ބާކީ ޑޭޓާ އަނެއް މަހު ބޭނުން ކުރެވޭގޮތް އުރީދޫން ހަދައިފި

ހިތާދޫ އޮންލައިން | 30 އޭޕްރީލް 2021





އުރީދޫ މޯލްޑިވްސް އިން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ރޯލް އޯވާގެ ހިދުމަތް ތައާރަފްކޮށްފި އެވެ.

މި ހިދުމަތާ އެކު 600ރ. އިން މަތީގެ ޕްލޭންތައް ގެންގުޅޭ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ކޮންމެ މަހެއްގެ ޑޭޓާ އެލަވަންސް އިން މަސް ނިމޭ އިރު ބޭނުންނުކޮށް ހުންނަ ޑޭޓާ އަނެއް މަހުގެ ޑޭޓާ އެލަވަންސްއާ އެކު އެއްވެގެންދާނެ އެވެ.

އުރީދޫއިން މިގެނައި ބަދަލާއެކު މިމަހުން ފެށިގެން އެކު ޕޯސްޓްޕެއިޑް އަދި ވަރަށް ތަފާތު ޕޯސްޓްޕެއިޑްގެ 600 އާއި މަތީގެ ޕްލޭންތަކަށް މި ޙިދުމަތްލިބިގެންދާނެއެވެ. ޑޭޓާ ރޯލް އޯވަރގެ ހިދުމަތާ އެކު 200ޖީބީ އާއި ހަމައަށް ޑޭޓާ އަނެއްމަހުގެ ޕެކޭޖް އެލަވަންސް އަށް އެއްކުރެވެއެވެ.

މިގޮތުން ސޯޝަލް މީޑިއާ އަށް ހާއްސަ ޑޭޓާ އާއި އެޑް އޯންސް ގެ ގޮތުގައި ނަންގަވާފައވާ ޑޭޓާ ފިޔަވައި، މުޅި މަހުގެ ޑޭޓާ އެލަވަންސް ވެސް ރޯލް އޯވަރގެ ހިދުމަތް މެދުވެރިކޮށް، ކުރިއަށް އޮތް މަހަށް އިތުރު ކުރެވޭނެއެވެ. އެގޮތުން 600ރ. އިން މަތީގެ ޕްލޭންތަކަށް މި ހިދުމަތް ލިބޭނެކަމަށް އުރީދޫން ބުންޏެވެ.

ޑޭޓާ ރޯލް އޯވާގެ ހިދުމަތާ އެކު 200ޖީބީ އާއި ހަމައަށް ޑޭޓާ އަނެއް މަހުގެ ޕެކޭޖް އެލަވަންސަށް އެއްކުރެވެ އެވެ. މިގޮތުން ސޯޝަލް މީޑިއާ އަށް ހާއްސަ ޑޭޓާ އާއި އެޑް އޯންސްގެ ގޮތުގައި ނަގާ ޑޭޓާ ފިޔަވައި، މުޅި މަހުގެ ޑޭޓާ އެލަވަންސް ވެސް ރޯލް އޯވާގެ ހިދުމަތް މެދުވެރިކޮށް، ކުރިއަށް އޮތް މަހަށް އިތުރު ކުރެވޭނެ އެވެ.

މިގޮތަށް ޑޭޓާ ރޯލް އޯވާ ކުރެވޭނީ 600ރ. އަދި 800ރ. ގެ ޕޯސްޓްޕެއިޑް ޕްލޭންތަކަށް އެންމެ ގިނަވެގެން 30ޖީބީ އެވެ. އަދި 1000ރ. އިން މަތީގެ ޕޯސްޓްޕެއިޑް ޕްލޭންތަކަށް އެންމެ ގިނަވެގެން ޑޭޓާ ރޯލް އޯވާ ވާ އަދަދަކީ 200ޖީބީ އެވެ.

އުރީދޫ މޯލްޑިވްސް އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރު، ހުސެން ނިޔާޒް ވިދާޅުވި އުރީދޫ އަބަދުވެސް ބަދަލުވަމުން އަންނަނީ ކަސްޓަމަރުންގެ ބޭނުންތަކާއި އެއްގޮތަށް ޕްރޮޑަކްޓްތަކާއި ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ. އަދި މި ޚިދުމަތާ އެކީ ބޮޑެތި ޑޭޓާ އެލަވަންސް ލިބޭ ޕޯސްޓްޕެއިޑް ޕްލޭންސް ގެންގުޅުއްވާ ކަސްޓަމަރުންނަށް މަސް ނިމޭއިރު ބޭނުންނުކުރެވި ހުރި ޑޭޓާ، އިތުރު އަގަކާނުލާ ދެން އަންނަ މަހުގެ މަންތުލީ އެލަވަންސަށް އެއްވެގެންދާނެ. ކަމަށް އޭނާ ވިދާޅުވި އެވެ.

“ކަސްޓަމަރުންގެ މިފަދަ ބޭނުންތައް ފުއްދައިދީ، އިންޓަނެޓްގެ ތަޖުރިބާ އިތުރު ފުރިހަމަކަމާއެކު ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް،” އޭނާ ވިދާޅުވި އެވެ.

އުރީދޫން ފެށުނީއްސުރެ ވެސް މަސައްކަތްކުރަމުން އަންނަނީ ދުނިޔޭގެ ފެންވަރުގެ އީޖާދީ ޚިދުމަތްތައް ރާއްޖެއަށް ތައާރަފްކޮށް، އިތުރު ފުރުސަތުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ގުޅުވާލަދިނުމަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :