ބ. އޭދަފުށި ފެންބޮޑުވެފައި ފޮޓޯ- އީޓީ

ބޯކޮށް ވާރޭވެހި ބ. އޭދަފުށީގައި ފެން ބޮޑުވެއްޖެ

ހިތާދޫ އޮންލައިން | 18 ނޮވެންބަރ 2020

ރޭ ބަޮކޮށް ވާރޭވެހި ބ. އޭދަފުށީގެ ބޮޑު ބައެއްގައި ފެން ބޮޑުވެއްޖެ އެވެ.

ރޭ ފަތިން 5:00 ހާއިރުން ފެށިގެން ބޯކޮށް ވެހެން ފެށި ވާރެޔާ އެކު، އެރަށުގެ ގިނަ މަގުތަކެއް ވަނީ ފެން ބޮޑުވެފަ އެވެ. ވާރޭވެހުމުން އާއްމުކޮށް، އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތަކުގެ އިތުރުން ތާރު އެޅި މަގުތަކުގެ ކާނުތައް ފުރި އެކި ސަރަހައްދުތަކުގައި ފެން ބޮޑުވެ ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ.

ފެން ބޮޑުވުމާ ގުޅިގެން ގޭގެއަށް ފެން ވަނުން ހުއްޓުވުމުގެ ގޮތުން ވެލިބަސްތާ ފަދަ ތަކެތި ވަނީ ޖަހައިފަ އެވެ. އަދި ރަށު ކައުންސިލާ ފުލުހުން ގުޅިގެން އަންނަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

މަގުތަކުގަިއ ފެންބޮޑުވުމުގެ ސަބަބުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ކިޔެވުން ވެސް މިއަދު ވަނީ ބަންދުކޮށްފަ އެވެ.

މި ދުވަސްވަރު ކުރަމުން އަންނަނީ ދެ މޫސުން ބެދޭ ދުވަސްވަރުގެ ވިއްސާރަ ކަމަށާއި ކުރިއަށްއޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.


ކިޔުންތެރިންގެ ޚިޔާލު...


ނަން :