ބ. ހިތާދޫ ކައުންސިލު ހުވާ ކުރުމުގެ ދަރުބާރު ފޮޓޯ- ހިތާދޫ އޮންލައިން

ހިތާދޫ ކައުންސިލުގެ ނައިބް ރައީސަކަށް މުހައްމަދު ހަސަން

ހިތާދޫ އޮންލައިން | 19 މެއި 2021





އަލަށް އިންތިހާބުކުރި ބ. ހިތާދޫ ކައުންސިލުގެ ނައިބް ރައީސަކަށް ކުރިންވެސް އެމަގާމު ފުރުއްވަމުން ގެންދިޔަ ބ. ހިތާދޫ ވޭސަން މުޙައްމަދު ޙަސަން އިންތިހާބު ކޮށްފިއެވެ.

އާ ކައުންސިލަރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު އިއްޔެ ބޭއްވި އެ ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި ބ. ހިތާދޫ ކައުންސިލުގެ މި ދައުރުގެ ނައިބް ރައީސް ކަމަށް މުހައްމަދު ހަަސަން އިންތިހާބުވީ ކައުންސިލުގެ ފަސް މެންބަރުންގެ އިއްތިފާގުންނެވެ.

ބ. ހިތާދޫ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް އިންތިހާބު ކޮށްފައިވާ ރައީސާއި ކައުންސިލަރުން އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން މަގާމުގެ ހުވާ ކުރެއްވީ އިއްޔެ ހެނދުނު 11:00ގައެވެ.

ވާޗުއަލްކޮށް ބޭއްވި އެ ރަސްމިއްޔާތުގައި، އިންތިހާބީ ކައުންސިލަރުންނަށާއި އަންހެނުން ކޮމެޓީގެ މެންބަރުންނަށް ހުވާލައި ދެއްވީ ބ. މާޅުހު ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުއް ރަޝީދު ޔޫސުފެވެ.

ބ. ހިތާދޫ ކައުންސިލުގެ ހަތަރުވަނަ ދައުރަށް ހޮވިފައިވަނީ އެމްޑީޕީގެ 4 މެންބަރުންނާއި މިނިވަން މެންބަރެކެވެ..


ކިޔުންތެރިންގެ ޚިޔާލު...


ނަން :