އޭދަފުށި ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެ

ހިތާދޫ އޮންލައިން | 01 ޖޫން 2021

ކޮވިޑް ޖެހިގެން އޭދަފުށީ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި މީހަކު ނިޔާވެއްޖެ އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި މިއަދު ފަތިހު 4:40 ގައި ނިޔާވެފައި ވަނީ އެ ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރ. ހުޅުދުއްފާރަށް ނިސްބަތްވާ އެ މީހާ އޭދަފުށީ ފެސިލިޓީއަށް ގެނައީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މިއީ އޭދަފުށީ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ކޮވިޑުގައި ނިޔާވި ފުރަތަމަ މީހާ އެވެ. އަދި އޭދަފުށިން ކްވިޑްގެ ތިންވަނަ މަރެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :