ބ. އަތޮޅު ހޮސްޕިޓަލުގެ ފްރޮންޓް ލައިންގައި މަސައްކަތްކުރާ މުވައްޒަފަކަށް މިއަދު ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަނީ

ބ. އަތޮޅުގައި 3500 އަށް ވުރެ ގިނަ މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފި

ހިތާދޫ އޮންލަިއން | 16 މެއި 2021

ބ. އަތޮޅުން މިހާތަނަށް ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް، 3500 އަށްވުރެ ގިނަ މީހުންނަށް ޖަހާފައިވާ ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.

އިންޑިއާ އިން އުފައްދާ ކޮވިޝީލްޑް ވެކްސިން ޖެހި މީހުންގެ ތެރެއިން އަށް ހަފުތާވެފައި މީހުންނަށް ބ. އަތޮޅުގައި ދެވަނަ ޑޯޒް ޖަހައިދޭން ފަށާފައި ވަނީ މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެންނެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ މިއަތޮޅުން ހުކުރު ދުވަހާއި ހަމައަށް ޖުމްލަ 3،504 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އޭދަފުށިން 827 މީހުންނާއި ތުޅާދޫން 585 މީހުން، ދަރަވަންދޫން 408 މީހުން، ގޮއިދޫން 284 މީހުން، ހިތާދޫން 280 މީހުން، މާޅޮހުން 205 މީހުން، ދޮންފަނުން 183 މީހުން، ކިހާދޫން 171 މީހުން، ކެންދޫން 151 މީހުން، ކަމަދޫން 134 މީހުން، ކުޑަރިކިލުން 123 މީހުން، ފުޅަދޫން 92 މީހުން އަދި ފެހެންދޫން 61 މީހުންނެވެ.

މިހާތަނަށް ބ. އަތޮޅުން ޖުމްލަ، 6223 މީހަކު ވަނީ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ.

މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހައި ތިބި މީހުންނަށް ޖަހައިދެނީ ޗައިނާގެ ސިނަފޯމް ވެކްސިން އެވެ. އެއީ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށް ޖެހުމަށް ހުއްދަދީފައިވާ ވެކްސިނެއް ކަމުން ވެކްސިން ދެނީ އެ އުމުރުފުރާ އަށް އެކަންޏެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :