ހުދުފޮށާ ބިލްޑާސް ގާޑިޔާ
ހިތާދޫ އޮންލައިން | 07 ޖަނަވަރީ 2021
ހުދުފޮށާ ލަްޑާސް އިން ބ. ހިތާދޫ ބޯޅަދަނޑު ސަރަހައްދުގައި ގާޑިޔާ ޚިދުމަތް ދޭންފަށާއިފިއެވެ.
ހިތާދޫ އޮންލައިން އަށް މަޢްލޫމާތު ދެމުން ހުދުފޮށާ ބިލްޑާސް އިން ބުނީ މިއީ އެފަރާތުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްމަތްތަށް ފުޅާކޮށް ތަފާތު އެކި އާ ޚިދުމަތް ތަޢާރަފް ކުރުމުގެ ގޮތުން ފެށި ޚިދުމަތެއް ކަމަށާއި މާލޭގެ ގާޑިޔާ ތަކުންވެސް ލިބެން ހުންނަ ޚިދުމަތް ޖަޒީރާ ވަންދަ ރަޙަތަކާއި އެކު ލިބެން ހުންނާނެކަމަށެވެ.
"މި ގާޑިޔަލުން ކުރުނބާ، މަޖާ، މީރު ބިލެއް އަދި ދުފުމާއި ކޮފީ ހެދިކާވެސް ލިބެން ހުންނާނެ. ކަސްޓަމަރުންގެ ފީޑްބެކަށް ބަލާ އައިޓަމްތައް އިތުރު ކުރުމަށް ވިސްނާފައި ވަނީ"
ހުދުފޮށާ ބިލްޑާސް އިން ބުނީ މިއީ ބ. ހިތާދޫއަށް އާ ވިޔަފާރިއެއް ކަމަުން ކަސްޓަމަރުންގެ ބިނާކުރަނިވި ފާޑު ކިޔުންތަކާއި އެމީހުންނަށް ބޭނުންވާ ޚިދުމަތްތަށް އެނގެން ބޭނުންވާ ކަމަށެވެ.
ހުދުފޮށާ ބިލްޑާސް ގާޑިޔާ ހުންނާނީ ހިތާދޫ ބޯޅަދަނޑަށް ވަންނަ ރަސްމީ ދޮރާށި ކަރިރީ ހިތާދޫ ޔޫތުވިންގ ކުރިމަތީގައެވެ. މީއީ ހިތާދޫގައި މިގޮތަށް ގާޑިޔާ ޚިދުމަތް ދޭންފެށި ފުރަތަމަ ފަހަރެވެ.
ހުދުފޮށާ ބިލްޑާސް އަކީ ހިތާދޫގައި ތަފާތު އެކި މަސައްކަތް ކުރަމުންދާ ވިޔަފާރި ހަރަކާތެކެވެ. އެގޮތުން ތަފާތު އެކި ކޮންޓްރެކްޓު މަސައްކަތްތަށް ހުދުފޮށާ ބިލްޑާސް އިން އަންނަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ޚިޔާލު...
ފަހުގެ ލިޔުންތައް..
20 އޭޕްރީލް 2021
18 އޭޕްރީލު 2021
17 އޭޕްރީލް 2021
10 އޭޕްރީލު 2021
09 އޭޕްރީލް 2021
08 އޭޕްރީލު 2021
07 މާރޗު 2021
01 އޭޕްރީލް 2021
25 މާރޗު 2021
18 މާރޗު 2021