އޭދަފުށި މޮނިޓަރިންގައި .. ފަސްވި މީހުންގެ އަދަދު 5 އަށް

ހިތާދޫ އޮންލަިއން | 20 އޭޕްރީލް 2021

ބ. އޭދަފުށިން ކޮވިޑު އަލާމަތް ހުރެގެން ޓެސްޓު ކުރި މީހަަކު ކޮވިޑް 19 އަށް ފަސްސި ވުމާގައި އުޅިގެން އޭދަފުށި މޮނިޓަރިންގ އަށް ލާފައިވަނީކޮށް އަނެއްކާ ވެސް އިތުރުތިން މީހަކަށް ކޮވިޑްޖެހި، ފައްސިވި މީހުންގެ އަދަދު 5 އަށް އަރައިފި އެވެ.

އޭދަފުށިން ކޮވިޑް ފެނިގެން އިއްޔެ ވަނީ މޮނިޓަރިންއަށް ވެސް ލައިފަ އެވެ. ބަލި އުޅޭކަން އެނގުނީ ވެސް އަލާމާތްތަކެއް ހުރި އަންހެނަކު، އަތޮޅު ހޮސްޕިޓަލުގައި ހުރި ފްލޫ ކުލިނިކަށް ގޮސް ޓެސްޓުކުރުމުންނެވެ.

އޭގެ ފަހުން، ބަލީގެ އަލާމާތް ހުރެގެން ރޭ ފްލޫ ކްލިނިކަށް ދެއްކި ފިރިހެނަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނިގޮތުގައި ފަހުން ޕޮޒިޓިވް ވީ ފުރަތަމަ ޕޮޒިޓިވް ވި ކްލަސްޓާއާއި ދެވަނަ ކްލަސްޓާ އާއި ޑައިރެކްޓް ކޮންޓެކްޓްވި މީހުންން ކަމަށެވެ. ޓެސްޓު ކުރި ބައެއް ސާމްޕަލްގެ ނަތީޖާ އަދި ނުލިބެ އެވެ. އެހެންވެ، އެ އަދަދު އިތުރުވަމުންދާނެ ކަމަށް ބެލެވެ އެވެ.

އޭދަފުށިން މީގެ ކުރިން ވެސް ބައެއް މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވި އިރު، އެއީ މުޅިން ވެސް ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ. އެހެންވެ، އާއްމުންގެ ތެރޭގައި ބަލި ފެތުރުމުގެ ބިރެއް އޭރަކު ނެތެވެ. ނަމަވެސް މިރަށުން ޕޮޒިޓިވް ވާ މީހުންގެ އަދަދު މިހާރު އިތުރުވަމުންދާތީ ، މި ރަށުގައި ކޮމިއުނިޓީ ސްޕްރެޑް ނުވަތަ އާއްމުންގެ ތެރޭގައި ބަލި އުޅުމުގެ ފުރުސަތު ބޮޑު ބެލެވެ އެވެ.

މި ސަރަހައްދުގެ މައި ރަށް އޭދަފުށިން ކޮވިޑް ފެނުމާ ގުޅިގެން ޒަރޫރީ ބޭނުންތަކަށް ނޫނީ ގެއިން ބޭރަށް ނުދިޔުމަށާއި، ބަލިން ރައްކާތެރިވުމަށް ހުރިހާ އެންމެންވެސް ފަރުދީ ޒިންމާ އަދާކޮށް، އެޗް.ޕީ.އޭގެ ގައިޑްލައިނަށް ފުރިހަމައަށް ޢަމަލު ކުރުމަށް ހުރިހާ ރައްޔިތުންނަށް ކައުންސިލުން ވަނީ ނަސޭހަތްތެރިވާ ކަމަށެވެ.

އަދ ކޮންމެހެން ކުރަންޖެހޭ ދަތުރެއްނޫނީ އެހެނިހެން ދަތުރުތައް މިވަގުތަށް ހުއްޓާލުމަށާއި އަދި ކޮންމެހެން ދަތުރެއް ކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ކައުންސިލް އިދާރާގެ ހުއްދަ ލިބިގެން ނޫނީ ދަތުރު ނުފެށުމަށް ވެސް ކައުންސިލުންވަނީ އެދިފައެވެ.

މީގެ އިތުރުން ބ. އަތޮޅު ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް މިހާރު ދެނީ އޮންލައިންކޮށެވެ. އެ ހޮސްޕިޓަލުން އެދެނީ އިމަޖަންސީ ހާލަތެއްގައި ނޫނީ ޑޮކްޓަރަށް ދައްކަން ނުދިއުމަށެވެ. މިއީ ކޮވިޑް ފެތުރެން ފެށި ފަހުން، އޭދަފުއްޓަށް އަރައިފޭބުން މަނާކުރެވުނު ފުރަތަމަ ފަހަރެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :