ކަމަދޫ އަންހެނުންގެ ކޮމެޓީން އަންހެނުންގެ ދުވަހުގެ ހަރަކާތްތަށް ފަށައިފި!

ހިތާދޫ އޮންލައިން | 07 މާރޗު 2021

ބ. ކަމަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން އިސް ނަގައިގެން ބ. ކަމަދޫގައި ކުލަގަދަ ކޮށް ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ހިންގާ ހަރަކާތްތަކެއް ފަށައިފިއެވެ.

ކަމަދޫ އަންހެނުންގެ ކޮމެޓީއާއި ޖަމިއްޔާތަކާއި ކަމަދޫގެ މުއައްސަސާތަކާއި ފަތުރުވެރިކަމަުގައި ހަރަކާތްތެރިވާ ފަރާތްތަށް ގުޅިގެން ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިމަހުގެ 5 އިން 8 އަށް ހަރަކާތްތަކެއް ހިންގަން ވަނީ ރާވާފައެވެ.

މި ހަރަކާތް އިންތިޒާ ކުރާ އިސްފަރާތަކަުން ބުނީ މިހަރަކާތްތަށް 5 ވަނަދުވަހު ފަށާފައިވާ ކަމަށާއި އެދުވަހު ހަވީރު ކަމަދޫ އިރުއުތުރު ފަރާތުން ފަރުކައިރިން 30 މީޓަރު އަޑިން 1000 ފޫޓުގެ މަސްހިފާ ދާގަނޑެއް ނަގާފައިވާކަމަށާއި މިއީ ކަޑު އަޑީގެ ވެށި ސާފުކޮށް ބޭއްވުމަށް ޕްރޮގްރާމުގެ ދަށުން ކުރިއަށް ދިޔަ ހަރަކާތެއް ކަމަށެވެ. މިބޮޑު ދާގަނޑު ނެގުމުގައި ކަމަދޫ ޑައިވްގައި ޕަޑީ ޑައިވްމާސްޓަރ ހަަދަމުންދާ ދަރިވަރުންގެ ފުރިހަމަ އެއްބާރުލުން ލިބިފައިވާ ކަމަަށްވެސް ކަމަދޫ ޑައިވް އެންޑް ވޯޓަރ ސްޕޯޓްސް އިންބުނެއެވެ.

ކަމަދޫން ވާހަކަ ދެއްކި އޮފިޝަލް ވިދާޅުވީ ކަމަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން އިސްނަގައިގެން ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް މިހިންގޭ ހަރަކާތްތަކަކީ ކަމަދޫ ޑައިވް އަން ވޯޓަރ ސްޕޯޓަސް އާއި ކަމަދޫ ސްކޫލް އަދި ކަމަދޫ ކައުންސިލު ގުޅީގެންގެ ހިންގުމަށް ރާވާފައިވާ ހަރަކާތްތަކެއް ކަަމަށެވެ.

އޮފިޝަލް ވިދާޅުވީ މިޕްރޮގްރާމުގެ ދަށުން މިއަދު ކަމަދޫ ސްކޫލުގެ ފްރުކޮއި ޕްރޮގްރާމުގެ ދަރިވަުރުންނާއި ކަމަދޫ ޑައިވްގެ ޑައިވަރުން ގުޅިގެން ކަމަަދޫގެ ފަރު ސާފުކުރުމާއި ބީޗު ސާފު ކޮށްފައިވާ ކަމަށެވެ. އަދި މާދަމާ ވޯޓްރ ސްޕޯޓްސް އެންޑް ޓުރައި ސްކޫބާ ޑައިންވިންގ ކަމަދޫ ދެކުނު ބީޗުގައި ކުރިއަށް ދާނެކަަމަށް ވެސް ޝަފީގު ވިދާޅުވިއެވެ.

މި އިވެންތުގެ އޮފިޝަލް ވިދާޅުވީ ކަމަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން އިސްނަގައިގެން ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ހިންގޭ މިހަރަކާތްތަކުގައި ކަމަަދޫގެ ގެސްޓު ހައުސްތަކާއި ފިހާރަތަކާޢި ކަމަދޫ ޑައިވް އެންޑް ވޯޓަރ ސްޕޯޓަސް އާއި ކަމަދޫ ކައުންސިލު އަދި ކަމަދޫ ސްކޫލާޢި ކަމަދޫ ޑައިވް ދޯނިތަކުގެ ވެރިން އަދި ކަމަދޫ އެސޯސިއޭޝަން ތަކުން ދެއްވާ އެއްބާޜުލުމާއި ބަހައްޓަވާ ގާތްކަމަށްޓަކައި އެ ހުރިހާ ފަރާތަކަށް އިޚްލާސްތެރި ޝުކުރެއް ދަންނަވާކަށެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :