ބ.ހިތާދޫ ހޭލަމޭލަ ކުޑަކުދިންގެ ޕާކު ފައިލް ފައިލް ފޮޓޯ- ހިތާދޫ އޮންލައިން

ހިތާދޫ "ހޭލަމޭލަ" ކުޑަކުދިންގެ ޕާކު ވަގުތީ ގޮތުން ބަންދު ކޮށްފި!

ހިތާދޫ އޮންލައިން | 21 މެއި 2021





ބ. ހިތާދޫ "ހޭލަމޭލަ" ކުޑަކުދިންގެ ޕާކު ވަގުތީ ގޮތުން ބަންދު ކޮށްފައި ވާކަމަށް ހިތާދޫ ކައުންސިލުން ބުނެފިއެވެެ.

ހިތާދޫ ކައުންސިލުން ބުނީ ކުޑަކުދިންގެ ޕާކުގައި ހުރި ބައެއް ތަކެތި ވަރަށް ބޮޑަށް ހަލާކުވެފައި ހުރުމުގެ ސަބަބުން މިވަގުތު ޕާކަކީ ކުދިންނަށް ރައްކާތެރި ތަނެއް ނޫންކަމުން މަރާމާތު ކުރެވެންދެން ބަންދު ކުތީކަމަށެވެ.

މިއީ ހިތާދޫ އައިލެންޑު ޑިވެލޮޕްމަންޓު އެސޯސިއޭޝަން (ހިދާ) އިން ބ. ހިތާދޫގައި ތަރައްޤީ ކުރި "ހޭލަމޭލަ" ކުޑަކުދިންގެ ޕާކެކެވެ.

މިޕާކު ހުޅުވައި ރަސްމީކޮށް ކައުންސިލާއި ހަވާލު ކުރީ 09 ޑިސެންބަރ 2016 ގައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :