ބ. އަތޮޅު ކޮވިޑް ސެންޓަރުގައި ދެ މީހަކު އެޑްމިޓްކޮށް ފަރުވާދެނީ

ހިތާދޫ އޮންލައިން | 25 ޖަނަވަރީ 2021

ބ. އަތޮޅު ހޮސްޕިޓަލުގައި ކޮވިޑް 19 އަށް ޚާއްޞަކޮށް ގާއިމުކުރި މެޑިކަލް ފެސިލިޓީގައި މިވަގުތު ދެ މީހަކު އެޑްމިޓްކޮށް ފަރުވާދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އވެެ.

އަތޮޅު ހޮސްޕިޓަލުން ބުނީ މި ވަގުތު ކޮވިޑް ސެންޓަރުގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަނީ ކޮވިޑް ޖެހިގެން މިއަތޮޅު އަނަންތަރާ ރިސޯޓުން ގެނައި 50 އަހަރުން މަތީގެ ދެ ފިރިހެނަކަވެ.

އަނަންތަރާގައި މިހާރު އަންނަނީ ކޮވިޑް19 ގެ ކޭސްތައް އިތުރުވަމުންނެވެ.

ރޭއްޖެއިން އިއްޔެ ސަތޭކައަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވި އިރު ކޮވިޑް ބަލީގައި އިއްޔެ 86 އަހަރުގެ މީހަކު ވަނީ މަރު ވެސް ވެފަ އެވެ. މިއީ ކޮވިޑް-19 ޖެހިގެން ރާއްޖެ އިން މަރުވި 51 ވަނަ މީހާ އެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 15،000 އާ ގާތްކުރާއިރު 80 މީހުން އެޑްމިޓްކޮށްގެން ފަރުވާދެމުން އެބަދެ އެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :