ގެސްޓުން ގެނައުމާ ދެކޮޅަށް ދަރަވަންދޫގައި މުޒާހަރާ ކުރަނީ
ހިތާދޫ އޮންލައިން | 24 ނޮވެންބަރ 2020
ބ. ދަރަވަންދޫ ރައްޔިތުން މުޒާހަރާ ކުރުމާއި ގުޅިގެން އެރަށަށް ފަތުރުވެރިން ނުގެންނަން އެރަށު ކައުންސިލުން ނިންމައިފިއެވެ.
ދަރަވަންދޫ ކައުންސިލުން ބުނީ އެ ކައުންސިލްގެ ތިން ވަނަ ދައުރުގެ 174 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ، ގެސްޓްހައުސްތައް ހުޅުވުމާއި ގުޅޭ ގަރާރުގެ ދަށުން ގެސްޓަހައުސްތައް ހުޅުވުމަށް ދެވިފައިވާ ހުއްދައިގެ ދަށުން ފަތުރުވެރިން އެރަށަށް ގެނައުން ކައުންސިލުން ވަކިގޮތެއް އަންގަންދެން ހުއްޓާލުމަށެވެ.
ދަރަވަންދޫ އަށް ފަތުރުވެރިން ގެނައުން ހުއްޓާލުމަށް އަންގާފައި މިވަނީ، ރައްޔިތުންގެ ނިންމުމާ ދެކޮޅަށް އެރަށު ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދިނުމުން އެކަމށް ދެކޮލަށް ރައްޔިތުން މުޒާހަރާ ކޮށްފައި ވަނިކޮށެވެ.
ރައްޔިތުން ނިކުމެ މުޒާހަރާ ކުރީ ގެސްޓު ހައުސްތައް ހުޅުވުމުގެ ސަބަބުން ލިބޭ ބޮޑެތި ގެއްލުންތަކާއި ފިއްތުން ތަކުގެ ސަބަބުން ކަމަށްވެއެވެ. އަދި މިކަމަށް ވިސްނާ ނުލައި ގެސްޓު ހައުސްތައް ހުޅުވަން ހުއްދަ ދިނުމަކީ ކައުންސިލުން ވި ވަރަށް ބޮޑު އިހުމާލެއް ކަމުގައި އެރަށު ބައެއް ރައްޔިތުން ބުނެއެވެ.
އެގޮތުން ގެސްޓު ހައުސްތައް ހުޅުވުމުގެ ސަބަބުން ރައްޔިތުންނަށް އެހެން ރަށްރަށަށް ދިއުމާއި، އެހެން ރަށްރަށު މީހުންނަށް ދަރަވަންދުއަށް އެރެން ނެތުމަކީ އިއްޔެ އެރަށުގައި މުޒާހަރާކުރި މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ
ކިޔުންތެރިންގެ ޚިޔާލު...
ފަހުގެ ލިޔުންތައް..
18 ޖަނަވަރީ 2021
12 ޖަނަވަރީ 2021
11 ޖަނަވަރީ 2021
11 ޖަނަވަރީ 2021
09 ޑިސެންބަރ 2020
07 ޖަނަވަރީ 2021
06 ޖަނަވަރީ 2021
06 ޖަނަވަރީ 2021
31 ޑިސެންބަރ 2020
24 ޑިސެންބަރު 2020