މާތް ﷲ އަށް ބިރުވެތިވެ އެކަލާނގެ ރަޙުމަތަށްއެދުން.

| 24 އޮކްޓޯަބަރ 2013





ދުނިޔޭގައި އުޅެމުންދާއިރު، އަބަދުވެސް މާތް ﷲ އަށް ބިރުވެތިވެ އެކަލާނގެ ޙަޟުރަތުން ރަޙުމަތަށް އެދެންވާނެއެވެ. އެކަލާނގެއަށް އުރެދިއްޖެނަމަ، ހުރި ޢަޛާބަކަށް ބިރުވެތިވެ، އެންގެވި ގޮތަށް ޢަމަލުތައް ބެހެއްޓުމުން، ލިބިގެންދާނެ ޘަވާބަށް އުންމީދު ކުރަންވާނެއެވެ. ތިމާގެ ހިތަށް ބިރުވެރިކަން ވަންނާނީ، އެކަލާނގެ އެންގެވި ގޮތަށްއުޅެ ގެންނެވެ. ﷲއަށް އުރެދޭ މީހުން އެކަލާނގެ ޢަޛާބުން ތިމާމެންނަށް ލިބިދާނެކަމަށް ބިރުވެތިވާންވާނެއެވެ. އެހެންކަމުން އެ ޢަޛާބުން ސަލާމަތްވުމަށްޓަކައި ތިމާ ސީދާވެގަތުމަކީ ވަރަށްވެސް ބޭނުންތެރިކަމެކެވެ.

ﷲއަށް ބިރުވެތިވުމުގެ މާނައިގައި ވަރަށްގިނަ ކަންތަކެއް ވެއެވެ. އެކަލާނގެ ކަށަކުޅަދުންވަންތަކަމަށް ބިރުވެތިވުމެވެ. ނަރަކައިގެ އަލިފާނަށް ބިރުވެތިވުމެވެ. ޞިރާޠުމަގާއި އެމަގުގެ ހަނިކަމާއިމެދު ބިރުވެތިވުމެވެ. މީގެ އިތުރުން އެމަގުން ނުވެއްޓި ހިނގައިފައި ތިމާއަށް ދެވިދާނެތޯ އާއި، ތިމާގެ މަންޒިލަކީ ނަރަކަތޯ ނުވަތަ ސުވަރުގެތޯ ހިތަށް ގެނެސް އެކަމުގެ ބިރުވެރިކަން އަބަދުވެސް ހިތުތެރޭގައި ބޭއްވުމެވެ.

ﷲއަށް ބިރުވެތިވުމާ ބެހޭގޮތުން ކީރިތި ޤުރުއާނުގައި ވަރަށް ގިނަ އާޔަތްތައް ވާރިދުވެފައިވެއެވެ. މި އާޔަތްތަކުގެ ތެރޭގައި އެކަލާނގެ ޛާތުފުޅަށް ބިރުވެތިވުމަށް އަންގަވަމުން ވަޙީކުރައްވާފައިވެއެވެ. "وَإِيَّايَ فَارْ‌هَبُونِ" (سورة البقرة:40) މާނައީ: ތިމަންރަސްކަލާނގެއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ!" "وَيُحَذِّرُ‌كُمُ اللَّـهُ نَفْسَهُ ۗ " (سورة آل عمران: 28) މާނައީ: "އަދި، اللَّه އެކަލާނގެ عقاب އަށް ތިޔަބައިމީހުން ބިރުވެތި ކުރައްވަތެވެ." "إِنَّ بَطْشَ رَ‌بِّكَ لَشَدِيدٌ" (سورة البروج: 12) މާނައީ: "ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހިއްޕަވާ ހިއްޕެވުމަކީ، ގަދަފަދަވެގެންވާ ހިއްޕެވުމެއްކަން ކަށަވަރެވެ." " وَكَذَٰلِكَ أَخْذُ رَ‌بِّكَ إِذَا أَخَذَ الْقُرَ‌ىٰ وَهِيَ ظَالِمَةٌ ۚ إِنَّ أَخْذَهُ أَلِيمٌ شَدِيدٌ ﴿١٠٢﴾ إِنَّ فِي ذَٰلِكَ لَآيَةً لِّمَنْ خَافَ عَذَابَ الْآخِرَ‌ةِ ۚ ذَٰلِكَ يَوْمٌ مَّجْمُوعٌ لَّهُ النَّاسُ وَذَٰلِكَ يَوْمٌ مَّشْهُودٌ ﴿١٠٣﴾ وَمَا نُؤَخِّرُ‌هُ إِلَّا لِأَجَلٍ مَّعْدُودٍ ﴿١٠٤﴾ يَوْمَ يَأْتِ لَا تَكَلَّمُ نَفْسٌ إِلَّا بِإِذْنِهِ ۚ فَمِنْهُمْ شَقِيٌّ وَسَعِيدٌ ﴿١٠٥﴾ فَأَمَّا الَّذِينَ شَقُوا فَفِي النَّارِ‌ لَهُمْ فِيهَا زَفِيرٌ‌ وَشَهِيقٌ ﴿١٠٦﴾ " (سورة هود: 102-106) މާނައީ: "ރަށްތަކުގެ أهل ވެރިން އަނިޔާވެރިވެގެންވާ حال، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެ ރަށްތައް ހިއްޕަވާހިނދު، އެކަލާނގެ ހިއްޕެވުންއޮތީ، އެފަދައިންނެވެ. ހަމަކަށަވަރުން، އެކަލާނގެ ހިއްޕެވުމަކީ، ވޭންދެނިވި، ގަދަފަދަ ކަމެކެވެ. (102) ހަމަކަށަވަރުން، آخرة ގެ عذاب އަށް ބިރުވެތިވެއްޖެ މީހާއަށް އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ. އެއީ އެދުވަހަށްޓަކައި މީސްތަކުން އެއްކުރައްވާނޭ ދުވަހެކެވެ. އަދި އެއީ (އެންމެން) ދެކޭނޭ ދުވަހެކެވެ. (103) އަދި عدد ކުރައްވާފައިވާ މުއްދަތަކަށް މެނުވީ، ތިމަންރަސްކަލާނގެ އެދުވަސް ފަހެއް ނުކުރައްވަމެވެ. (104) އެދުވަސް އައުމުން، އެކަލާނގެ إذن ފުޅާއެކުގައި މެނުވީ، އެއްވެސް نفس އަކަށް ބަހެއްވެސް ނުބުނެވޭނެތެވެ. ފަހެ، އަބާއްޖަވެރިންނާއި، ބާއްޖަވެރިން އެއުރެންގެ ތެރެއިންވެއެވެ. (105) ފަހެ، އަބާއްޖަވެރިވި މީހުން ދަންނާށެވެ! ފަހެ، އެއުރެން ވާހުށީ، ނަރަކައިގައެވެ. އެއުރެން ބޭރަށްލާ ނޭވާގެ ގަދަ އަޑާއި، އެތެރެއަށްލާ ނޭވާގެ އަޑު އެތާނގައި ހުންނާނެތެވެ. (106)"

