ބ.ހިތާދޫ ކައުންސިލް

ބަދަލު ތަކެއް ގެންނަން ޔައުމިއްޔާ ފާސްކުރުން ލަސްކޮށްފި

ހިތާދޫ އޮންލައިން | 09 ޖޫން 2021





ހިތާދޫ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ ތިންވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން ލަސްކުރުމަށް މިއަދުގެ ޖަލްސާޢިން ފާސް ކޮށްފިއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާސަތުން ވިދާޅުވީ ދިމާވި މައްސަލަ އަކާއި ގުޅިގެން ކުރީ ޖަލްސާގެ ޔައުމިއްޔާ ފާސްކުރަން ލަސްކުރުމަށް ފެންނަ ކަމަށެވެ، އެގޮތުން ކައުންސިލުން ވަނީ ޔައުމިއްޔާ ފާސް ކުރުން ލަސްކުަރުން ނިންމާފައެވެ.

ހިތާދޫ އޮންލައިން އަށް އެނގިފައިވާ ގޮތުން ޔައުމިއްޔާ ފާސްކުރުން ލަސްކުރަން އުޅެނީ ޔައުމިއްޔާއަށް ބަދަލުތަކެއް ގެންނަން ވެގެންނެވެ. އެގޮތުން މެންބަރު އައިޝަތު ރީޝާ ކުރީގެ ޖަލްސާގައި އައްޑޫ ސިޓީ ކައުންސިލަށް ނިސްބަތްވާތޮަށް ދެއްކެވި ވާހަކަތަކަށް ބަދަލު ގެންނަން މަސައްަކަތް ކުރުން ހިމެނެއެވެ.

އެޖަލްސާގައި ރީޝާ ވަނީ ޖަލްސާތައް ލައިވް ކުރުމަކީ ފޮނި ކެނޑުމާއި ބޮޑާކަން ދެއްކަުން ކަމަށް ސިފަކުރެވޭ ކަމަށް ވިދާޅުވެފައެވެ. އަދި ހަަމަ އެކަނި ލައިވް ކޮށްފައި ވަނީ އައްޑީ ސީޓީން އެކަނިކަަމަށް ވިދާޅުވެފައެވެ. އަދި ލައިވް ކުރުމުން ކައުންސިލު މެންބަރުންގެ އަބުރާ އިއްޒަތާ ކަރާމާތަށް އުނިކަން އަންނާނެކަމަށްވެސް އެޖަލްސާގައި މެންބަރު ރީޝާ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :