ހިތާދޫ އޮންލައިން | 05 ފެބުރުވަރީ 2021
ބ. ކެންދޫ އަށް އަރާފޭބުން މަނާކޮށް އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މރޭ ބުނީ ކެންދުއަށް އަރައި ފޭބުން މަނާކޮށް މޮނިޓާ ކުރަން ފެށީ ކޮވިޑް-19 އާ ގުޅިގެން، ސިއްހީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްކަމަށެވެ.
ކެންދޫ ކައުންސިލަށް އެޗްޕީއޭއިން ފޮނުވި ލިއުމުގައިވާ ގޮތުން އެރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކިއެއްޗެއް އަންގަންދެން ރަށުން ފޭބުމާއި، ހުއްދަނެތި އެއްވެސް މީހަކު އެރަށަށް އެރުން މަނާކޮށްފައިވާ ކަމަށެވެ.
އެޗްޕީއޭ އިން މިރޭ ކެންދޫ މޮނިޓަރިންއަށް ލި އިރު މިދިޔަ ހޮނިހިރު ދުވަހު ހޯމް ކަރަންޓީނުގައި ހުރި މީހަކު އެރަށުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
ކޮވިޑް-19 އަށް އަތޮޅު ތެރެއިން ވެސް މީހުން ޕޮޒިޓިވް ވަމުންދާއިރު، ބައެއް ރަށްރަށް މީގެކުރިން ވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވެ އެވެ. އެ ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވާން ފެށުމުން ފިޔަވަޅުތައް ދަނީ ވަރުގަދަ ކުރަމުންނެވެ.
ކިޔުންތެރިންގެ ޚިޔާލު...
ފަހުގެ ލިޔުންތައް..
04 މާރޗު 2021
25 ފެބުރުވަރީ 2021
18 ފެބުރުވަރީ 2021
11 ފެބުރުވަރީ 2021
06 ފެބުރުވަރީ 2021
05 ފެބުރުވަރީ 2021
31 ޖަނަވަރީ 2021
29 ޖަނަވަރީ 2021
25 ޖަނަވަރީ 2021
18 ޖަނަވަރީ 2021