އަހަރެންނަކީ ...

ލިޔުނީ : ލިޒޫ | 22 އޮކްޓޯބަރ 2013





އަހަރެން ފެންނައިރަށް ކޮންމެ މީހަކުވެސް ވަރަށް ޝައުގުވެރިކަމާ އެކު ބާލާލާނެ އެވެ. ހާއްސަކޮށް ކުޑަކުދިންނެވެ.ދެނަފެންނާނީ މޫނުކުނިކޮށް ނޯއްދަމާލަން ނުކެރިގެން އުޅޭ ތަނެވެ. ހިނގާ ބިނގާވެ އުޅޭ މީހުންނާއި އަހަރެންގެ ނަސްލުގެ އެހެން އެއްޗެހި އުޅެނީ އަހަންނާ ވީހާވެސް ދުރުންނެވެ.މި ކަމުގެ ސަބަބުން އެކަނިވެރިކަމާއި ހިތްދަތިކަން އަބަދުވެސް އިހުސާސްވެއެވެ.

އަނެއްކާވެސް ދެމީހަކު އައިސް އެއެއްލާލީ ނެޕީކޮތަޅުތަކާއި ކުނި ކޮތަޅުތަކެކެވެ. އަހަރެންގެ މި ލޫޅާފަތި ހަށިގަނޑުގެ މައްޗަށެވެ. މިފަދަ އެތަކެއް އެއްޗެހި އެކިދުވަސް މަތިން އިންސާނުން އަހަރެންގެ ހަށިގަނޑު މައްޗަށް އަޅައެވެ.މިތަކެތި އެއެއްޗެހީގެ މަންޒިލަށް ގެންގޮސްދީފައި އައިސް ކިރިޔާ ހަމަޖެހިލާއިރަށް އަނެއްކާވެސް ކުނިއަޅަން ފަށާނެއެވެ. މިކަމާހެދި އަހަރެންގެ ގައިގައި އަބަދުވެސް ހުނަނަނީ ކުނިވަސް ހިފައިފައެވެ. އަހަރެން ދުނިޔެއަށް އުފަންވީއްސުރެ މިއުޅެނީ މިފަދަހާލެއްގައެވެ.


އެމީހުންގެ ރަނގަޅު ފަރާތެއްވެސް ހުރެއެވެ. ބަލިވުމުން ވަރަށް ރަނގަޅަށް ބޭސް ކޮއްދޭނެއެވެ. ނަމަވެސް ހަމަ ރަނގަޅު ވާއިރަށް ކަންތަކާ ޖެހުނީއެވެ. އަހަންނަށް ބޭސް ކުރާހެން ފެންވަރުވާލާ ރީތިކޮއްލާ، މީރުވަސް ދުވާ ސެންޓެއް ޖަހާލަދޭނެ ނަމައެވެ. ދަބަރުޖަހާފައިވާ ހުޅު ތަކުގައި ތެޔޮދަމާދޭ އިރު މުޅި ގައިގައި ތެޔޮފޮދެއް އުނގުޅާލަ ދިނުން ކީއަތޯއެވެ! ސުބުޙާނައް ﷲ އެވެ! މިހާރު އުމުރުން ދުވަސް ވެފައި ވުމުން ގައިބާރު ދެރަހެންވެސް ހީވެއެވެ. ނަމަވެސް އުފުލަން ޖެހޭބަރު މިވަނީ ކުރިޔަށްވުރެ ބަރުވެފައެވެ.

މިހާރު ކުރިންދާހާ ބާރަކަށްވެސް ނުދެވެއެވެ. އަހަރެން މިއުޅޭ ހަލު ފެނުމުން ބަރު ލުއި ކޮށްދޭން ހިތަށްވެސް ނާރާހެއްޔެވެ؟ ނޫނީ ވަޒީފާއިން ވަކިކޮށް ޕެންޝަން ދޭން ފަށަން ވީނު ނޫންހެއްޔެވެ؟


ކިޔުންތެރިންގެ ޚިޔާލު...


ނަން :


މިއީ ކޮން ލިޒޫއެއްތަ