ނިޔާމަ ބޯޓުގެ ކެޕްޓަނާއި ފަޅުވެރިއަކު ވެސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ހިތާދޫ އޮންލައިން | 17 މެއި 2021

ނިޔާމަ ބޯޓުގެ ކެޕްޓަނާއި ފަޅުވެރިއަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މާލެ އާއި ބ. އަތޮޅުގެ ބައެއް ރަށްތަކަށް މުދާ އުފުލާ ނިޔާމާ ބޯޓުގެ ކެޕްޓަނާއި ފަޅުވެރިޔަކު ޕޮޒިޓިވްވިކަން އެނގުނުއިރު އެ ބޯޓް އޮތީ އެނބުރި މާލެ ދިއުމަށް ގޮއިދޫ ބަނދަރުގައެވެ.

ބޯޓްގެ ކެޕްޓަނާއި ފަޅުވެރިންގެ ސާމްޕަލް ނަގާފައިވަނީ މާލެއިން ބ. އަތޮޅަށް ދަތުރުކުރުމަށްފަހު، އަތޮޅުގެ ބައެއް ރަށްތަކަށް މުދާ ބޭލުމަށްފަހު މާލެ ދިއުމަށް އެނބުރި ތުޅާދޫއަށް ދިއުމުން މި މަހުގެ 13 ވަނަ ދުވަހު އެވެ.

ނިޔާމަ ބޯޓުގެ ކެޕްޓަނާއި ފަޅުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވިއިރު، މާލެއާއި ތުޅާދޫ އަދި ހިތާދޫ އާއި ދެމެދު ދަތުރުކުރާ “އަގޯޓާ އެކްސްޕަރެސް” ބޯޓްގެ ދެ ފަޅުވެރިޔަކު ވެސް އިއްޔެ ވަނީ ކޮވިޑް-19 އަށް ފޮޒިޓިވްވުމާއި ގުޅިގެން އެ ބޯޓް ތުޅާދޫ ބަނދަރުގައި ކަރަންޓީން ކޮށްފައެވެ.

މިއަތޮޅު އޭދަފުއްޓާއި ތުޅާދޫގައި ކޮވިޑް ފެތުރި، ކޭސަްތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އޭދަފުށިން މިހާތަނަށް 229 މީހުން އަދި ތުޅާދޫން 22 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :