ސަމާލުވޭ! ފައިސާ ފޮނުވަން ބީއެމްއެލްގެ ނަމުގައި އޮޅުވާލުމުގެ ކޯލްތަކެއް!

ހިތާދޫ އޮންލައިން | 25 މާރޗު 2021





އެކައުންޓަށް މައްސަލައެއް ދިމާވެގެން އެހެން އެކައުންޓަކަށް ފައިސާ ފޮނުވުމަށް އެދި ކުރާ ކޯލްތަކަށް ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސްކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ މިހާރަކަށް އައިސް ބޭންކުގެ ނަމުގައި އެކައުންޓާއި ކާޑުގެ މައުލޫމާތު ހޯދުމަށާއި ސިސްޓަމް މައްސަލައަކާ ގުޅިގެން އެކައުންޓުގައި ހުރި ފައިސާ އެހެން އެކައުންޓަކަށް ޖަމާކުރުމަށް އެދި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކަސްޓަމަރުންނަށް ގުޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ބީއެމްއެލް އިން ބުނީ އެއްވެސް ކަސްޓަމަރެއްގެ ޒާތީ މައުލޫމާތު ހޯދަން ބޭންކުން ނުގުޅާނެ ކަމަށާއި އެކައުންޓްގައި މައްސަލައެއް ދިމާވެގެން އެހެން އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް ވެސް ބޭންކުން އެއްވެސް ހާލަތެއްގައި ނޭދޭނެ ކަމަށެވެ. އަދި ބީއެމްއެލް އިން މޯބައިލް ނަންބަރު ބޭނުންކޮށްގެން ކަސްޓަމަރުންނަށް ނުގުޅާނެ ކަމުގައިވެސް އެ ބޭންކުން ބުންޏެވެ. އެވެ.

އެހެންކަމުން ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި އެކައުންޓާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ވެސް ބީއެމްއެލް އިން އިލްތިމާސް ކުރެ އެވެ.

ބޭންކުން ކަމަށް ބުނެ ލިބޭ ކޯލްތަކާ ބެހޭ މައުލޫމާތު ބޭންކަށް ހުށަހެޅުމަށް ނުވަތަ ކާޑުގެ މައުލޫމާތު އެހެން ފަރާތަކަށް ހިއްސާކުރެވިފައިވާ ނަމަ ބޭންކުގެ ފޯން ނަންބަރު 3330200 އަށް ގުޅުމަށް ވެސް ބޭންކުން އިލްތިމާސް ކުރެ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :