މޫސާ ޢަލީ ފޮޓޯ- ހިތާދޫ ސްކޫލް
ޢާމިރު ޢަބްދުއްލަޠީފު | 29 ޖަނަވަރީ 2021
ހިތާދޫ ސްކޫލުން އިންތިޒާމް ކޮށްގެން ބ. ހިތާދޫގައި މިހާރު ކުރިއަށްދާ އެސްކޫލުގެ އިންޓަރ ހައުސް ހޭންޑު ބޯލް އަދި ފުޓުބޯޅަ މުބާރާތަކީ ތަފާތު ހިތްގައިމު މަންޒަރެއް ފެނިގެންދާ މުބާރާތެކެވެ. ގިނަ ބަޔަކަށް މި މުބާރާތް ވެގެން ދިޔައީ އުފާވެރިކަން ލިބުނު ހަރަކާތަކަށެވެ.
ޖޫނިޔަރ އަދި ސީނިއަރ އަންހެން ފިރިހެން ޓީމުތަށް ވާދަކުރާ މި މުބާރާތުގެ މެޗު ބަލަން ދިޔަ މީހުންގެ ލޮލުގައި އަޅައިގަތީ ސަރަފްވެރިންގެ ބެންޗުގައި މެޗު ޝަރަފްރި ކޮށްދެއްވަން ތިއްބެވި ބޭފުޅުންގެ ތެރޭގައި ކުރިން ދުވަހަކުވެސް ނުފެންނަ މޫނުތަކެވެ. ޒަމާނުއްސުރެވެސް މެޗުތަަށް ޝަރަފްވެރި ކުރަމުން ދަނީ ރަށުގެ ކަމްވޮށި ވެގެންވާ ބޭފުޅުްންނެވެ.
އަބްދު ޙަކީމް ޢަލީ ޓީމުގެ ކުޅުންތެރިންނާ ސަލާމް ކުރަނީ ފޮޓޯ – ހިތާދޫ ސްކޫލް
އެހެން ނަމަވެސް މި އަހަރު ބ. ހިތާދޫ ސްކޫލުން އިންތިޒާމް ކުރި މި މުބާރާތުގެ މެޗުތަކުން ފެނިގެން ދިޔައީ އެއްވެސް ބަޔަކު ބާކީ ނުކޮށް މުޅި މުޖުތަމަޢު އެކަތި ގަނޑެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމުގެ ރަމްޒެވެ. މެޗުތަށް ޝަރަފްވެރި ކޮށްދެއްވަން ތިބީ ޒަމާނުއްސުރެ މުޖުތަމަޢު ބާކީ ކުރަމުންދިޔަ ޚާއްޞަ އެހީއަށް ބޭނުންވެފައިވާ މީހުންނެވެ. މިއީ އުފާވެރި އަދި މިހާތަނަށް ނުފެންނަ މަންޒަރެކެވެ.
( ޞަފިއްޔާ އަބޫބަރު ހޭންޑު ބޯލް ޓީމުގެ ކުޅުންތެރިންނާ ސަލާމް ކުރަނީ ފޮޓޯ- ހިތާދޫ ސްކޫލް )
މިއަދު ހިތާދޫ ސްކޫލުން މިދެއްކި ނަމޫނާއަށް އަށްސަރިބަހާ ސާބަސް ރައްދު ކުރަމެވެ. ކުރި މަގުގައި ރާޢްޖޭގެ ހުރިހާ ދިމާލަކުންވެސް މިމަންޒަރު ތަކުރާރު ވާނެކަމަށް އުންމީދު ކުރަމެވެ.
(ސުޢޫދު ޤާސިމް ފުޓުބޯޅަ ޓީމާއި ސަލާމް ކުރަނީ ފޮޓޯ- ހިތާދޫ ސްކޫލް)
ކިޔުންތެރިންގެ ޚިޔާލު...
ފަހުގެ ލިޔުންތައް..
04 މާރޗު 2021
25 ފެބުރުވަރީ 2021
18 ފެބުރުވަރީ 2021
11 ފެބުރުވަރީ 2021
06 ފެބުރުވަރީ 2021
05 ފެބުރުވަރީ 2021
31 ޖަނަވަރީ 2021
29 ޖަނަވަރީ 2021
25 ޖަނަވަރީ 2021
18 ޖަނަވަރީ 2021