ކަމަދޫއަށް އައި ޓޫރިސްޓުންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފި

ހިތާދޫ އޮންލައިން | 22 ނޮވެންބަރ 2020

ކޮވިޑް-19ގެ ސަބަބުން ގެސްޓު ހައުސްތައް ބަންދުކުރިތާ ގިނަ ދުވަސްތަކަކަށް ފަހު އިއްޔެ ބ. ކަަމަދޫއަށް ފުރަތަމަ އައި 23 ޓޫރިސްޓުންނަށް ވަރަށް ހޫރުހަބާއެއް ކިޔައިފިއެވެ.

ބ. އަތޮޅުގައި ލޯކަލް ޓޫރިޒަމްގައި ވަރަށް ބޮޑަށް ކުރިއަރާފައިވާ އަދި ގިނަ ގެސްޓްހައުސްތަކެއް ހުންނަ އެ ރަށުގައި ހަ ތަނަކަށް ހުއްދަ ދީފައިވި ނަމަވެސް ޓޫރިސްޓުން އަދި ތިން ގެސްޓްހައުސް އަކަށެވެ.

ގިނަ ދުވަސްތަކަށް ފަހު ރަށަށް ޒިޔާރަތް ކުރި ޓޫރިސްޓުންނަށް މަރުހަބާ ކިޔުމަށް އެ ރަށުގައި އިއްޔެ ވަނީ ސަގާފީ ބޮޑު ބެރާއި ދަނޑީގެ އިތުރުންވެސް މާފަތިނެށުމުގެ ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ. .

ޓޫރިސްޓުން އައުމާ އެކު، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ މިންގަނޑާ އެއްގޮތަށް އެ ރަށުގައި މިހާރު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފަ އެވެ. އެގޮތުން މިހާރު އާއްމުންނަށް ބޭރަށް ނިކުމެވޭނީ މާސްކް އަޅައިގެންނެވެ.

ކަމަދޫގެ އިތުރުން މިއަތޮޅު ދަރަވަންދޫއަށް ވެސް ވަނީ ގެސްޓުން އައިސްފައެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :