ނުވަ މީހަކު އެޑްމިޓްކޮށް އޭދަފުށީ ކޮވިޑް ސެންޓަރުގައި ފަރުވާދެނީ

ހިތާދޫ އޮންލައިން | 01 އޭޕްރީލް 2021





ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭ މި ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 9 މީހަކު ބ. އަތޮޅު ހޮސްޕިޓަލުގައި ޤާއިމްކޮށްފައިވާ ކޯވިޑް ފެސިލިޓީއަށް ގެނަސް ފަރުވާދޭން ފަށައިފިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނިގޮތުގައި އެ ހޮސްޕިޓަލުގެ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާދޭންފެށި ނުވަ މީހުންގެ ތެރޭގައި ހިމެނެނީ 5 އަންހެނުންނާއި 4 ފިރިހެނުންނެވެ. އޭގެ ތެރޭގައި ބިދޭސީ އެއްވެސް ހިމެނެއެވެ.

އޭދަފުށީގައި ގާއިމުކުރި މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާދެނީ މި ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންނަށެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނިގޮތުގައި މި ނުވަ މީހުން ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާދޭންފެށީ އެމީހުންގެ ހާލު އިތުރަށް ގޯސްވެދާނެފަދަ އަލާމާތްތައް ފެންނަމުންދާތީ އެވެ.

މި ފަހަކުން ރަށްރަށުގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. އެޗްއީއޯސީން ބުނިގޮތުގައި ރާއްޖޭގެ ގިނަ ރަށްތަކަކުން، ޖުމްލަ 471 ދިވެހިން ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެތެރެއިން 337 މީހުންނަކީ ދިވެހިންނެވެ


ކިޔުންތެރިންގެ ޚިޔާލު...


ނަން :