ހިތާދޫ އޮންލައިން | 18 ފެބުރުވަރީ 2021
ބ. އޭދަފުށީގައި ވޭސްޓް އެންޑް މެނޭޖްމަންޓް ސެންޓަރެއް ގާއިމުކުރަން ބަޔަކާ ހަވާލުކޮށްފި އެވެ.
އޭދަފުށީގައި މިހާރު ހުރި ކުނިކޮށި އަޕްގްރޭޑްކޮށް އެތަނުގައި ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރެއް އަޅަން ހަވާލު ކުރީ ޓީއޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިން އާ އެވެ.
މިމަހުގެ ދެވަނަ ދުވަހު މި މަސައްކަތް އެ ކުންފުންނާއި ހަވާލުކުރި 3,152,229.91 ރުފިޔާ އަށް މަސައްކަތް ފަށާ ތާރީޚުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫއު ނިމުމުން، ވޭސްޓް ރިސޯސް މެނޭޖްމެންޓުން ކުނި ތައް ވަކިކޮށް، ރިސައިކަލް (އަނބުރާ އިއާދަކުރެވޭނެ ކުނި) ކުރެވޭނެ ކުނި ރައްކާތެރިކަމާއެކު އެއްތަންކޮށް އަދި ހަލާކުވާ ޒާތުގެ ކުނިތައް ވަންދޫ އަށް ގެންގޮސް ނައްތާލެވޭނެ ކަމަށެވެ. އަދި ހަލާކުވާ ޒާތުގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ސެމި އޮޓޮމެޓިކުން ގަސްކާނާ ހެއްދުމަށް ބަދަލުކުރެވޭނެ ކަމަށާއި އާއްމުކޮށް ވަޅުލައިގެން ކުނި ނައްތާލުމަށް ކުރާ މަސައްކަތުގެ އިތުރުން ކުނީގެ ސަބަބުން ރަށަށް ދިމާވެފައިވާ މައްސަލަތަކަށް މި ސެންޓަރުންނިމުމެއް ގެނެސްދޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އޭދަފުށީގައި އުފެދޭ ކުނި މެނޭޖް ކުރުމަށް ގާއިމުކުރާ ވޭސްޓް އެންޑް ރިސޯޓް މެނޭޖްމަންޓަރަކީ ވޯކްލްޑް ބޭންކްގެ އެހީގައި މޯލްޑިވްސް ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ޚިޔާލު...
ފަހުގެ ލިޔުންތައް..
04 މާރޗު 2021
25 ފެބުރުވަރީ 2021
18 ފެބުރުވަރީ 2021
11 ފެބުރުވަރީ 2021
06 ފެބުރުވަރީ 2021
05 ފެބުރުވަރީ 2021
31 ޖަނަވަރީ 2021
29 ޖަނަވަރީ 2021
25 ޖަނަވަރީ 2021
18 ޖަނަވަރީ 2021