މާތް ﷲ ގެ ޢަޛާބަށް ބިރުވެތިވުމަށް އެންގެވުމުގެ އިތުރުން ޢަޛާބުގެ ވައްތަރުތައްވެސް ވަނީ ކީރިތި ޤުރްއާނުގައި ސިފަ ކުރައްވައިފައެވެ. ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. " هَـٰذَانِ خَصْمَانِ اخْتَصَمُوا فِي رَ‌بِّهِمْ ۖ فَالَّذِينَ كَفَرُ‌وا قُطِّعَتْ لَهُمْ ثِيَابٌ مِّن نَّارٍ‌ يُصَبُّ مِن فَوْقِ رُ‌ءُوسِهِمُ الْحَمِيمُ ﴿١٩﴾ يُصْهَرُ‌ بِهِ مَا فِي بُطُونِهِمْ وَالْجُلُودُ ﴿٢٠﴾ وَلَهُم مَّقَامِعُ مِنْ حَدِيدٍ ﴿٢١﴾ كُلَّمَا أَرَ‌ادُوا أَن يَخْرُ‌جُوا مِنْهَا مِنْ غَمٍّ أُعِيدُوا فِيهَا وَذُوقُوا عَذَابَ الْحَرِ‌يقِ ﴿٢٢﴾" (سورة الحج: 19-22) މާނައީ: " މިއީ، އެއުރެންގެ ވެރިރަސްކަލާނގެއާމެދު ދެބަސްވީ ދެ خصم ންނެވެ. (އެބަހީ: مؤمن ންނާއި كافر ންނެވެ.) ފަހެ، كافر ވި މީހުންނަށް އަލިފާނުގެ ފޭރާންތަކެއް ތައްޔާރު ކުރައްވާފައިވެއެވެ. (އަދި) އެއުރެންގެ ބޯތަކުގެ މައްޗަށް ކެކިކެކިހުރި ހޫނުފެން އޮއްސަވާހުށްޓެވެ. (19) އެއިން އެއުރެންގެ ބަނޑުތަކުގައިވާ ތަކެއްޗާއި ހަންތައް ވިރުވާހުށްޓެވެ. (20) އަދި އެއުރެންނަށްޓަކައި، ދަގަނޑު ޗާބޫކުތަކެއް ވެއެވެ. (21) އެއުރެންނަށް ލިބޭ ވޭނެއްގެ ގަދަކަމުން، އެތަނުން އެއުރެން ނުކުންނަން އުޅެފި ކޮންމެހިނދެއްގައި، އަލުން އެތަނަށް إعادة ކުރައްވާ ހުށްޓެވެ. އަދި (އެއުރެންނަށް އަންގަވާނެތެވެ.) ނަރަކައިގެ އަލިފާނުގެ عذاب ގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ! (22)" " انطَلِقُوا إِلَىٰ مَا كُنتُم بِهِ تُكَذِّبُونَ ﴿٢٩﴾ انطَلِقُوا إِلَىٰ ظِلٍّ ذِي ثَلَاثِ شُعَبٍ ﴿٣٠﴾ لَّا ظَلِيلٍ وَلَا يُغْنِي مِنَ اللَّـهَبِ ﴿٣١﴾ إِنَّهَا تَرْ‌مِي بِشَرَ‌رٍ‌ كَالْقَصْرِ‌ ﴿٣٢﴾ كَأَنَّهُ جِمَالَتٌ صُفْرٌ‌ ﴿٣٣﴾ وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ﴿٣٤﴾" (سورة المرسلات: 29-34) މާނައީ: "(އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން ދޮގުކޮށްއުޅުނު ކަންތަކަށް ތިޔަބައިމީހުން ހިނގައިދާށެވެ! (29) ތިންކަތްޕަށް ކަފިވެފައިވާ ހިޔަންޏެއްގެ ތެރެޔަށް (އެބަހީ: ނަރަކައިގެ އަލިފާންގަނޑުގެ ދުމުގެ ތެރެޔަށް) ތިޔަބައިމީހުން ހިނގައިދާށެވެ! (30) (އެއިން) ހިޔަލެއްވެސް ނުދެތެވެ. އަދި ހުޅުގަނޑުގެ ހޫނުން ސަލާމަތްކޮށެއްވެސް ނުމެދޭމެއެވެ. (31) ހަމަކަށަވަރުން، ބޮޑެތި ގަނޑުވަރުފަދަ ކަނިތައް، އެ ހުޅުގަނޑު އުކައެވެ. (32) އެ ކަނިތައް، ރީނދޫކުލައިގެ جمل ތަކެއް ފަދައެވެ. (33) ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ. (34)"
މަސްދަރު: http://islaameenoor.com/1161 މިއީ އިސްލާމީ ނޫރުސައިޓުގައި މޫސާ އަންވަރު ޙަސަން ލިޔުމެކެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :