ތަފާތު ބޮޑު ނަތީޖާ އަކުން ޢަޒީ ރައީސް ގޮނޑި ދިފާއު ކޮށްފި!

ޢާމިރު ޢަބްދުއްލަތީފު | 17 އޭޕްރީލް 2021





މި ހިނގާ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ރާޢްޖޭގައި ބޭއްވި ލޯކަލް ކައުންސިލު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި ނެގި ވޯޓުން ތަފާތު ބޮޑު ނަތީޖާއަކުން ހިތާދޫ ކައުންސިލުގެ މިހާރުގެ ރައީސް އަދި އެމްޑީޕީ ޓިކެޓުގައި ރައީސްގެ ގޮނޑިއަށް ވާދަކުރެއްވި ޢަބްދުލް ޢަޒީޒު މުހައްމަދު ރައީސްކަމުގެ މަގާމު ދިފާއުކޮށްފިއެވެ.

އަޒީޒު ރައީސްކަމުގެ މަގާމު ދިފާޢު ކުރީ އަމިއްލަ ގޮތުން ވާދަ ކުރެއްވި ބ. ހިތާދޫ ވަފާ ޢަބްދުލް ބާސިތު ޙަސަނާއި ވާދަކޮށްގެންނެވެ. އިލެކްޝަންސް އިން ވަގުތީ ނަތީޖާ ދައްކާ ގޮތުން ޢަބްދުލް ޢަޒީޒަށް ލިބިފައިވާނީ 311 ވޯޓެވެ. މިއި ވޯޓުލީ މީޙުންގެ %45.07 އެވެ. އަޒީޒާއި ވާދަ ކުރެއްވި ބާސިތަށް ލިބިފައިވަނީ 223 ވޯޓެވެ. މިއީ %32.32 އެވެ. ދެން އަމިއްލަ ގޮތުން ވާދަ ކުރެއްވި ބ. ހިތާދޫ ގުލްފާމުގެ މުޢާޛު ޢަބްދުއް ރަޙްމާނަށް ލިބިފައިވަނީ 156 ވޯޓެވެ. މިއީ %22.61 އެކެވެ.

ބ. ހިތާދޫގައި ވޯޓުލުމުގެ ޙައްގު ލިިބިގެންވާ 982 މީހުން ތިބި އިރު މި އިންތިޚާބުގައި ވޯޓު ލާފައިވަނީ 755 މީހުންނެވެ. ސައްޙަ ވޯޓުގެ ގޮތުގައި 690 މީހުން ލިސްޓު ކޮށްފައިވާއިރު 65 މީހުންގެ ވޯޓު ވަނީ ބާތިލް ވެފައެވެ.

މި އިންތިޚާބުގައި ހިތާދޫ ކައުންސިލުގެ އަންހެނުންނަށް ޚާއްސަ ކުރެވިފައިވާ ގޮނޑިއަށް 5 މީހުން ވާދަ ކޮށްފައިވާ އިރު އެންމެ މަތިން ވޯޓު ހޯދާފައިވަނީ އަމިއްލަ ގޮތުން ވާކުރެއްވި ބ. ހިތާދޫ މިލާނޯ ޢާއިޝަތު ރީޝާ މުޙައްމަދެވެ. ރީޝާއަށް ލިބިފައިވަނީ 327 ވޯޓެވެ. އެއީ %26.37 އެވެ. ދެވަނައަށް ދިޔައީ އެމްޑީޕީ ޓިކެޓުގައި ވާދަ ކުރެއްވި ބ. ހިތާދޫ ފެހިވިދުވަރު ޝާމިއާ ޢަބްދުއްލަތީފެވެ. ޝާމިއާ ލިބިފައިވަނީ 292 ވޯޓެވެ. އެއީ %23.55 އެވެ. ތިންވަނައަށް ދިޔައީ އެމްޑީޕީ ޓިކެޓުގައި ވާދަ ކުރެއްވި ބ. ހިތާދޫ ފޭރުމާގެ ނާސިރާ މުޙައްމަދެވެ. ނާސިރާއަށް ލިބުނީ 256 ވޯޓެވެ. އެއީ %20.65 އެވެ. ނާސިރާއާއި ގާތުން ދެން ވާދަ ކުރެއްވީ އަމިއްލަ ގޮތުން ވާދަ ކުރެއްވި ބ. ހިތާދޫ އުޑުވިލާގެ ޝިފާނާ ޝަޢީދެވެ. ޝިފާނާޢަށް ލިބިފައިވަނީ 253 ވޯޓެވެ. އެއީ %20.40 އެވެ. އެންމެ ދަށްކޮށް ވޯޓު ލިބުނު ބ. ހިތާދޫ ސުވާސާ ޒަރީނާ ޢަބްދުލްޙަމީދަށް ލިބުނީ 112 ވޯޓެވެ. %09.03 އެވެ.

ހިތާދޫ ކައުންސިލުގެ މެންބަރުންގެ ގޮނޑިއަށް 6 މީހަކު ވާދަ ކޮށްފައިވާއިރު އެންމެ މަތިން ވޯޓުލިބިފައި ވަނީ އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރެއްވި މިހާރުގެ ކައުންސިލުގެ ނާއިބުރައީސް މުޙައްމަދު ޙަސަނެވެ. މުޙައްމަދަށް ލިބިފައިވަނީ 278 ވޯޓެވެ. އެއީ %23.38 އެވެ. ދެން އެންމެ މަތިން ވޯޓު ލިބިފައިވަނީ ހިތާދޫ ކައުންސިލުގެ ފުރަތަމަ އިންތިޚާބީ ނާއިބުރައީސް ބ. ހިތާދޫ ޒެނިތު މުޙައްމަދު ފާޟިލެވެ. ފާޟިލަށް ލިބުނީ 253 ވޯޓެވެ. މިއީ %21.28 އެވެ. ދެން އެންމެ މަތިން ވޯޓު ލިބިފައިވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި ބ. ހިތާދޫ އަސަރީވިލާ ނާޛިމު އިބްރާހިމެވެ. ނާޛިމަށް ލިބިފައިވަނީ 214 ވޯޓެވެ. އެއީ %18:00 އެވެ. މިހާރުގެ ކައުންސިލު މެންބަރ އަންވަރު މުޙައްމަދަށް ލިބިފައިވަނީ 201 ވޯޓެވެ. އެއީ %16.90 އެވެ. އަމިއްލަ ގޮތުން ވާދަ ކުރެއްވި ބ. ހިތާދޫ ޖަވާހިރުވާދީ އިސްމާއިލް މުޙައްމަދަށް ލިބިފައިވަނީ 163 ވޯޓެވެ. އެއީ %13.71 އެވެ. މެންބަރުންގެ ބައިން އެންމެ ދަށުން ވޯޓު ލިބުނު އެމްއާރު އެމްގެ ކެނޑިޑޭޓު ޝައްމޫން ޢަބްދުލް ޤާދިރަށް ލިބިފައިވަނީ 80 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %06.73 ވޯޓެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ކުރިމަތި ލެއްވި ކެނޑިޑޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯދާފައިވަނީ އެމްޑީޕީ ޓިކެޓުގައި ވާދަ ކުރެއްވި ބ. ހިތާދޫ ފިނިހިޔާ ޙަލީމާ ޢަބްދުއްރަޙްމާނެވެ. ހަލީމާއަށް ލިބުނޫ 390 ވޯޓެވެ. ދެން އެންމެ މަތިން ހޯދާފައިވަނީ އެމްޑީޕީ ޓިކެޓުގައި ވާދަކުރެއްވި ފުނަމާގެ އާސީމާ މުހައްމަދެވެ. އާސިމާއަށް ލިބިފައިވަނީ 342 ވޯޓެވެ. އެމްޑީޕީ ޓިކެޓުގައި ވާދަކުރެެެއްވި ބ. ހިތާދޫ ޔާގޫތުގެ ޝަރީފާ އިދުރީސް 320 ވޯޓު ހޯއްދެވި އިރު އަމިއްލަ ގޮތުން ވާދަ ކުރެއްވި ސްމާޓު މަރިޔަމް ޒާހިރާ ވަނީ 319 ވޯޓު ހޯދާފައެވެ. ކޮމެޓީގެ ފަހު ޖާގަ ކަށަވަރު ކޮށްފައިވަނީ 306 ވޯޓު ހޯދައިގެން އެމްޑީޕީ ޓިކެޓުގައި ވާދަ ކުރެއްވި ބ. ހިތާދޫ ކަސްތޫރި ސަލީމާ ޙުސައިނެވެ.

އަންހެނުން ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީން ފޭލުލުވީ މީހުންގެ ތެރެއިން އެންމެ މަތިން ވޯޓު ހޯދާފައި ވަނީ އެމްޑީޕީ ކައުންސިލު ޕްރައިމަރީން ފެއިލުވެ އަމިއްލަ ގޮތުން ކޮމެޓީއަށް ނުކުތް ބ. ހިތާދޫ ސުވާސާ ނަޛީރާ ޢަބްދުލް ޙަމީދެވެ. ނަޛީރާއަށް ލިބުނީ 278 ވޯޓެވެ. އެމިއްލަ ގޮތުން ވާދަކުރި ބ. ހިތާދޫ ރޯޒްމީޑު ޢާއިޝަތު ޢަލީއަށް 258 ވޯޓު ލިބުނު އިރު ބ. ހިތާދޫ މާވަޑިގެ ރަމްޒާ ޔޫސުފަށް 257 ވޯޓު ވަނީ ލިބިފައެވެ. އަދި ހަވީރީގެ ސަމީހާ ޙުސައިން އަށް ލިބުނީ 253 ވޯޓެވެ. ކޮމެޓީގެ އެންމެ ދަށުން ވޯޓު ލިބުނު ބ. ހިތާދޫ ރާސްޕަރީ އާމިނަތު ޤާސިމަށް ލިބިފައިވަނީ 241 ވޯޓެވެ.

ބ. ހިތާދޫގައި ބެހެއްޓި ފޮށީގެ ނަތީޖާއަށް ބަލާއިރު މިފޮއްޓަށް ވޯޓު ލުމުގެ ހައްގު ލިބިފައި ވަނީ 500 މީހުންނަށެވެ. މިފޮއްޓަށް ވޯޓު ލާފައިވަނީ 390 މީހުންނެވެ.

ބ. ހިތާދޫގައި ބެހެއްޓި ފޮށީގެ ނަތީޖާ ދައްކާ ގޮތުން ބ. އަތޮޅު ރައީސަށް ވާދަކުރެއްވި މިހާރުގެ ނާއިބުރައީސް އަދި އެމްޑީޕީ ޓިކެޓުގައި ވާދަ ކުރެއްވި ބ. ތުޅާދޫ އާރު އަޙްމަދު އަފްރާހަށް ލިބިފައިވަނީ 241 ވޯޓެވެ. ޕީޕީއެމްގެ ކެނޑިޑޭޓު ބ. އޭދަފުށީ ސަކީނާމަންޒި މުޙަމްދު ޝަކީލަށް ލިބިފައިވަނީ 96 ވޯޓެވެ. މި ބައިން 53 ވޯޓު ބާތިލު ކޮށްފައިވާއިރު ސައްޙަ ވޯޓުގެ ގޮތުގައި 337 ވޯޓު ވަނި ގުނާފައެވެ.

ހިތާދޫ ކައުންސިލުގެ ރައީސް ގޮނޑިއަށް ވާދަ ކުރި ކެނޑިޑޭޓުންގެ ތެރެއިން އެންމެ މަތިން ހޯއްދެވީ މިހާރުގެ ރައީސް އަދި އެމްޑީޕީގެ ކެނޑިޑޭޓު ޢަބްދުލް ޢަޒީޒު 167 ވޯޓު ހޯއްދެވި އިރު އަމިއްލަ ގޮތުން ވާދަ ކުރެއްވި ބާސިތަށް ލިބިފައިވަނީ 118 ވޯޓެވެ. އަދި މުއާޒަށް ލިބުނީ 75 ވޯޓެވެ. މިބައިން 30 ވޯޓު ވަނީ ބާތިލް ކޮށްފައެވެ.

އަންހެނުންގެ ބައިން އެންމެ މަތިން ވޯޓު ހޯއްދެވީ އަމިއްލަ ގޮތުން ވާދަކުރެއްވި ރީޝާއެވެ. ރީޝާއަށް ލިބިފައިވަނީ 168 ވޯޓެވެ. ރީޝާއާއި ވާދަ ކޮށް އެންމެމަތިން ވޯތު ހޯެއެްދެވީ އެމްޑީޕީ ކެނޑިޑޭޓު ޝާމިއާ އެވެ. ޝާމިއާއަށް 157 ވޯޓު ލިބުނު އިރު އަމިއްލަ ގޮތުން ވާދަ ކުރެއްވި ޝިފާނާ އަށް ލިބުނީ 147 ވޯޓެވެ. އަދި އެމްޑީޕީ ދެވަނަ ކެނޑިޑޭތު ނާސިރާ މުހައްމަދަށް ލިބުނީ 133 ވޯޓެވެ. މިބައިން އެންމެ ދަށުން ލިބުނު ޒަރީނާ އަށް ލިބުނީ 46 ވޯޓެވެ. މިބައިން 72 ވޯޓު ވަނި ބާތިލް ވެފައެވެ.

ބ. ހިތާދޫގައި ބެހެއްޓި ފޮށިން މެންބަރުންގެ ބައިން އެންމެ މަތިން ލިބުނު އެމްޑީޕީ ކެނޑިޑޭޓު މުހައްމަދު ޙަސަނަށް 142 ވޯޓު ލިބުނު އިރު ފާޟިލަށް ލިބުނީ 132 ވޯޓެވެ. އަމިއްލަ ގޮތުން ވާދަ ކުރެއްވި އަންވަރަށް 120 ވޯޓު ލިބުނު އިރު ނާޛިމަށް ވަނީ 108 ވޯޓު ލިބިފައެވެ. އައި އިސްމާއިލް މުޙައްމަށް ވަނީ 79 ވޯޓު ލިބިފައެވެ. މިބައިން އެންމެ ދަށްކޮށް ލިބުނީ ޝައްމޫނަށެވެ. ޝައްމޫނަށް ލިބިފައިވަނީ އެންމެ 36 ވޯޓެވެ. މިބައިން 124 ވޯޓު ވަނީ ބާތިލް ކޮށްފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :