މުހައްމަދު ފާސިރު. 12 އަހަރަށް ފަހު އޭނާ ވަނީ ފުރަތަމަ ޑިވިޝަނަށް ކުޅެން އެއްބަސްވެފައި—ފޮޓޯ/ޒާއިފް (ޕިކްސެލްޕްރޯ)

12 އަހަރަށް ފަހު ފާސިރު ( ފާއްޓ) ފުރަތަމަ ޑިވިޝަނަށް

ހިތާދޫ އޮންލައިން | 18 މާރޗު 2021





ދިވެހި ފުޓުބޯޅަ ސީޒަނުގެ ބާކީ ބައިގައި ޕްރިމިއަރ ލީގުގެ ކުލަބް އީގަލްސް އަށް ކުޅެން އޭދަފުށީގެ މުހައްމަދު ފާސިރު (ފާއްޓޭ) އެއްބަސް ވެއްޖެއެވެ. 12 އަހަރަށް ފަހު ފާއްޓޭ ފުރަތަމަ ޑިވިޝަނުގެ ޓީމަކާ ގުޅުނުއިރު މިއީ ކުލަބް އީގަލްސް އަށް އޭނާ ކުޅެދޭ ދެވަނަ ފަހަރެވެ.

ފާއްޓޭ ކެރިއަރު ފެށީ ވެސް ކުލަބް އީގަލްސް އިންނެވެ. 2006 ވަނަ އަހަރު އީގަލްސް އިން އޭދަފުށީގައި ކޭމްޕް ކުރިއިރު އެއަހަރު އޭދަފުށިން އެޓީމާއެކު މާލޭ ލީގު ކުޅެން ގެންދިޔަ ތިން ކުޅުންތެރޭގައި ތެރޭގައި ފާއްޓޭ ހިމެނުނެވެ. މި ތިން ކުޅުންތެރިންގެ ތެރޭގައި ފާއްޓޭގެ އިތުރުން ދެން ހިމެނުނީ އޭނާގެ ކޮއްކޮ އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު ލަތީފް (ލައްޗޭ) އެވެ.

އެއް އަހަރު އީގަލްސް އަށް ކުޅެ، ދެން ފާއްޓޭ ފެނުނީ 2008 ވަނަ އަހަރު ދެވަނަ ޑިވިޝަނުގެ ކުލަބް އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އިންނެވެ. އެއަހަރު އޭވައިއެލް ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ވިއިރު ފާއްޓޭ ވަނީ ޓީމުގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ. އޭވައިއެލް އާއެކު 2009 ވަނަ އަހަރު ދިވެހި ލީގު ކުޅުމަށް ފަހު ފާއްޓޭ ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުން ހުއްޓާލީ އެ ސީޒަނަށް ފަހު ރަށުގައި ކުޅުނު މުބާރާތެއްގައި ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ދިގު މުއްދަތަކަށް ކުޅުމާ ދުރުގަ ހުންނަން ޖެހުމުންނެވެ.

އޭގެ ފަހުން ކޯޗިންގެ ދާއިރާއިން ވެސް ފެންނަމުން އަންނަ ފާއްޓޭ ވަނީ އަނިޔާއިން ރަނގަޅު ވުމަށް ފަހު ރަށު ފެންވަރުގެ މުބާރާތްތަކުގެ އިތުރުން މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގައި އޭދަފުށީ ޓީމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އަދި މިހާރު އޭދަފުށީގައި ކުރިއަށްދާ އޭދަފުށީ ކަޕްގައި ވެސް ފާއްޓޭ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. މިމުބާރާތުގައި އޭނާ ނިސްބަތްވާ އެމްވީ ޔުނައިޓެޑް ފައިނަލަށް ދަތުރު ކޮށްފައިވާއިރު، 8 ގޯލު ޖަހައިގެން ލަނޑު ލިސްޓުގެ ކުރީގައި ވެސް އޮތީ އޭނާއެވެ.

މިއަހަރުގެ އޭއެފްސީ ކަޕް ކޮލިފައިން ވެސް ކުޅޭ އީގަލްސް އިން ވަނީ ފާއްޓޭގެ އިތުރުން ކުރީގެ ގައުމީ ޓީމުގެ މިޑްފީލްޑަރ އަދި މިހާރުގެ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޝްހަދު އަލީ (އަޑުބަރޭ) އާއި ކުލަބް ގްރީން ސްޓްރީޓްސް އަށް ކުޅެމުން އައި ބިދޭސީ ޑިފެންޑަރ އެލްސަޔެދް އަބްދެލްފައްތާހު ވެސް މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ގެނެސްފަ އެވެ.

ދިވެހި ޕްރިމިއަރ ލީގުގައި އީގަލްސް މިހާތަނަށް އަށް މެޗު ކުޅެފައި ވާއިރު އެޓީމު އޮތީ އަށް ޕޮއިންޓާ އެކު ލީގު ތާވަލުގެ ހަތްވަނައިގަ އެވެ
(ޚަބަރު: އީޓީ).


ކިޔުންތެރިންގެ ޚިޔާލު...


ނަން :