ރާއްޖޭގައި މިއަހަރު އޭ ލެވަލް އިމްތިހާނު ބާއްވަން ނިންމައިފި

ހިތާދޫ އޮންލައިން | 04 މާރޗު 2021





އަންނަ މެއި/ޖޫން މަހު ރާއްޖޭގައި އޭ ލެވެލް އިމްތިހާނު ބާއްވަން ނިންމައިފިއެވެ.

ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް މި އަހަރުގެ މެއި އަދި ޖޫން މަހުގެ އޭލެވެލް އިމްތިހާން ނުބާއްވަން އެޑެކްސެލް ފުރަތަމަ ނަމަވެސް އެޑިއުކޭޝަން މިނިސްޓަރު، ޑރ. އައިޝަތު އަލީ ވިދާޅުވީ މީގެ ކުރިންވެސް ތާވަލު ކުރެވިފައި އޮތްގޮތަށް މި އަހަރު ރާއްޖޭގައި އޭލެވެލް އިމްތިހާނު އޮންނާނެ ކަމަށެވެ.

“މިހާރު ހަމަޖެހިފައިވާ ގޮތުން ދިވެހިރާއްޖޭގައި އެގްޒާމް ބާއްވާ ގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދަން ރާވާފައި އޮތީ. އެގޮތުން، މި އަހަރު މެއި/ޖޫންގައި މިހާރު ކިޔަވަމުން ދާ ހުރިހާ ކުދިން އޭ އެލް އެގްޒާމާއި އޭ އެސް އެގްޒާމުގައި ސިޓްކުރާނެ. އެ ކުދިންގެ ޕޭޕަރުތައް އެޑެކްސެލް އިން މާކްކުރާނީ. ސެޓްފިކެޓް ވެސް ހަމަ އެޑެކްސެލް އިން ދެއްވާގޮތަށް ހަމަޖެހިފައި އޮތީ،” އޮންލައިންކޮށް ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވި އެވެ.

އިމްތިހާނުގެ ނަތީޖާ ލިބޭނީ އަންނަ އޮގަސްޓް 10ގަ އެވެ.

އިމްތިހާނު ބާއްވަން ނިންމުމާއެކު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންނަ ހަފުތާގެ ބުރާސްފަތީގެ ކުރިން ފޯމު ހުށަހަޅަން އެދިފަ އެވެ. އޭރުން، ރާއްޖެއަށް އިމްތިހާން ކަރުދާސްތައް ގެނެސް ސްކޫލުތަކަށް ފޮނުވުމަށް މުއްދަތު ލިބޭނެ ކަމަށް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :