ކޭސްތައް މަދުވެފައި ވަނިކޮށް އޭދަފުށިން އިތުރު 4 މީހަކު ޕޮޒިޓި ވްވެއްޖެ

ހިތާދޫ އޮންލައިން | 03 ޖޫން 2021

ބ. އޭދަފުށިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައި ވަނިކޮށް އިއްޔެ އަނެއްކާވެސް އިތުރު ހަތަރު މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ރޭ އެންމެ ފަހުން އާންމުކުރި ކޮވިޑާ ގުޅޭ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެ ނެގި 13 ސާމްޕަލްތަކުގެ ތެރެއިން 4 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މި ވަގުތު އޭދަފުށީގައި ކޮވިޑް ޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދަކީ 44 އެވެ. މިހާތަނަށް 287 މީހަކު ޕޮޒިޓިވްވެފައިވާއިރު މީގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ 241 މީހެކެވެ.

އޭދަފުށީ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކޮށްގެން މިހާރު ފަރުވާދެނީ އަށް މީހަކަށެވެ.

ކޮވިޑާ ގުޅިގެން މިދިޔަ އޭޕްރިލް މަހުގެ 19 އިން ފެށިގެން އޭދަފުށި މޮނިޓަރިންގެ ހާލަތުގައި އޮތް އިރު ޖުމުލަ 2185 ސާމްޕަލް ނަގާފައިވެ އެވެ.

އޭދަފުށީގައި މިހާރު އަންނަނީ ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ވެސް ހިންގަމުންނެވެ


ކިޔުންތެރިންގެ ޚިޔާލު...


ނަން :