ކަމަދޫ ޑައިވުން ހިންގި ޑައިވް މާސްޓަރ ކޯސް ނިމިއްޖެ

ހިތާދޫ އޮންލައިން | 05 ޖޫން 2021





ބ. ކަމަދޫގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކަމަދު ޑައިވް އެންޑް ވޯޓަރ ސްޕޯޓްއިސް އިން ހިނގި " ޕަޑި ޑައިވް މާސްޓަރސް " ކޯސް ކާމިޔާބު ކަމާއި އެކު ނިންމާލައިފިއެވެ.

މިކޯހުގެ ބައިވެރިންނަށް ކިޔަވައި ދެއްވީ ތަޖުރިބާ ކާރު ބޭފުޅެއް ކަމަށްވާ ކަމަދޫ ޑައިވްގެ ޕަޑީ އިންސްޓްރަކްޓަރ ޢަލީ ޝަފީގެވެ.

ކަމަދޫ ޑައިވްއިން ބުނީ މި ޑައިވް ކޯސްތަކަކީ ޕްރޮފެޝަނަލް ސްޓޭންޑަޑަށް ހިންގާ ކޯސް ތަކެއް ކަމަށެވެ. މީގެ ތެރޭގައި ޕަޑީ އޯޕަން ވޯޓަރ ޑައިވް ކޯސް ޕަޑީ އެޑްވާންސް އޯޕަން ވޯޓަރ ޑައިވް ކޯސް އިމަރޖަެންސީ ފަސްޓް ރެސްޕޯންސް ޕްރައިމަރީ އެންޑް ސެކަންޑަރީ ކެއަރ އިއެފް އާރު ޕަޑީ ރެސްކިއު ޑައިވް ކޯސް އެންޑް ޕަޑީ މާސްޓަރ ކޯސް އަދި މީގެ އިތުރުން ޕަޑީ ޑައިވް ސްޕެޝަލިޓީ ކޯސްތައްވެސް ހިމެނޭ ކަމަށެވެ.

ރާޢްޖޭގެ އުތުރުގައި ސެޓިފައިޑް ޑައިވާސް އެންމެ ގިނައީ ބ. ކަމަދޫގައި ކަމަށާޢި މިއީ 2020 އިން 2021 އާ ދެމެދު ކަމަދޫ ޑައިވްއިން ހިންގި ކޯސްތަކުގައި ބ. ކަމަދޫގެ ޒުވާނުން ކިޔަވަން ފެށުމުގެ ނަތީޖާކަމަށް ކަމަދޫ ޑައިވްއިން ބުނެއެވެ.

ކަމަަދޫ ޑައިވް އަކީ ކަމަދޫގައި ފަތުރުވެރި ކަމަގުެ ސިނާޢަތުގައި ގިނަ މަސައްކަތް ތަކެއް ކަރުމުންދާ ޑައިވް ސެންޓަރެކެވެ. މީގެ ތެރޭގައި ކަމަދޫގެ ފަރު ސާފު ކުރުމާއި މުރަކަ އާލާކޮށް ދިރުވުމާޢި ޑައިވް ކުރަން ދަސް ކޮށްދިނުން އަދި މޫދު ކުޅިވަރު ހިމެނެއެވެ.

ކަމަދޫ ޑައިވް އިން ބުނީ ބ. އަތޮޅުގައި ޑައިވް ކޯސް ހަދަން ޝައުގު ވެރިވާ ބޭފުޅުންނަށް އަބަދުވެސް ކަމަދޫ ޑައިވުން މަރުހަބާ ކިޔާނެ ކަމަށާޢި ބައޮސްފިޔަރ ރިޒާވް ބ. އެޓޯޅް ހަނިފަރު ބޭ ސްނޯކްލިން ލައިސަންސިން ކޯސް ހެދޭނީ ޑައިވް މާސްޓަރ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.

ކަމަދޫ ޑައިވް އިން ބުނީ ބ. އަތޮޅުގައި ޑައިވް މާސްޓަރސް އަދި ޑައިވް އިންސްޓްރަކްޓަރސް މިވަގުތަށް ވަރަށް މަދު ކަމަށާޢި ކަމަދޫ ޑައިވްގެ އުންމީދަކީ ޕަޑީ އައި ޑީސީ އިންސްޓްރަކްޓަރ ޑިވެލޮޕްމަންޓު ކޯސް ހިންގުމާޢި ޑައިވް އިންސްޓްރޓަރުން ކަމަދޫގައި ތަމްރީން ކުރުން ކަމަށެވެ.

ބ. ކަމަދޫ އަކީ ގިނަ އަދަދެެއްގެ ގެސްޓު ހައުސްތައް ހިނގާ އަދި އިތުރު ގެސްޓު ހައުސް އަޅަމުންދާ ވަށައިގެން ދޮންވެލި ބީޗެއް ލިބިގެންވާ ފެހިކަން ގަދަ ހޭޅިއެއް ލިބިގެންވާ ހިތްގައިމު ރަށެވެ. އަދި ރަށުގެ ވަށައިގެންވާ ފަރަކީ ރީތި ގުދުރަތީ ދިރުންތައް ގިނަ ފަރެއް ލިބިގެންވާ ސްނޯކްލިންގ އާއި ޑައިވް ކުރުމަށް ވަރަށް ހިތްފަސޭހަ މަންޒިލެކެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :