ރޯޔަލް

ގަވާއިދާ ހިލާފަށް ވެލި ނަގައިގެން ރޯޔަލް އައިލެންޑް ރިސޯޓް ޖޫރިމަނާކޮށްފި

ހިތާދޫ އޮންލައިން | 31 ޑިސެންބަރ 2020





ގަވާއިދާއި ހިލާފަށް ރަށަކުން ވެލި ނެގުމުން ވިލާ ގްރޫޕުން ބ. އަތޮޅުގަިއ ހިންގަމުން އަންނަ ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ބުނި ގޮތުގައި އެ ރިސޯޓް ޖޫރިމަނާކޮށްފައި ވަނީ ބ. ދިގުފަރުން ގަވާއިދާއި ހިލާފަށް ގިނަ އަދަދެއްގެ ވެލި ނެގުމުގެ ސަބަބުންނާއި އަދި މަސައްކަތް ހުއްޓުމަށް އެންގުމުންވެސް މަސައްކަތް ކުރިއަށް ގެންގޮސްފައިވާތީ އެވެ.

އެގޮތުން އެ ރިސޯޓް ޖޫރިމަނާކޮށްފައި ވަނީ އެ ރިސޯޓް ޖޫރިމަނާކުރީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ގާނޫނުގެ ދަށުން 83750 ރުފިޔާއިންނެވެ.

މި ޖުރިމަނާގެ ފައިސާ 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އީޕީއޭއަށް ދެއްކުމަށް އެ ކުންފުންޏަށް ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :