ކަލެއްކަމަށް ދައުވާކުރި މައުމޫގެ ފަހަތައް އަދާލަތު އައުމަކީ..؟

ލިޔުނީ: ޢާމިރު ޢަބްދުއްލަތީފު | 14 ނޮވެންބަރ 2013

އިސްލާމް ދީން ހިމާޔަތް ކޮށް ދީން ކުރިއަރުވައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި އުފެއްދި އަދާލަތު ޕާޓީ މިފަހަކަށް އައިސް ކުރަމުންދާ ހުރިހާކަމެއްވެސް ކުރަމުން އަންނަނީ އިސްލާމް ދިނާއި ޤައުމުގެ ރައްކާތެރި ކަމަށާޢި ކުރިއަރުމަށެވެ. އެހެންމެ އެބޭފުޅުންގެ އެންމެ ބޮޑު މަޤްޞަދަކީވެސް އިސްލާމް ދީން ވަރުގަދަކޮށް ދީނީ ބައިބައިވުން އުފެނުނަ ނުދީ އީސްލާމް ދީނުގެ ދަޢްވަތު ދިވެހި ރާޢްޖޭގައި ފެތުރުން ކަމަށް ބުނަމުން ދެއެވެ. ކަންމިހެން ހުރި ނަަމަވެސް މާތްﷲ ދެއްވި ބުއްދީގެ ބޭނުން ހެޔޮގޮތުގައި ކުރާ ދިވެހި ރައްޔިތުން އެންމެ ގިނައިން ކުރައްވާ ސުވާލަކީ އަދާލަތު ޕާޓީ ޝެއިޚުންގެ ފަގުޑި އަޅުއްވައިގެން މިކުރައްވާ ކަންތައްތަކަކީ ހަމަ ޙަޤީޤަތުގައިވެސް އިސްލާމް ދީން ކުރިއަރުވަން ކުރައްވާ މަސައްކަތްތޯއެވެ؟

މިއަހަރުގެ ރިޔާސީ ރޭސް ކުރިމަތިިވެގެން އައި އިރު ދީން ޙިމާޔަތް ކުރުމަށް އުފެއްދި ޕާޓީ ފެނިގެން ދިޔައީ ސިޔާސީ ޕޯޑިއަމް ތަކުުން ތަފާތު ވައްތަރެއްގެ ވާހަކަ ތަކެއް ދައްކަމުން ދިޔަ މަންޒަރެވެ. ދީނާ ޤައުމަށްޓަކާ ބޮޑެތި އޮޅުވާލުން ތަކެއް ދީނޭ ކިޔައިގެން އޮޅުވާލަމުން ދިޔަތަނެވެ. ދީނާ ޤައުމަށްޓަކައި ޖިހާދު ފަރުޟު ވެއްޖެކަމަށް ބުނެ ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރާ ދެކޮޅަށް މާތްﷲ ޙަރާމް ކުރެއްވި ބަޣާވާތް ކުރިތަނެވެ.

ބަޣާވާތުން ވެރިކަން ވައްޓާލުމަށް ފަހު އެމީހުންނަށް އިސްލާމް ދީން ހިމާޔަތް ކުރުމަށް އިސްލާމިކް މިނިސްޓްރީ ހަވާލުކުރުމުން އެންމެ ފުރަތަމަވެސް ލާދީނީ ބައިގަނޑެއް ކަމަށް އަދާލަތުގެ ޝޭހުން ވިދާޅުވި އެމްޑީޕީ ސަރުކާރުގެ ތިން އަހަރު ހުއްޓާލާފައިވާ ﷲ ޙަރާމް ކުރެއްވި ކަމަށް އަދާލަތު ޝޭހުން ބުނާ " ލަވަ " މުބާރާތް ބޭއެވިތަން ފެނިގެން ދިޔައެވެ. ދެން ފެނުނީ ސްކޫލު އަންހެން ދަރިވަރުން ނިވާކަން ކުޑަ ހެދުންލައްވާ ބޭރުގެ މެހުމާނުންނަށް މަރުޙަބާ ދެއްނެވުމުގެ ޙަފްލާތަކަށް ﷲ ޙަރާމް ކުރެއްވި " ނެށުން " ނެއްޓުވިތަނާއި ޣައިރު މުސްލިމުންގެ ފާދިރީ ގެނަސް މި ލޮބުވެތި މުސްލިމުން ދިރިއުޅޭ ފަސްގަނޑުގައި ފޮޓޯނަގާ އޭނާއާޢި އެކު ނާޗަރަންގީ ކުޅުއްވައި ދީން ހިމާޔަތް ކުރައްވަން ޙަވާލުކުރެއްވި ރައީސް " ޑރ ވަހީދު" ފައްޅިއަށް ޒިޔާރަތް ކުރައްވާ ދުނިޔޭގެ މަޝްހޫރު ޑްރަގް ޑީލަރުން ގެންނެވި އިރުވެސް ދީނާ ޤައުމަށްޓަކާއި ޡަނާ ކިޔަން އަދާތުން އިންނެވިތަނެއެވެ.

ދީނާ ގައުމަށްޓަކާ ޑރ ވަޙީދަށް ވޯޓުލުން ވާޖިބުވެ އޭގެފަހުން ގާސިމަށް ވޯޓުލުން ފަރުޟުވެ މިހާރު މިފެނުނީ އިސްލާމް ދީން ޙިމާޔަތްކޮށް ދިވެހިންގެ ދީނާ މިނިވަންކަމާ އިސްތިޤްލާލުގެ ޙައްޤުގައި ، މިދުނިޔެ މަތީގައި ކަލާންގެ ކަމަށް ދަޢްވާ ކުރިކަމަށް އަދާލަތު ޕާޓީގެ ޝޭޚުން ވިދާޅުވި 30 އަހަރު ދުވަސް ވަންދެން ދީނީ ޢިލްމުވެރިންނަށް ދީން އޮޅުން ފިލުވައިދިނުން މަނާކޮށް ޗިލީސޯސްޖަހައި އެމީހުންގެ ތުނބުޅިތައް ބާލައި އެތަށް އަނިޔާތަކެއް ދީ ދީން މިގައުމުން ފޮލުމަށް މަސައްކަތް ކޮށް އެމީހެއް ބޭނުން ދީނަށް އުޅުމުގެ ޙަައްޤު ދިވެހިންނަށްވެސް އޮންނަން ޖެހޭނެ ކަމަށް ވަކާލާތުކޮށް މާތް ﷲ އެކަލާންގެ އަޅުތަކުންގެ މައްޗަށް ބާވާލެއްވި އެކަލާންގެ ކަލާމްފުޅަކީ ހުއްޖަތެއް ނޫނަކަމަށް ބުނެ ކީރިތު ޤްރާނުގައި ކަނޑައެޅިގެން އަމުރު ކުރައްވާފައިވާ ހުކުމްތައް އެއީ އިޚްތިޔާރީ ކަންކަމަށް ބުނެފައިވާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމުގެ ކޮއްކޯފުޅު ޔާމީނަށް ވޯޓުލުން އަނެއްކާވެސް ވާޖިބުކަމަށް ބުނިތަނެވެ. ޕީޕީއެމްއަށް ވޯޓު ނުދޭ ކޮށްމެ މީހަކީ ލާދީނީ މީހުންނަށް ވީއެވެ.

އަދާލަތުން ކުރާ ކޮށްމެ ކަމެއްވެސް ކުރަނީ ދީނާ ގުމަށްޓަކާކަމަށް ބުނަމުން ދާއިރު އިސްލާމް ދީނާ ޚިލާފަށް އެމީހުން ތާއީދު ކުރާފަރާތަށް ކުރާކަންކަމަކީވެސް ދީނީކަންކަމަށްވެދެއެވެ. މިއަދު އެމީހުން ތާޢީދު ކުރާ ޕާޓީގެ ޖަގަހަ ހުޅުމަށް ބޭއްވި ރަސްމިއްޔާތުގައި ފެނުނު ނެށުމަކީ ފެހެ އިސްލާމީ ރިވެތި އުޞޫލުގެ ލާމަސީލު ނަމޫނާއެއްބާވައެވެ؟ ނިވާކަން ކުޑަ ވަނާތަކުގެ ކުލައެނގޭހާ ތުނި ހެދުން ލައިގެން ނެއްޓެވި ޅަނދޮޅު ޒުވާްން ޖިންސް ލަތީފުންގެ ޝަހުވާނީ ހަރަކާތަކީ ހަަމަ އިސްލާމް ދީނުގެ ތަރަހައިގެ ނަމޫނާ ނެށުމެއް ބާވައެވެ؟ މިހުރިހާ މަންޒަރެއްވެސް ދިވެހި ރައްޔިތުން ދުއްއިރު އަދާލަތުގެ ޝެއިޚުން ތިއްބެވީ ނިދި ކުރައްވާފަބާއެވެ؟

މިއަދު ދިވެހި ކޮންމެ ރައްޔިތަކަށްމެ އެނގިގެންދާ ޙަޤީޤަތަކީ " ދީނާ ގައުމަށްޓަކާ " މިލަފްޒަކީ އޭގެމާނައެއް ނެތް އިބާރާތެއްކަމެވެ. މާތްﷲ މިދުނިޔެމީ ލެއްވިހާ ނުބައިކަމެއް ކުރަމުން މިއީ ދީނާ ގައުމައްޓަކާ ކުރާކަމެކޭ ވިދާޅުވުމުން އެކަން ޤަބޫލު ކުރާނެ ދިވެއްސެ މިއަދު ދިވެހިންގެ ތެރޭގައި ނެތެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި " ރާ " ވިއްކަުން ހުއްދަ ނޫންކަމަށް ބުނެ އިސްލާމްދީނުގައި ރިޒޯޓުގައި " ރާ " ވިއްކުން ހުއްދަވާނެ ކަމަށް އަދާލަތުގެ ޝޭހުން ވިދާޅުވުމުން އެކަން ޤަބޫލު ކުރާނެ މީހެއްނެތެވެ. މާތްﷲ ޙަރާމް ކުރެއްވި ހުރިހާކަމެއް ޙަރާމް ކުރެއްވީ ތަނަކަށް އަދި ޒަމާނަށް ނޫންކަމަށާޢި އެއީ ކޮންމެތަނެއްގައި ހުއްޓަސް މުސްލިމުންނަށް ޙަރާމް ވެގެންވާ ކަންތައްކަން ނުދަން ކުޑަ ކުއްޖަކުވެސް މި މުޖުތަމަޢްގައި ނޫޅޭނެއެވެ.

މިއަދު ދިވެހިން ދަންނަ ބޮޑު ސިއްރަކީ އަދާލުގެ މަދު ޝޭހުން ކޮޅަކީ ދުނިޔޭގެ ދަޅަތަަކަށް ހެއްލި ފައިސާގެ އަވާގައި ޖެހިން އެމީހުން ކުރި ބޮޑު ބަޣަވާތުން ސަލާމަތް ވުމަށްޓަކާ ދީން ހަތިޔާރަކަށް ހަދައިގެން ﷲ ގެ ދީނާއި ދެކޮޅަށް ދިވެހި މުޖުތަމައު ފަސާދަ ކުރުމަށް ހިންގާ ބޮޑު ޖަރީމާއެއްކަމަވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


މުހައިމިން

ނުބައި ކޮންމެ މީހެއްގެ ކޮށްކޮ އަކި ނުބައި މީހަކަށް ނުވާނެ..ކީރިތި ރަސޫލާގެ އާއިލާގަވެސް އުޅުނު ނުބައިމީހުން،..ނޫހުގެ ފާނުގެ ދަރިފުޅު އަކީވެސް ނުބައިމީހެއް،،އިބްރާހިމް ގެ ފާނުގެ ވާހަކަ އިގިފަ ދޯ އޮތީ...ސާބިތު ނުވާ ވާހަކަ ތަކެއް މީގާ ހުރީ..

ކޮންމެމީހަކުވެސް އެމީހެއްތާއީދު ކުރާމީހަކަށް ވޯތެއްހޯދޭތޯ މަސައްކަތް ކުރާނެކަމައް ގަބޫލުކުރަންވާނެ، އެކަމަކު މަ ދެކޭގޮތުގަ ހިތާދޫގަ އެމްޑީޕީ މީހުން ފިޔަވައި ކެންޕެއިން ކޮށްގެން ވޯޓުހޯދަން މަސައްކަތްކުރާ ބަޔަކު އުޅޭކަމަކަށް ގަބޫލެއްނުކުރެވެ. ތިބުނާ އަދާލަތުން ދޯ މައުމޫން ބަކަމޫނާ ދިމާލައްހަޅޭލަވަމުން ރޮވިފަބުނީ މިވަރުމީހަކަށް ވޯޓުލާން ހެޔޮވެސްނުވާނޭ، ދެން މިހާރު ކޮންމަޔައެއްވެގެން އެތެޅެއަރުވަނީ..........

ދީނާ ގައުމަށްޓަކައި އަދާލަތުން އެޅުއްވި އެންމެ މުހިއްމު ފިޔަވަޅުކަމަށްވާނީ

marian

މައުމޫން ރަނގަޅުވަަހަކައެއް ނޫނެވެ. ނަމަވެސް މައުމޫން ކުރި ކަންތަކުގެ ވާހަކަ ދެއްކުމުން. ނަޝީދު ކުރި ކަންތަޢް ފުހެވިގެނެއް ނުދާނެކަން ހަނދާން ކުރާށެވެ. އާމިރުމެން ވަކި ބަޔަކަށް ތާއިދު ހޯދުމަށް މަސައްކަތް ކުރިޔަސް ތިޔައި ދެން ބޮޑުވަރެކެވެ.