ބ.ތުޅާދޫ މޮނިޓަރިންގ އަށް ލައިފި

ހިތާދޫ އޮންލައިން | 09 މެއި 2021





ކޮވިޑް-19 އަށް ފައްސި ކޭސްތަކެއް ފެނި، ބ. ތުޅާދޫއަށް މޮނިޓަރިންގ އަށްލައިފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މިރޭ ވިދާޅުވީ، ތުޅާދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށާއި އެ ރަށުގައި ކޮންޓެކްތް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އެހެންވެ، އެ ރަށަށް އަރައިފޭބުން މަނާކޮށް އެޗްޕީއޭ އިން ފޮނުވި އެންގުމުގައި ބުނީ ކޮވިޑާ ގުޅިގެން ސިއްހީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް މިވަގުތުން ފެށިގެން އެއްވެސް ބަޔަކު ރަށަށް އެރުމާއި ރަށުން ފޭބުން މަނާވާނެ ކަމަށެވެ.

އެރަށް މޮނީޓަރިންގެ ހާލަތަށް ގެނައީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެންނެވެ.

ކޮވިޑް-19 އަށް އަތޮޅު ތެރެއިން ވެސް މީހުން ޕޮޒިޓިވް ވަމުންދާއިރު، ބައެއް ރަށްރަށް މީގެކުރިން ވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވެ އެވެ. އެ ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވާން ފެށުމުން ފިޔަވަޅުތައް ދަނީ ވަރުގަދަ ކުރަމުންނެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :