ދީނަށްޓަކައި ޤައުމަޓަކައި ކޮންމެ ކަމެއްވެސް ކުރުން ހުއްދަތޯ؟

ލިޔުނީ: ޢާމިރު ޢަބްދުއްލަތީފު | 05 ނޮވެންބަރ 2013

އިސްލާމް ދީނަކީ ދީނަށްޓަކައި ކޮންމެ ކަމެއްވެސް ކުުރުން ހުއްދަކުރައްވާފައި ދީނެއްތޯ މިއީ ހަމަގައިމުވެސް މިއަދު ސިޔާސީ މަޝްރަޙު ދިރާސާ ކުރާ ކޮންމެ މީހެއްގެ ހިތުގައި އުފެދޭނެ ސުވާލެކެވެ. އިސްލާމްދީނަކީ އަރަބިބަސް ދަންނަ ކޮންމެ މީހަކުވެސް އެމީހަކު ބޭނުންވީމާ ބޭނުންގޮތަަކަށް ބަދަލު ކުރެވޭ އެއްޗެއްތޯ މިވެސް އުފެދޭ ސުވާލެކެވެ.

އާދެ! ދަންނަވަން ޖެހެނީ އިސްލާމްދީނަކީ މާތްﷲ އެންމެހާ އިންސާނުންނާ ޖިންނީންނަށް އެބައިމީހުންގެ އުޅުމާއި ގުޅުން ބައްޓަންވީ ގޮތް އަންގަވައި ދެއްވުމަށް އެކަނލާންގެ ނަބިއްޔާ އަދި ރަސޫލާ މުޙައްމަދުއް ޞައްލައްﷲ އަލައިހި ވަސައްމަ މީގެ ސާދަސައްތަ އަހަރު ކުރިން އިސްލާމް ދީން އުގަންނައި ދެއްވުމަށް ފޮނުއްވައި ބާވާލެއްވި އަކަލާންގެ އިލާހީ ދީނެވެ. މިއުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު ރަސޫލު ޞައްލަށްﷲ ޢަލައި ވަސައްލަމަ ސުވަރުގެ ވަޑައިގެންނެވީ އިސްލާމް ދީން ފުރިހަމަށް އުގަންނައި ދެއްވުމަށް ފަހުގައެވެ. އަދި އެކަލާގެ ފާނަކީ ނަބީކަމާއި ރަސޫލުކަން ޚަތިމް ކުރެއްވި މާތްސާހިބާއެވެ. އެކަލޭގެފާނަށްފަހު ރަސޫލަކު އަދި ނަބިއްޔަކު ނުފޮނުއްވާނެއެވެ.

ކީރިތި ޤްރުއާނާއި ރަސޫލާގެ ސުންނަތަކީ އެއްވެސް އިންސާނަކަށް އެއަށް ގޮންޖަހާ ނުލެވޭނެ އަދި މިއަދުގެ ސައިންވެސް އެކަން ޘާބިތު ކޮށްދީފައިވާ ފުރިހަމަ މުޢްޖިޒާތެކެވެ.


ކަންމިހެން ހުރި ނަަމަވެސް މިއަދު މި ދިވެހި މުޖުތަމަޢުން ފެންނަނީ ކޮންކަމެއްބާވައެވެ؟ އިސްލާމްދީނުގެ ނަމުގައި ތަފާތު އެއްތަށް ސިޔާސީ ޖަރީމާއެއް ހިންގާތަނެވެ. ދީން ސިޔާސީ ހަތިޔާރަކަށް ހަދައި އެމީހެއްގެ ހިތުހުރި ގޮތަކަށް ކަންތައްތަށް ކުރަމުން ގޮސް އެެންމެފަހުން އެކުރާކަމަކީ ދީނަށްޓަކައި ކުރާކަމަށް ހަދަމުންދާތަނެވެ. މާތްވެގެންވާ އިސްލާމް ދީނުގެ ޢިލްމުވެރިންގެ ނަމުގައި ޢިލްމުވެރިންގެ ތާޖު އަޅުއްވައިގެން ފާޅުގައި ދީނާ އިދިކޮޅަށް ފަތުވާނެރި އެބައެއްގެ ޕާޓީއަށް ފަހިވާގޮތަށް ދީނީ ޙުކުމްތައް ނެރެމުންދާތަން މިމުޖުތަމަޢުން މިދަނީ ފެންނަމުންނެވެ. ދެއިރު ދެދަޅަައަށް ދެގޮތަށް ދީނީ ޙުކުމްތައް ނެރެމުންނެވެ. ޕާޓީބަދަލުވުމުންވެސް ވަނީ ހަމަމިގޮތަށެވެ. އެއްދުވަހު އެކަކަށް ވޯޓުލުން ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމްވެގެން ދެއެވެ. އެނެއްދުވަހު ވޯޓުލުން ވާޖިބުވި ފަރާތް ގޯސްވެފައި މިދެންނެވި ޢިލްމުވެރިންގެ ތާޖުގައި ތިއްބަވާ ބޭފުޅުން ގުޅިވަޑައިގަންނަވާ ކެނޑިޑޭޓަށް ވޯޓުނުލާ ކޮންމެ މީހަކީ ލާދީނީ މީހަކަށް ވާނެކަމަށް ފަތުވާ ނެރުއްވައެވެ. އެންނަމަވެސް ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގެންނެވީ އިސްލާމްދީން ފުރިހަމަައަށް އުގަންނައިދެއްވުމަށް ފަހުގައެވެ. މިހާތަނުން އުފެދޭ ސުވާލަކީ ދީނަށްޓަކައި ދެފަހުރު ދެގޮތަށް ވޯޓުލާން ވިދާޅާއިރު އެބޭފުޅުންނަށް އަލުން ދީނީ ޙުކުމްތަކެއް ބާވާލެއްވީތޯއެވެ؟ ނުވަތަ އިސްލާމްދީނުގެ ޙުކުމްތައް އޮޅުވާ ލެއްވީތޯއެވެ؟

އިސްލާމްދީނުގައި މާތްﷲ ޙަރާމް ކުރެއްވި ހުރިހާކަމެއް ޙާރަމް ކުރައްވާފައިވަނީ މުސްލިމުންގެ މައްޗަށެވެ. ކޮންމެ ތަނެއްގައި ހުރެގެންވިޔަސް ޙަރާމްކަމެއް ކުރާމީހާ ފާފަވެރިވާނެއެވެ. ކީރިތި ޤުރުއާނުގައި ﷲ ވަޙީ ކުރައްވާފައިވަނީ ރިބާ ކާމީހާ އާއި ލިޔާމީހާއި މިމުޢާމަލާތުގައި ޝާމިލްވާ ހުރިހާ އެންމެންނަނީ ފާފަވެރިވުމުގައި ހަމަހަމަބައެއްކަމަށެވެ. ރާބުއިމާ ރިޝްވަތު ދިނުމާއި ހިފުންވެސް ވަނީ މިފަދައިންނެވެ.

ދީނީ ތާޖު އަޅުއްވައިގެން ހުރި ޝެއިޚުން ނުކުމެ އެއްބަޔަކީ ލާދީނީ މީހުންނޭ ގޮވާ އިސްލާމްދީން ޙިމާޔަތް ކުރުމަށްޓަކައި އެމީހުންނަށް ވޯޓުނުދިނުމަށް ގޮވާލުމަށްފަހު ދީނަށްޓަކައި ގައުމަށްޓަކައި ވޯޓުދޭންވީ މީހުންނަކީ ކޮންބައެކަށް ކަންވެސް ބުނަމުންދެއެވެ. ދީނަށްޓަކައި ވޯޓުލުން ވާޖިބުވާ މީހުންގެ ސިފަތައް ކޮންމެވެސް ވަރަކަށް ހާމަކޮށްލަން ގަސްދުކުރަމެވެ.

ދިވެރި ރައްޔިތުންނަށް އެނގި ފާޅުވެންވާ ކަމަކީ ދީނަށްޓަކައި ވޯޓުލާންވީ މީހުންނަކީ މާތްﷲ ޙަރާމް ކުރެއްވި ރަލާއި އޫރުމަސް ވިއްކާ އެއިންފައިދާ ހޯދައި ގައުމުގައި އެންމެ ގިނައިން ފާޙިޝް ޢަލަމުތައް ހިންގަމުންދާ މަސާޖު ކުރާތަންތަން ހިންގާ އެންމެ ގިނައިން ނިކަމެތިންގެ ޙައްޤުތަކަށް އަރައިގަނެ އެމީހެއްގެ މުވައްޒަފުންނަށް އެންމެ ގިނައިން ޖިންސީގޯނާ ކުރާކަަމަށް އަޑުފެތުރިފައިވާ އެންމެ ގިނައިން ރިޝްވަރު ދީއުޅޭ އަދި ކެމްޕެއިން ޙަފުލާތަކުގައި ރޯބަރަހަނާކޮށް އަންހެން ކުދިންލައްވާ ބިޔަކާނުލާ ނާޗަރަންގީ ކުޅުއްވައި ދިިވެހިންގެ ތެރޭއިން އިސްލާމް ދީން ނައްތާލުމަށް ޙައްޤު ގޮތުގައި ތިއްބެވި ދީނީ ޢިމްމުވެރިން އުލުބޭންދި މީހުންނަށެވެ. އިސްލާމް ދީނަށްޓަކައި މިއަދު ދިވެހިން ވޯޓުލާންވީ މާތްﷲ ޙަރާމްކުރެއްވި ބަޣާވާތް ކުރިމީހުންނަށެވެ.

މިފަދަ ބަޔަކަށް ވޯޓުލުމަކީ އިސްލާމް ދީނަށްޓަކައި އިސްލާމް ދީން ޙިމާޔަތް ކުރެއްވުމަށް ކުރެވޭނެ ކަމެއްތޯ މިއަދު ދިވެހި ކޮންމެ ދަރިޔަކުމެ ވިސްނާލުން މުޙިންމެވެ. ތިމާގެ ދަރިންގެ ކުރިމަގު ބިނާކުރުމަށް ދެވޭ އެއްޗަށް ވޯޓު ހެދުމަށްޓަކައި މާޒީން ޢިބްރަތްތެރި ފިލާވަޅުތައް ލިބިގަނެ ދީނާ ޤައުމަށްޓަކައި ކުރަންބުނާ ކަމަކީ ހަމަ ޙަޤީގަތުގައިވެސް ދީނާ ގައުަމަށް އިޚްލާޞްތެރިވެ ހުރެ ބުނާއެއްޗެއްތޯ ރަނގަޅަށް ވިސްނާލާށެވެ. އިސްލާމްދީނުގެ ޝިޔާރު އެބޭނުން ކުރަނީ ސީޔާސީ ބޭނުމަކަށްޓަކައިތޯ ރަނގަޅަށް ވިސްނާލާށެވެ.

މާތްﷲ އަޅަމެން އެންމެނަށް ނުބައިނުލަފާ މުޖުރިމުން ދެނެގަތުމުގެ ހެޔޮ ވިސްނުން ދެއްވާށި! އާމީން.


ކިޔުންތެރިންގެ ޚިޔާލު...


ނަން :


Mary

އެއީ ތެދެއް އާމިރުަ ތިވަރަށް ފޭސްބުކަށް ވަންނައިރު ނުފެނުނީތަ ޕީޕީއެމްގެ ޖަގަހަ ހުޅުވިރޭ ފިސާރި އޮރިޔާމުން ނެށިކުއްޖާގެ ފޮޓޯ؟ އެފޮޓޯ މިއަށްވުރެ މާގުޅޭނެކަން ހަމަ ޢާމިރަށްވެސް އެނގޭނެ!
ލިޔުމަށް ބުނެވޭނީ ވަރަށް ރިއަލްއޭ! ސާބަސް ތިކުރާ ހިއްވަރަށް

އާމިރުއަށް މިނޫން ފޮތޯއެއް ނުފެނުނީތަ؟

މުހްސިން

"ކީރިތި ޤްރުއާނާއި ރަސޫލާގެ ސުންނަތަކީ އެއްވެސް އިންސާނަކަށް އެއަށް ގޮންޖަހާ ނުލެވޭނެ އަދި މިއަދުގެ ސައިންވެސް އެކަން ޘާބިތު ކޮށްދީފައިވާ ފުރިހަމަ މުޢްޖިޒާތެކެވެ." މިކަން އާމިރުަ އަށް ވިސްނުނީތީ އަލްޙަމްދުލިﷲ. އަދި މިކަން ގަބޫލްނުކޮށް މިއަށްވުރެ ރަނގަޅު އެހެން ގޮތެއް ހޯދަން އުޅޭ މީހެއްގެ ފަހަތުން އޭނައަށް ސަޕޯޓްކޮށް އޭނަގެ ފަހަތުން އުޅޭ މީހަކު މިފަދަ ލިޔުމެއް ލިޔުމުން، މިލިޔުން ލިޔުމުގެ މަގްޞަދަކީ ކޮބާކަމާމެދު ސުވާލު ނުއުފެދޭނެތޯ؟