އޭދަފުށިން އިތުރު 25 މީހުން ފައްސި ވެއްޖެ!

ހިތާދޫ އޮންލަިއން | 23 އޭޕްރީލް 2021

ބ. އޭދަފުށިން އިތުރު 25 މީހުން ކޮވިޑް 19 އަށް ފައްސި ވެއްޖެވެ..

ބ. އަތޮޅު ހޮސްޕިޓަލުން ރޭ އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އިއްޔެ އެރަށުން ވަނީ 25 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެހެންވެ، ވޭތުވެ ދެތިން ތިން ދުވަހުގެ ތެރޭގައި އެރަށުން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 37އަށް އެރީ އެވެ. އޭގެ ތެރެއިން އެކަކަށް ކޮވިޑް ސެންޓަރުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.

އިއްޔެ ޕޮޒިޓިވް މީހުންގެ ތެރޭގައި ސްކޫލްގެ ޓީޗަރުންނާއި ދަރިވަރުންގެ އިތުރުން، ބިދޭސީން ވެސް ހިމެނޭ ކަމަށްވެ އެވެ.

އެރަށުން ނަގާ ސާމްޕަލްތައް ޓެސްޓުކުރަން ފޮނުވަނީ ދަރަވަންދޫގައި ހުންނަ ލެބޯރެޓަރީ އަށާއި ނ. މާފަރު ކޮވިޑް ލެބަށެވެ. އާންމުކޮށް ނަތީޖާ ލިބެން އެއް ދުވަސް ނަގަ އެވެ. ބ. އަތޮޅު ހޮސްޕިޓަލުގައި ހުންނަ ޖީން އެކްސްޕާޓް މެޝިނުން ޓެސްޓުކުރަނީ އިމަޖެންސީ ހާލަތުގަ އާއި ފްލޫ ކްލިނިކަށް ދައްކަން އަންނަ މީހުން އެކަންޏެވެ. އެ މެޝިނުން ހެދެނީ ގަޑިއިރަކުން އެންމެ ދެ ޓެސްޓް ކަމަށްވެ އެވެ.

ކޮވިޑްގެ ބިރުވެރިކަން އޮތުމުން ބ. އޭދަފުށީ ކައުންސިލުން ވަނީ ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.

އޭގެ ތެރޭގައި މީހުން ބޭރަށް ނުކުމެ އުޅުން މަނާކުރުމާއި ކެފޭ/ރެސްޓޯރަންޓްތައް އާންމުކޮށް ހުޅުވައިގެން ހިދުމަތް ދިނުން ހުއްޓާލުން ފަދަ ފިޔަވަޅުތައް ހިމެނެ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :