ފޮޓޯ ފޭސްބުކް
އަޙްސަން އަޙްމަދު | 24 ޑިސެންބަރު 2020
ިބ. ހިތާދޫ ކައުންސިލްގެއަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑި އަށް ކުރިމަތި ލައިފައިވާ އަމިއްލަ ކެންޑިޑޭޓު ޢުލާ ޢުމަރު ؛ ކިރަން ބ.ހިތާދޫ ނަން އަބުރާ ގެންގޮސްފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020ގެ ތިންވަނަ މާއްދާގެ (ށ) ދަށުން، ކެންޑިޑޭޓުންގެ ނަން އަނބުރ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ ޖޫން 23 ވަނަ ދުވަހުއެވެ .
ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންދިޔަ ނަމަވެސް، އެ ކެންޑިޑޭޓު ކުރިމަތިލައިފައިވާ ކައުންސިލް ނުވަތަ ދާއިރާގެ އެހެން ކެންޑިޑޭޓުންގެ ކެންޑިޑޭޓު ނަންބަރުތަކަށް ބަދަލު ނާންނާނެ ކަމަށް އުސޫލުގައިވެއެވެ.
ފަސްކޮށްފައިވާ އިންތިހާބު ބާއްވާނެ ތަރީހެއް އަދި ނިންމާފައެއް ނުވެއެވެ. އެހެން ނަމަވެސް އަންނަ އަހަރުގެ މާޗު މަހުގެ ކުރީކޮޅު އިންތިހާބު ބޭއްވުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.
ކޮވިޑް19 އާ ގުޅިގެން، މިދިޔަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ތާވަލުކުރި ލޯކަލް ކަައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ޖެހި، އިންތިހާބު ބޭއްވޭނެ މާހައުލެއް ގާއިމު ކުރެވި އާ ކައުންސިލަރުން އިންތިހާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ބޭއްތިއްބުމަށް ގާނޫނު އަސާސީއަށް ވަނީ އިސްލާހު ގެނެސްފަ އެވެ.
ކައުންސިލް އިންތިހާބު ނިމުމާއި ހަމައަށް އަމަލުކުރާނެ ހާއްސަ ގާނޫނެއް ތަސްދީގުކޮށްފައި ވާއިރު، އެ ގާނޫނު ތަސްދީގުކުރާ ތާރީހުން ފެށިގެން
އެއްއަހަރު ދުވަހުގެ ތެރޭގައި ކައުންސިލް އިންތިހާބު ބާއްވަންޖެހޭނެ އެވެ.
ކިޔުންތެރިންގެ ޚިޔާލު...
ފަހުގެ ލިޔުންތައް..
04 މާރޗު 2021
25 ފެބުރުވަރީ 2021
18 ފެބުރުވަރީ 2021
11 ފެބުރުވަރީ 2021
06 ފެބުރުވަރީ 2021
05 ފެބުރުވަރީ 2021
31 ޖަނަވަރީ 2021
29 ޖަނަވަރީ 2021
25 ޖަނަވަރީ 2021
18 ޖަނަވަރީ 2021