ގޮތަކާމެދު އެމީހުން ޚިޔާލުވެސް ކޮށް ނުލައެވެ.

އަހަރެންގެ ބައްޕަ އަކީ މަސްވެރިއެކެވެ. މަހައްގޮސްގެން ލިބޭ ލާރިން ދެކޮޅުޖެހެމުން ދަނީ ހަމަ ކިރިޔަ ކިރިޔާއެވެ. އެހެންކަމުން ގޭގެ ގޯތިތެރޭ ހުސްޖާގައިގަ މަންމަގެ ކަމަކީ ދަޑުވެރިކަން ކުރުމެވެ. ބައްޕައަށް ލިބޭ އެއްޗަކުން ދެކޮޅު ޖެހެމުން ނުޖެހެމުން ދާދިއުމަށް ލުޔެއް ލިބޭތޯއެވެ. ދެން ހުންނަނީ އަހަރެންގެ މުސްކުޅި ކާފައެވެ. ކާފަ ކަމެއް ނުކުރެވި ހިތާމައިގެ ދުވަސްތައް ގުނަމުންދަނިކޮށް އުފާވެރިކަން ގެނަސްދިފިއެވެ.

އަހަރެމެންގެ އާއިލާ އުޅެމުން ދަނީ ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމެކެވެ. އެދިރި އުޅުމަށް ހަރީފު މޫސުމް ވެރިވެގެން އައީ އަހަރެމެންނަށް އެޅުނު ކަތި ފިޔަވަޅެއްގެ ސަބަބުންނެވެ. ދާންވީ މަގު ކުރިމަތިން ރީތިކޮށް ، ފާޅުގައި ފެންނަން އޮށްވާމެ ގޯޅިއަޅައި ލެވުމުންނެވެ. ލިބޭ މިންވަރު އިތުރު ކޮށްލުމުގެ މަގު ފަހިވީކަމަށް ހީކޮށް ނިންމުނު ނިންމުމެއްގެ ސަބަބުންނެވެ. އެކަމުގައި ގައިދުމިވީ އަހަންނެވެ. ޤުރުބާން ވެގެން މިދިޔައީ އަހަންނެވެ. އާއިލާއިން ވެދުމެއްކަމުގައި އޭނައަށް އެރުވީ އަހަންނެވެ. އޭނަގެ ވަޢުދުތަކާއި އަޙުދުތަކުގެ ސަބަބުންނެވެ. އަހަރެންވެސް އޭރު ޝަކުވާއެއް ނުކުރަމެވެ. މައިންބަފައިން ގެ ބަސް ޤަބޫލުކޮށް އެމީހުން ދެއްކިމަގުން ހިނގަމުން ދިޔައީއެވެ. އޭނާއާއި ކައިވެނިވެސް ކުރީއެވެ. އެހެނަސް މިހާރު............. އާހް ...އެވެ. މިއަދު އަހަރެން ހިތާމަކުރަމެވެ. ދެރަވެއެވެ. އެކަނިވާ ކޮންމެ ފަހަރަކު ގިސްލާ ރޮވެއެވެ. އެހާރަގަޅު މީހަކާ އިދެވެން އޮތް އިރުވެސް މައިންބަފައިން ދެއްކި މީހަކާ އިނދެވުނީ ތީއެވެ. އަހަރެން މިހާރު މައިންބަައިންނާ ދިމާއަށް ބުންމެވެ. މަންމާއެވެ. ބައްޕާއެވެ. އަހަރެން ތިޔަ ވައްޓާލީ ކޮންފަދަ ކެހިވެރި މަންޒިލަކަށް ހެއްޔެވެ. މިހެން ބުނާއިރުވެސް އެމީހުންވެސް ، އެމީހުންނަށް ޢަމަލު ކުރެވުނު ގޮތާމެދު ދެރަވެ ހިތާމަކުރާކަން އަހަންނަށް އެނގެއެވެ. އެކަމަކުވެސް ދެރައީ ވިސްނާލެވުނު އިރު ވަގުތު ފާއިތުވީކަމެވެ.

މިހާރުވެސް އަހަރެންގެ ކާފަ ބުނެއެވެ. ލިބޭ މިންވަރަށް ޝުކުރު ކުރެވުނު ނަމަ ރަގަނޅެވެ. މަންމަ އާއި ބައްޕަ ބުނާނެއެވެ. އަހަރެމެންނަށް އަހަރެމެންކުރާ މަސައްކަތައް އުޖޫރަ ލިބެނިކޮށް ވަރިހަމައެވެ. ދެއްކިހާ ހުވަފެންތަކުން ޢިބުރަތް ހާސިލްވެއްޖެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


Admin

މިސައިޓުގައި ލިޔުން ސާޢިޢް ކުރަން ބޭނުންވާ ފަރާތްތަކުން www.hithaadhoo.com/user or admin@hithaadhoo.com ފޮނުއްވުމުން ޝާއިޢްކުރެވޭނެއެވެ.

hithaadhoo

މިސައިޓުގައި މަޒުމޫނާއި ވާހަކަ ޝާއިރު ކުރަން ބޭނުންވާ ފަރާތް ތަކަށް އެކަން އޮތީ ކިހިނަކުބާ!.

hithaadhoo

މިސައިޓުގައި މަޒުމޫނާއި ވާހަކަ ޝާއިރު ކުރަން ބޭނުންވާ ފަރާތް ތަކަށް އެކަން އޮތީ ކިހިނަކުބާ!.