އެފްއޭއެމުން ބ. ކަމަދޫގައި ޓާފު ދަނޑެއް އަޅަނީ

ހިތާދޫ އޮންލައ | 07މެއި 2021





އެފްއޭއެމް އާއި ދެކުނު ކޮރެއާގެ ސްކައި ވިންޑް ގްލޯބަލް ކުންފުނި ގުޅިގެން ޓާފް ދަނޑުތައް އެޅުމަށް ހަމަޖެހިފައިވާ 16 ރަށުގެ ތެރޭގައި ބ. ކަމަދޫ ހިމެނިއްޖެވެ.

މިގޮތުން ޓާފް ދަނޑުއަޅައިދޭން ނިންމާފައިވާ ރަށްތަކަކީ، ބ. ކަމަދޫގެ އިތުރުން ހއ. ކެލާ، ށ. ކޮމަންޑޫ، ރ. އިނގުރައިދޫ، ކ. ހުރާ، އއ. އުކުޅަސް، އއ. މާޅޮސް، އދ. ދަނގެތި، މ. ނާލާފުށި، ފ. ބިލެއްދޫ، ތ. ގުރައިދޫ، ތ. ވަންދޫ، ލ. މާބައިދޫ، ގއ. ގެމަނަފުށި، ގއ. ކޮލަމާފުށި އަދި ގދ. ނަޑެއްލާއެވެ.

މި ރަށްތައް ކަނޑައަޅާފައި ވަނީ، އެފްއޭއެމާއި ޔޫތު ސްޕޯޓްސް މިނިސްޓްރީ ގުޅިގެންނެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މި ދަނޑުތަކަކީ ފީފާ އެޕްރޫވް ޓާފް ދަނޑުތަކެއް ކަމަށެވެ. އަދި ދަނޑުތަކުގެ މަސައްކަތް ނިމޭއިރު ވަށައިގެން ފެންސް ޖަހައި ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ހަރުކޮށް އިލެކްޓްރޯނިކް ސްކޯ ބޯޑެއް ވެސް ހުންނާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ، މި ދަނޑުތައް އަޅަނީ 2023-2024 ގެ ދިވެހި ޕްރިމިއާ ލީގް މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ އަމާޒުގައި ކަމަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :